16 ޖުލައި 2017
މަޓާޓޯ އިން ދޭ ޓްރެވަލް އެވޯޑްސްގެ ޚާއްސަ އެވޯޑްތައް 10 ފަރާތަކަށް ދީފި އެވެ.
މަޓާޓޯ އިން ދޭ ޓްރެވަލް އެވޯޑްސްގެ ޚާއްސަ އެވޯޑްތައް 10 ފަރާތަކަށް ދީފި އެވެ.
އަދާރަން ހުދުރަންފުށީގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އެވޯޑް ދިނުމަށް ބޭއްވި ހަފުލާގައި 10 ދާއިރާއަކުން 10 ފަރާތެއް ހޮވާފައިވެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓާލިޓީ، ޓްރެވަލް، ފައިނޭންސް، އެއާލައިން، ތައުލީމު، ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ދާއިރާ ހިމެނެ އެވެ. މިއީ މަޓާޓޯ އެވޯޑްސް އިން އަލަށް ތައާރަފް ކުރި އެވޯޑެކެވެ.
މިއަހަރުގެ މަޓާޓޯ ޕީޕަލްސް އެވޯޑުގައި އެއާލައިންގެ ދާއިރާ އަށް ހޮވިފައިވަނީ ޓާކިޝް އެއާލައިންގެ މާކެޓިން ރެޕްރެޒެންޓޭޓިވް އައިމިނަތު މަމްޝޫގާ އެވެ. އަދި އަދި ޓްރެވެލް ސެކްޓާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާތީ ކެޕިޓަލް ޓްރަވެލް އެންޑް ޓުއާސްގެ ފައުންޑާ ރިއްފަތު ޔޫސުފަށް ވެސް އެވޯޑް ދީފައިވެ އެވެ. ރާއްޖޭގައި ހުރި ފުރަތަމަ އަދި ހަމައެކަނި ޕަޑީ ކޯހުގެ ޑިރެކްޓަރު ހުސެއިން ރަޝީދަށް ވެސް އޭނާގެޚިދުމަތުގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.
މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަންގެ އެވޯޑު ލިބުނު ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް އެވޯޑް ހަވާލުކުރައްވަނީ. ފޮޓޯ: މަޓާޓޯ
މީގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށުގެ ފައިނޭންސް ޑިރެކްޓަރު ރަސާ ސިންގެރަމްގެ ޚިދުމަތުގެ އަގު ވަޒަން ކޮށް އެވާޑްދީފައިވެ އެވެ. އަދި ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވެސް ވަނީ މަޓާޓޯ ޓްރެވަލް އެވޯޑްސް ހާސިލް ކޮށްފަ އެވެ.
ޕީޕަލްސް އެޑިޝަންގެ އެވޯޑް ހާސިލް ކުރި ޖެނެރަލް މެނޭޖަރުންގެ ތެރޭގައި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ރެނަޓޯ ޗިޒޯލާ ވެސް ހިމެނެ އެވެ. އަދި މޫކައި ހޮޓެލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަލީ އަށް ވެސް މަޓާޓޯގެ އެ އެވޯޑް ލިބިފައިވެ އެވެ.
މުނިފޫހިފިލުމުގެ ދާއިރާ އިން އެ އެވޯޑް ލިބިފައިވަނީ މަޝްހޫރު ލަވަކިއުންތެރިޔާ އަބްދުލް ރަޝީދު (އަބްސީ) އަށެވެ. އެ އެވޯޑު ދިނީ އޭނާގެ 40 އަހަރު ވީ ލަވަ އާއި މިއުޒިކަށެވެ.
މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަންގެ އެވޯޑު ލިބުނު ފަރާތްތަކާއި މަޓާޓޯގެ އިސްފަރާތްތައް ފޮޓޯއަަށް ހުއްޓިގެން. ފޮޓޯ: މަޓާޓޯ
އަދި ވިލާ ހޮޓެލްސްގެ ޑިރެކްޓަރު އޮފް މާކެޓިން އެންޑް އޮޕެރޭޝަންސް އަލީ ރަޝީދަށް ވެސް ވަނީ އެވޯޑް ލިބިފަަ އެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީ ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްގެ ޑީން ޒީނާޒް ހުސެއިން އަށް ވެސް ވަނީ އެ އެވޯޑް ލިބިފަ އެވެ.
"ޓީޖީއެސްޓީ ބޮޑުކުރީމަ 50 މިލިއަން ޑޮލަރު ގެއްލޭނެ"
ޓީޖީއެސްޓީ ބޮޑުކުރުމުން ޓޫރިޒަމްގެ ޑިމާންޑް ގެއްލިދާނެ
ކޮވިޑް-19:ހާލަތު ދެނެގަންނަން މަޓާޓޯއިން ސާވޭއެއް ކުރަނީ
ޗައިނާގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭން ފުރުސަތެއް ނެތް
ޗައިނާ ފަތުރުވެރިން ގެނައުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް
މަޓާޓޯއިން ވެކޭޝަން އެކްސްޕޯ އެންޑޯސް ކޮށްފި
މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ލޯންޗް ކޮށްފި
ސްވައިން ފްލޫއާ ގުޅިގެން ބުކިންސްތައް ކެންސަލްކުރަނީ
އޭޝިއާގެ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ހުޅުވާލައިފި
ޓޫރިޒަމް އިޝްތިހާރުކުރަން މަޓާޓޯ އިން އުތުރު ޔޫރަޕަށް