20 މާޗް 2017
ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ސްވައިން ފްލޫ އެޗް1އެން1 ފެތުރެމުންދާތީ، ރިސޯޓްތަކަށް އަންނަން ޓޫރިސްޓުން ހަދާފައިވާ ބައެއް ބުކިންސްތައް ކެންސަލް ކުރަން ފަށައިފި އެވެ.
ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ސްވައިން ފްލޫ އެޗް1އެން1 ފެތުރެމުންދާތީ، ރިސޯޓްތަކަށް އަންނަން ޓޫރިސްޓުން ހަދާފައިވާ ބައެއް ބުކިންސްތައް ކެންސަލް ކުރަން ފަށައިފި އެވެ.
ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތައް ތަމްސީލުކުރާ (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް މިއަދު ވިދާޅުވީ ސްވައިން ފްލޫއާ ގުޅިގެން މަދުން ނަމަވެސް ބުކިންސްތައް ކެންސަލް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ކެންސަލޭޝަންތައް އަންނާތީ އަޅުގަނޑުމެން މިދަނީ ރިސޯޓްތަކާއި އޮޕަރޭޓަރުންނާ ގުޅިގެން ބޭރުގެ ފަރާތްތަކަށް ރަނގަޅު މައުލޫމާތުތައް ފޯރުކޮށްދެމުން. އަޅުގަނޑުމެން ދެންނެވިން މިހާރު ފެތުރެމުންދާ ރޯގާގެ އެއްވެސް އަސަރެއް ރިސޯޓްތަކަށް ނުކުރާ ކަމަށް. އަދި ޓޫރިސްޓުން އެއާޕޯޓުން ސީދާ ދާން ޖެހޭނީ ރިސޯޓްތަކަށް ކަމަށް އަންގާފައިވާނެ،" ގިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުމުގެ ރޯގާ ކޮންޓްރޯލް ކުރެވި އަދި ބޭރުގެ ފަރާތްތަކަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދެވޭ ނަމަ ބުކިންސްތައް ކެންސަލްވުން މަދުކުރެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޓޫރިޒަމަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމަށް ވެސް ގިޔާސް ވިދާޅުވި އެވެ.
އެޗް1އެން1 އާ ގުޅިގެން ބައެއް ރިސޯޓްތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުންނާއި މުވައްޒަފުން މާލެ އާއި އެހެން ރަށްރަށަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެންގުން ހިމެނެ އެވެ.
އެޗް1އެން1 ރާއްޖޭގައި ފެތުރި މިހާތަނަށް 147 މީހަކު އެ އަށް ޕޮޒިޓިވްވެ ތިން މީހަކު ވަނީ މަރުވެފަ އެވެ.
ސްވައިން ފްލޫއާ ގުޅިގެން ރިސޯޓްތަކުން ފިޔަވަޅު އަޅަނީ
ރިސޯޓު މުވައްޒަފުން ބުނަނީ ވަރުބަލި ވެއްޖެ ކަމަށް!
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ޑަބްްލިއުޓީޓީސީން ރާއްޖެއަށް ސޭފްޓްރެވެލް ސްޓޭމްޕް ދީފި
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު
ރާއްޖެ ކޮވިޑްގެ ގެއްލުން އެންމެ ބޮޑުވެދާނެ އެއް ގައުމު