14 މާޗް 2017
މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާއާ ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ.
މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާއާ ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ.
މާލެ ކައިރީގައި އޮންނަ ރިސޯޓަކުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ހުމާއި އަރިދަފުސް ރޯގާއާ ގުޅިގެން ގެސްޓުންނާއި މުވައްޒަފުން މާލެއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.
"އަޅުގަނޑުމެން މިދަނީ ގެސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން. އެގޮތުން އެއާޕޯޓުގައި ވެސް ގެސްޓުން ހޭދަކުރަން ޖެހޭ ވަގުތު ވީހާވެސް ކުޑަކުރަން މަސައްކަތްކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ރޭގަނޑު މާލެއަށް ދަތުރުނުކުރަން މުވައްޒަފުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި ކޮންމެހެން މާލެ ދަތުރުކުރަން ޖެހޭ ނަމަ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ކުރަން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ދުވަސްވަރެއްގައި ގެސްޓުންނާއި މުވައްޒަފުން މާލެއަށާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުމަކީ އެހާ ރައްކާތެރިކަމެއް ނޫން. މިހާރު ވެސް ބޭރުގެ ނޫސްތަކުގައި ޖަހައިފި މިބަލި ފެތުރެމުން އަންނަ ކަމަށް. އެހެންވީމަ އެ މީހުން ދަނީ ވަރަށް ކައިރިން މިކަން ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ ރިސޯޓުން ބުނީ ގެސްޓުންނަށް ހުމާއި ރޯގާގެ އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި އެފަދަ ކަމެއް ދިމާވެެއްޖެ ނަމަ ވަގުތުން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުމާއި ރޯގާ ފެތުރެމުންދާތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ ބަލި ފެތުރުން ކޮންޓްރޯލް ނުވާތީ އައިޖީއެމްއެޗާއި އޭޑީކޭއިން ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. އަދި އައިޖީއެމްއެޗްގައި ޖާގަ ނެތިގެން ތާޖުއްދީން ސްކޫލްގައި ވެސް މިހާރު ދަނީ ބަލި މީހުންނަށް ފަރުވާ ދޭން ފަށައިފަ އެވެ.
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ
މާލެ، ހުޅުމާލެ، ވިލިމާލެއަށް ޓޫރިސްޓުން ގެނައުން މަނާ
ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް
ސްވައިން ފްލޫއާ ގުޅިގެން ބުކިންސްތައް ކެންސަލްކުރަނީ
ގެސްޓްހައުސްތަކުގައި ތިބޭނަމަ ވެކްސިންގެ 2ޑޯޒް މަޖުބޫރު
ރަށަށް ނުދެވޭތީ ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް
އިންޑިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތައް މަނާކޮށްފި