Roadha Mihaaru
ކޮންގްރެސް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށް، އިލްތިމާސެއް

ކޮންގްރެސް ޕާޓީގެ ރަޖިސްޓަރީ ހަވާލުކޮށްފި

01 ފެބުރުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) މިރޭ ރަޖިސްޓަރީ ކޮށްދީ، ސިޔާސީ ހަރަކާތްތައް އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) މިރޭ ރަޖިސްޓަރީ ކޮށްދީ، ސިޔާސީ ހަރަކާތްތައް އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުގައި ބޭއްވި ބައްދަލުވުމެއްގައި، ކޮންގްރެސް ޕާޓީގެ ރަޖިސްޓަރީ އެ ޕާޓީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، އެ ޕާޓީގެ ވަގުތީ ނައިބު ރައީސް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ބައިވެރިވެވަޑައިގަތެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ކޮންގްރެސް ޕާޓީގައި ސައްހަ 3،118 މެމްބަރުން އެބަތިބި ކަމަށެވެ. ޕާޓީގެ އިދާރީ ހިންގުމާއި އެހެން ހުރިހާ ކަމެއް ވެސް ގެންދަން ޖެހޭނީ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަރާތްތަކެއްގެ ސުވާލުތައް އިލެކްޝަންސް ކޮމިޝަނަށް އަމާޒު ކުރާ އެއް ކަމެއް ޕީޕީއެމާއި ނެޝެނަލް ކޮންގްރެސްގެ އެޑްރެހުގެ މައްސަލަ. އަޅުގަނޑު އިލްތިމާސް ކުރަން މި ކަހަލަ އޮޅުން ނާރާނެ ގޮތަކަށް، ޕީޕީއެމާ މަޝްވަރާ ކުރައްވައިގެން ނަމަވެސް އެޑްރެސް ގޮތަކަށް ހެއްދެވުން،" ޝަރީފް ވިދާޅުވި އެވެ.

ކޮންގްރެސްގެ ރަޖިސްޓްރީ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކޮންގްރެސްގެ ރަޖިސްޓްރީ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކޮންގްރެސް ޕާޓީ ރަޖިސްޓަރީ ކޮށްދީފައި މިވަނީ، އެ ޕާޓީ އުފެއްދީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ އާއްމު މެމްބަރަކު އީސީ އަށް ހުށަހެޅި ޝަކުވާ ވެސް ބެލުމަށް ފަހު އެވެ. ޝަކުވާ ބެލި ކޮމެޓީން ނިންމާފައި ވަނީ، އެ މައްސަލައިގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އެއީ، އެއް ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން އަނެއް ޕާޓީއެއް އުފައްދައިފި ކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު ގެޒެޓްކުރީ ކޮންގްރެސް ޕާޓީ އަށް ހުއްދަ ދިން ފަހުން ކަމަށް ވާތީ އެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަރުހަލާގައި، ޕީޕީއެމްގެ ވަސީލަތްތަކާއި މިލްކިއްޔާތު ބޭނުންކުރި ކަމުގެ ޝަކުވާއެއް ލިބުނު ނަމަވެސް އެކަން ހުށަހެޅި މީހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިން، ހެކި ދިނުމަށް އެ ކޮމިޝަނަށް ހާޒިރު ނުވި ކަމަށެވެ. އަދި ބަޔާނެއް ވެސް އެ މީހުން ނުދިން ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީއާ ގުޅޭ މައްސަލަ އީސީ އަށް ހުށަހެޅި މީހާ ވެސް އެ ކޮމިޝަނަށް ހާޒިރެއް ނުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ކޮންގްރެސް ޕާޓީ ހިމަނައި، އެ ޕާޓީއާ ރަޖިސްޓަރީ ހަވާލުކުރުމަށް އެ ކޮމިޝަންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެހެންވީމާ ހުށަހަޅުއްވާފައިވާ ޝަކުވާ އަކީ ސައްހަ ޝަކުވާއެއް ކަމަކަށް އިލެކްޝަންސް ކޮމިޝަންގެ ކޮމިޓީން ގަބޫލެއް ނުކުރޭ،" ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

އެކަމަކު ޝަރީފް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ވަރަށް ތަފްސީލްކޮށް މައުލޫމާތު ދެއްވައި ޝަކުވާ އަށް ޖަވާބުދާރީވެވަޑައިގެންނެވި ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށިތާ އެއް މަހާއި ދެ ދުވަސް ތެރޭގައި ޕާޓީ ރަޖިސްޓްރީ ވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެ ޕާޓީ އުފެއްދުމުގައި ޔާމީންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެހީތެރިކަމަށް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ކޮންގްރެސް ޕާޓީ ހިމަނައި، އެ ޕާޓީއާ ރަޖިސްޓަރީ ހަވާލުކުރުމަށް އެ ކޮމިޝަންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް (ވ) އަދި ވަގުތީ ނައިބު ރައީސް އަބްދުއްރަހީމް މަޝްވަރާއެއް ގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ސިޔާސީ ޕާޓީއެއް އުފެއްދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ސިޔާސީ ޕާޓީތައް ފުރަތަމަ އުފައްދަން ފެށި ދުވަސް ވަރާއި މިއަދާ ތަފާތު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އީސީގެ އިލްތިމާސާ އެއްގޮތަށް ކޮންގްރެސް ޕާޓީ ހަރަކާތްތެރިވަމުން އަންނާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމުގެ ޔަގީން ކަން އަބްދުއްރަހީމް ދެއްވެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފައިދާ އާއި މަންފާ އަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަހައި ހައްލު ހޯދައިދޭން ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ކޮންގްރެސް ޕާޓީ ހިމަނައި، އެ ޕާޓީއާ ރަޖިސްޓަރީ ހަވާލުކުރުމަށް އެ ކޮމިޝަންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ސަލާމް ކުރައްވާއިރު، ކޮމިޝަންގެ މެމްބަރު ހަބީބު މެދުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން އާ ސިޔާސީ ޕާޓީއެއް އުފެއްދެވީ ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރަން ވެސް އޮތީ ނިންމައިފަ އެވެ.