14 އޯގަސްޓް 2017
ޗައިނާގެ ފަތުރުވެރިންނާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މަޓާޓޯ އިން ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
ޗައިނާގެ ފަތުރުވެރިންނާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މަޓާޓޯ އިން ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
މަޓާޓޯ އިން ބުނީ ސެޕްޓެމްބަރު 11 ގައި އެ ޕްރޮގްރާމް ބާއްވަނީ ޗައިނާ އައުޓްބައުންޑް ޓްއަރިޒަމް ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ކަމަށެވެ.
"މި ޕްރޮގްރާމްގެ މަގުސަދަކީ އެ ތަނަކަށް އެންމެ އެކަށީގެންވާ ޗައިނާ ފަތުރުވެރިން ހޯދަން ކުރަންވީ މަސައްކަތްތައް ދަސްކޮށްދިނުން. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ، އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ޓްރެއިނިން ޕްރޮގްރާމެއް،" މަޓާޓޯގެ ބަޔާނެއްގައި ބުނެފައިވެ އެވެ.
މަޓާޓޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ސޭލްސް ޓީމުތަކާއި މާކެޓިން އެގްޒެކިއުޓިވުންނަށެވެ. ބައިވެރިންނަށް ތަމްރީނު ދިނުމުގައި ޗައިނާ އައުޓްބައުންޑް ޓްއަރިޒަމް ރިސާޗް އިންސްޓިޓިއުޓުގެ ބާނީ އަދި ޑައިރެކްޓަރު ޕްރޮފެސަރު ވޯލްފްގެންގް ޖޯޖް އާލްޓް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
މަޓާޓޯ އިން ބުނީ އެ ތަމްރީންތައް ފުރިހަމަކުރާ ފަރާތްތަކަށް "ޗައިނީސް ޓޫރިސްޓް ވެލްކަމް ކޮލެޓީ ހޯސްޓް" ކަމުގެ ސެޓްފިކެޓް ދެ އަހަރުގެ މުއްދަތަށް ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރާއްޖޭގެ ރިސޯޓް، ހޮޓާ، ލިވަބޯޑްސް އަދި ގެސްޓްހައުސްތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ޗައިނާގެ ފަތުރުވެރިންގެ އަދަދު 125 މިލިޔަންގައި އުޅޭ އިރު އެއީ ބޭރަށް ދަތުރުކުރާ ފަތުރުވެރިންގެ އެންމެ ބޮޑު މާކެޓެވެ. އެ މާކެޓުގެ އަގު 260 ބިލިޔަން ޑޮލަރަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ޓޫރިސްޓުންގެ ލިސްޓުގެ އެއް ވަނައަށް ޗައިނާ އަރައިފި
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން