21 ފެބުރުއަރީ 2020
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށާއި އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެކަމަށް ޕީޕީއެމުން ޖާގަ ހޯދަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށާއި އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެކަމަށް ޕީޕީއެމުން ޖާގަ ހޯދަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފެއްދި ކޯލިޝަނުން ވެރިކަމަށް އަންނަން 2018 ގައި ކުރި ކެމްޕޭންގައި، ވެރިކަން ލިބިއްޖެ ނަމަ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާން ވައުދުވި ކަމަށެވެ. އެންމެންނަށް އެއްބަސްވެވޭ އިންތިޒާމެއްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުކޮށް، އިންތިގާލީ އިންތިޒާމްތަކެއްގެ ތެރެއިން ދޮޅު އަހަރުގެ ތެރޭގައި އިންތިޚާބެއް ބާއްވާނެ ކަމަށް ބުނަމުން އައީ އިދިކޮޅުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިޑްޓާމް އިލެކްޝަނެއް ބާއްވަން އެއްބަސްވި ކަމަށް، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ކޯލިޝަންގެ ލީޑަރުން ރައްޔިތުންނަށް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ. ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުންތަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުވެވަޑައިގަތުމުން، ކޯލިޝަން ލީޑަރުން ވިދާޅުވަމުން އަންނަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ އެވެ. އެ މަންޒަރު ފެންނަ ކަމަށާއި އެހެންކަމުން ދައުރުގެ މެދުތެރެއިން އިންތިޚާބެއްް ބާއްވަން ޖެހިފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރައްޔިތުން އަމިއްލަ އަށް އެބަޖެހޭ މިޑްޓާމް އިލެކްޝަނެއް ބާއްވަން. އެ އިލެކްޝަނަށް ޖާގަ ހޯދައިދޭން އެބަޖެހޭ. އެ ޖާގަ އަޅުގަނޑުމެންނަށް ހޯދައިދެވެން މި އޮތީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ޕީޕީއެމަށް ކާމިޔާބު ހޯދައިދީގެން،" ޕީޕީއެމާއި ޕީއެންސީ ކޯލިޝަން ލީޑްކުރައްވާ އަދުރޭ ވިދާޅުވި އެވެ.
"ޕީޕީއެމަށް މި އިންތިޚާބު ކާމިޔާބުވީމަ ނުވަތަ ކޮށްދިނީމަ ރައްޔިތުން އެ ބުނަނީ މިޑްޓާމް އިލެކްޝަނެއް ދިވެހިރާއްޖޭގައި ބާއްވައިދޭށޭ. ތިމަންނަމެންނަކަށް މިހާރު މި ސަރުކާރަކަށް ތާއީދެއް ނުކުރެވެއޭ."
ދައުރުގެ މެދުތެރެއިން އިންތިޚާބަކަށް ޕީޕީއެމުން ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން ދިންއިރު، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ގާނޫނުއަސާސީގައި ބުނާ ފަސް އަހަރުގެ ދައުރު ލިބެންޖެހޭ ކަމަށް ވަކާލާތުކުރަމުން އައީ ވެސް އެ ޕާޓީންނެވެ.
އިންތިޚާބުގައި ސަރުކާރަށް ދޭންވީ މެސެޖަކީ އަދުރޭ ވިދާޅުވި ގޮތުގައި، ބޭނުންވި ތަރައްގީ އާއި އިގްތިސާދީ ތަރައްގީ އާއި އިޖުތިމާއީ އަދާލަތާއި އިންސާފު މި ސަރުކާރަށް ހޯދައި ނުދެވުނު ކަމެވެ. މި ސަރުކާރާ އަޅާކިރާލާ އިރު ޕީޕީއެމްގެ ވެރިކަން މާ ރަނގަޅު ކަމަށް އިންތިޚާބުގައި ރައްޔިތުން ބުނެފި ނަމަ އާ ރިޔާސީ އިންތިޚާބަކަށް މަގުފަހިވެ ވެރިކަމާ އަލުން ޕީޕީއެމުން ހަވާލުވުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީގެ މައިގަނޑު މަގްސަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްގެން ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު މި ރާއްޖޭގެ ވެރިކަމާ އަލުން ހަވާލުވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
"ގައުމަށްދޭ އަނިޔާއިން ޔާމީން ހިތްޕުޅަށްވާ ތަދު ބޮޑު"
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
އަބްދުއްރަހީމްގެ ނުސީދާ ރައްދު ޔާމީނަށް
އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނަށް!
ޔާމީންގެ ސިޔާސީ ފުރޮޅާލުމަކީ ޗެލެންޖެއް ނޫން!
"ޖަމީލް ހެދީ އިތުރުފުޅެއް، ޔާމީން ނުގުޅުއްވާ"