ރިސޯޓު މުވައްޒަފުންނަށް ރަށަށް ދިއުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލުކޮށްދޭން އެދި ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.
27 ޖޫން 2021
ރިސޯޓު މުވައްޒަފުންނަށް ރަށަށް ދިއުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލުކޮށްދޭން އެދި ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.
"ރިސޯޓް ވޯކާސް މޯލްޑިވްސް" އިސްވެ އޮންލައިންކޮށް ހުށަހަޅާ މި ޕެޓިޝަނުގައި މިހާތަނަށް ރިސޯޓްތަކުގެ 500 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ސޮއިކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކަމާ ބެހޭ އެހެން ފަރާތްތަކަށް ވެސް މި ޕެޓިޝަން ހުށަހަޅާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސް އިން ބުނި ގޮތުގައި، ޕެޓިޝަން ހުށަހަޅަން ނިންމީ އެޗްޕީއޭގެ ގަވާއިދުތައް ހުރި ގޮތުން ރިސޯޓުން ރަށަށް ނުދެވޭތީ އެކަމުގެ ޝަކުވާތައް ގިނަވެފައި ވާތީ އެވެ. އަދި ކޮވިޑް-19 ގެ ހާލަތާ ހެދި ސަންސެޓު ގާނޫނަށް ގިނަ ރިސޯޓުތަކުން އަމަލު ނުކުރާ ކަަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ހަދާފައިވާ ސަންސެޓް ގާނޫނުގައި ބުނެފައިވާގޮތުގައި މުވައްޒަފުންނަށް ދޭ ޗުއްޓީގެ ތެރޭގައި، ކޮވިޑްގެ ބަލިމަޑުކަމާ ހެދި ކަރަންޓީނުގައި ހުންނަން ޖެހޭ މުއްދަތެއް ނުހިމެނޭނެ އެވެ. ނަމަވެސް މިގޮތަށް ގިނަ ރިސޯޓުތަކުން އަމަލު ނުކުރާތީ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.
"ޗުއްޓީއަށް ގޮސްފިއްޔާ ހުރިހާ ލީވެއް ކަނޑާލަނީ ޗުއްޓީން. ސަންސެޓު ގާނޫނުން ޗުއްޓީގައި ހުންނައިރު ލީވަކުން ވެސް އަދި މުސާރައަކުން ވެސް ނުކެނޑޭނެ ކަން ކަށަވަރުކޮށްދޭ، އެކަމަކު ދެރައީ ގިނަ ރިސޯޓުތަކުން ޗުއްޓީވެސް ނުދޭތީ،" ރިސޯޓް ވޯކާސް މޯލްޑިވްސް އިން ބުންޏެވެ.
ރިސޯޓް ވޯކާސް މޯލްޑިވްސް އަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނަށް ތުބުޅި ބެހެއްޓޭނެ ގޮތް ހަދައިދޭން އެދި ވެސް ޕެޓިޝަނެއްގައި ސޮއި ކުރަން ހުޅުވާލައިފަ އެވެ.
ސިޔާމްވޯލްޑްގައި މުވައްޒަފުން ޓެސްޓް ނުކުރާކަމުގެ ޝަކުވާ
ރިސޯޓު މުވައްޒަފުންގެ 80 ޕަސެންޓް ވެކްސިން ޖަހައިފި
ކަރަންޓީނަށް ނެގި ބައެއް ރިސޯޓްތައް ދޫކޮށްލައިފި
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ
"ކަރަންޓީނަށް ބޭނުންކުރާ އިރު ރިސޯޓްގެ ކުލި މާފުވާނެ"
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ