ކޮވިޑް-19އާ ގުޅިގެން އަރައި ފޭބުން މަނާކޮށްފައިވާ ރިސޯޓްތަކާއި ސަފާރީތަކުން މިހާތަނަށް 9،000 އަށް ވުރެން ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން އަރައި ފޭބުން މަނާކޮށްފައިވާ ރިސޯޓްތަކާއި ސަފާރީތަކުން މިހާތަނަށް 9،000 އަށް ވުރެން ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.
ރާއްޖޭގައި ކޮރޯނާވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ، ކުރެއްދޫ ރިސޯޓުންނެވެ. އެއާއެކު، ރާއްޖޭގެ ބޯޑަރު ބަންދުކޮށް ސަރުކާރުން އެޅި އެއް ފިޔަވަޅަކީ ރިސޯޓްތަކަށް އަަރައި ފޭބުން މަނާކުރުމެވެ. އާއްމުންގެ ތެރެއަށް ވައިރަސް ފެތުރުނަ ނުދޭން އެޅި މި ފިޔަވަޅާ އެކު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ނިންމުމަކަށް ވީ، ރިސޯޓްތަކުގައި ނަމަ އެންމެ ފަހު ޓޫރިސްޓް ފުރާތާ 14 ދުވަސް ފަހުން އެތަން ހުޅުވައިލުމެވެ.
ބައެއް ރިސޯޓްތައް ބަންދުކުރިތާ 14 ދުވަސް ވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވީ ރިސޯޓްތަކާއި ސަފާރީތަކުން މިއަދާ ހަމައަށް 9،660 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖެ އިން ބޭރުން އަންނަ ގިނަ ބަޔަކު ކަރަންޓީންކުރާ ފެސިލިޓީތަކުގައި 14 ދުވަސް ހަމަވުމުން 800 އަށް ވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
ކަރަންޓީނަށް ފަހު މި ދޫކުރާ މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެދާނެ ބައެއްގެ ގޮތުގައި ދެކި އެ މީހުން އެކަހެރި ނުކުރަން މަބްރޫކް އެދިވަޑއިގަތެވެ. އަދި އެގޮތަށް ދޫކޮށްލާ މީހުންނަކީ ބަލި ފެތުރުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެން ބޮޑަށް އޮތް ބައެއްގެ ގޮތުގައި ވެސް ނުދެކުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނށް 20 މީހަކު ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
"ކަރަންޓީނަށް ބޭނުންކުރާ އިރު ރިސޯޓްގެ ކުލި މާފުވާނެ"
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ
ސިޔާސީ މީހުންނާ ވިސްނުމުގެ ތަފާތެއް އުޅޭ: މަބްރޫކް
ރާއްޖެ ކޮވިޑްގެ ގެއްލުން އެންމެ ބޮޑުވެދާނެ އެއް ގައުމު
"ނިއު ނޯމަލް"ގެ އުސޫލުތައް އެކުލަވާލައި އާންމުކުރާނެ
ރާއްޖޭގެ ހާލަތު ނިސްބަތުން ރަނގަޅު: މަބްރޫކް