14 ޑިސެމްބަރ 2017
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރި ނަމަވެސް އެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގައި މަސައްކަތް ނުކުރެވޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރި ނަމަވެސް އެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގައި މަސައްކަތް ނުކުރެވޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ތަމްސީލްކުރާ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗައިނާއެކު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ފައިދާތަކެއްކުރާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކަށް ގެއްލުމެއް ނެތް ކަމަށާއި ޗައިނާގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބުންޏެވެ.
އެފްޓީއޭ އިން ވަނީ ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށާއި ޓްރެވަލް އެޖެންޓުންނަށް ޗައިނާގެ ތިން ސިޓީއެއްގައި ހަރަކާތްތެރިވުމުގެ ހާއްސަ ފުރުސަތެއް ދީފަ އެވެ.
މަޓާޓޯއިން ނެރުނު ނޫސްބަޔާނުގައި ބުނީ އެފްޓީއޭގައި ސޮއިކުރި ނަމަވެސް ރާއްޖޭގައި މިވަގުތު އަމަލުކުރަމުން އަންނަ ސިޔާސަތުތަކާއި ގަވައިދުތައް އަދި ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުން ހުއްދަ ނުކުރާ ކަމެއް ޗައިނާގެ ކުންފުނިތަކަށް ނުކުރެވޭނެ ކަމަށެވެ. އަދި މި އެއްބަސްވުމާ އެކު ރާއްޖޭގެ އެއާލައިންތަކަށް ދަތުރު ނުކުރެވޭ ޗައިނާގެ ސިޓީތަކަށް ސީދާ ދަތުރުތައް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް 265،417 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.2 ޕަސެންޓް ދަށް އަދަދެކެވެ.
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ޗައިނާގެ ފޫޖިއާން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި
ޓޫރިސްޓުންގެ ލިސްޓުގެ އެއް ވަނައަށް ޗައިނާ އަރައިފި
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް