28 ޑިސެމްބަރ 2021
އިދިކޮޅު ލީޑަރެއްގެ ގޮތުގައި 2023 ގައި ޕީޕީއެމުން ރިިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޓިކެޓަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މުހިއްމުވީ ގައުމު ސަލާމަތްކުރަން "އިންޑިއާ އައުޓް" ކެމްޕެން ވަގުތުން ފުޅާކުރެއްވުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރެއްގެ ގޮތުގައި 2023 ގައި ޕީޕީއެމުން ރިިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޓިކެޓަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މުހިއްމުވީ ގައުމު ސަލާމަތްކުރަން "އިންޑިއާ އައުޓް" ކެމްޕެން ވަގުތުން ފުޅާކުރެއްވުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ފަަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމާއެކު ޕީޕީއެމާއި ޕީއެންސީން ބޭނުންވީ ހަމަ އެރޭ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރަން ކަމަށެވެ. ރައްޔިތުންނާ ސަލާމް ކުރައްވައި ގެކޮޅަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އެރޭ ކައުންސިލްގެ ހާއްސަ ޖަލްސާއެއް އޮތް ކަމަށް ޔާމީނަށް ދެންނެވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި، އެއީ 2023 ގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމުގެ ޖަލްސާ ކަމަށް ޔާމީނަށް ދެންނެވުމާއެކު އެ މަނިކުފާނު އެދިވަޑައިގަތީ އެކަން ފަސްކުރެއްވުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާއަށް ރައީސް ޔާމީން ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ކީކޭތޯ ދެންނެވީ. އަޅުގަނޑު އެ ވާހަކަ ދެންނެވިއިރު އަޑުއައްސަވަން ތިއްބެވި މެމްބަރުން މިތާ ތިއްބަވާނެ. ވިދާޅުވީ އަބްދުއްރަހީމްއޭ ތިމަންނައަށް ޓިކެޓެއް މުހިއްމެއް ނޫނޭ. އަހަރެމެންގެ މަސައްކަތަކަށް ވާންވީ ގައުމު ސަލާމަތް ކުރުމޭ، އިންޑިއާ އައުޓް ކެމްޕޭނޭ މުހިއްމީ،" އަދުރޭ ވިދާޅުވި އެވެ.
"އެއީ ހިތްވަރުގަދަ ލީޑަރުންނަކީ. މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖަހައިގެން ނުކުތީމާ އަޅުގަނޑުމެން ފަހުރުވެރިވަނީ އެހެންވެ."
އަދުރޭ ވިދާޅުވީ، ޔާމީން އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ރައްޔިތުން ބަލައިގެންފި ކަމަށެވެ. ކުރިއަށް އޮތް ބައި އިލެކްޝަންގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރާނީ ވެސް އެ ޕާޓީން ކަމަށާއި އެ ދާއިރާއަށް މިއަދު ވަޑައިގަންނަވާ ޓީމުން ފައިބާނީ "ގޮނޑި ހިފައިގެން" ކަމަށެވެ.
"ޕޯޑިއަމެއްގައި އަޅުގަނޑު ދެންނެވިން 2023 ގައި ބާއްވާ އިންތިހާބަކީ ރާއްޖެ އާއި އިންޑިއާ ދޭތެރޭގައި ބާއްވާ އިންތިހާބެކޭ. މި އިންތިހާބުގައި ވާދަކުރައްވާނީ ދިވެހިރާއްޖޭގެ ކެންޑިޑޭޓަކާއި އިންޑިއާގެ ކެންޑިޑޭޓެކޭ. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" އަދުރޭ ވިދާޅުވި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމާ އެކު އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ޔާމީނަށް ބަންދުވި އެވެ. އެކަމަކު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރުމާ އެކު އެމަނިކުފާނަށް އިންތިހާބަށް ކުރިމަތިލެއްވުމުގެ އެއްވެސް ހުރަހެއް މިހާރަކު ނެތެވެ.
އެކަމަކު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޔާމީން ސާފުކޮށް އަދި ވިދާޅުވެފައި ނުވެ އެވެ. މި ފަހުން "ދިޔަރެސް" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ އެކަމުގައި އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. މިވަގުތަށް މުހިއްމީ ގައުމީ ކެމްޕޭންގައި ދެމިހުންނެވުން ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ނޫން އެހެން ކެންޑިޑޭޓަކު ޕާޓީން ވާދަކުރެއްވިޔަސް ފުރިހަމަ އެއްބާރުލުން ދެއްވާނެ އެވެ. ރައްޔިތުންނަށް އެ ކެންޑިޑޭޓަކު ދައްކާނީ ވެސް އެ ޕާޓީގެ މެނިފެސްޓޯ ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުކުތަސް އަދި ނުނިކުތަސް ގައުމުގެ ދިފާއުގައި މި ކުރާ މަސައްކަތުގައި އަޅުގަނޑު ވަރުބައްޔެއް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ކުށްކުރި ވާހަކަ ކެންސަލް، ކުށެއް ނުކުރަން: ޔާމީން
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
ސަޕޯޓަރުންނާއި ލީޑަޝިޕް އުފަލުގެ ކަރުނައިގައި!
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު