10 މެއި 2020
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތް ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު ކަމަަށް ސަރުކާރުން ބުނާ ބުނުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތް ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު ކަމަަށް ސަރުކާރުން ބުނާ ބުނުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ފެތުރޭ މި ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމުތައް ވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ދިމާވެގެން މި އުޅެނީ އެހާ ވެސް ބޮޑު ކަމެއް ކަމަށެވެ. ރާއްޖޭން ކޮށްފައިވާ ގިނަ މަސައްކަތްތަކެއްގެ ތަފްސީލް އެއާ އެކު އޭނާ ދެއްވި އެވެ.
އެންމެ ރަނގަޅަށް ހުރި ކަންތައްތަކުގެ ގޮތުގައި މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުގެ އަދަދާއި ކޮވިޑަށް މީހުން ޓެސްޓު ކުރެވޭ އަދަދެވެ.
"ރާއްޖޭގައި މިހާރު ސަތޭކައެއްހާ ވެންޓިލޭޓާސް އެބަހުރި. އަދި އިތުރު ވެންޓިލޭޓާސް ހޯދުމަށްޓަކައި މާޗް މަހުގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ އެގްރިމަންޓެއް މިހުރީ ހަދާފައި،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ވެސް އުޅެނީ އެ ގައުމުތަކަށް ބޭނުންވާ އަދަދަށް ވެންޓިލޭޓަރުތައް ނުލިބިގެން ކަމަށެވެ. އިޓަލީ ފަދަ ގައުމުތަކުން މިސާލު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ބޭނުންވާ އަދަދަށް ވެންޓިލޭޓަރު ނެތިގެން، ވެންޓިލޭޓަރަށް ލާފައި ތިބި އުމުރުން ދުވަސްވީ މީހުން އެ އިން ނަަގައި އެ އަށް ވުރެ ޒުވާން މީހުން ނުވަތަ ބަލިން އަވަހަށް ސަލާމަތް ވާނެހެން ހީވާ މީހުން ވެންޓިލޭޓަރަށް ލާ ހިސާބަށް ދިޔަ ކަމަށެވެ.
"އެއީ ދުނިޔެ އަސްލު އޮތް ހާލަތަކީ. މި ކަމުގެ ވާހަކަ ދައްކާ އިރުގައި އަޅުގަނޑުމެން ދަންނަން ޖެހޭ ބަލިފައި މަތީގައި ކަން ހަމަ އެންމެން ވެސް މި ތިބީ. އެހާ ބޮޑު ކަމެއް ދިމާވެގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.
މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެއާ ގާތްކުރާ އަދަދަށް ވެސް ސާކްގެ ގައުމުތަކުން ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެވެ އެވެ. އޭޝިއާ އަށް ބަލާއިރު ވެސް އެ ބަލީގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖް ކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެސްޓު ކުރެވޭ ނިސްބަތަށް ބެލިޔަސް ދުނިޔޭގެ ފެންވަރުގައި ބަލާ ނަމަ 25 ޕަސެންޓުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
މި ކަމުގެ ވާހަކަ ދައްކާ އިރުގައި އަޅުގަނޑުމެން ދަންނަން ޖެހޭ ބަލިފައި މަތީގައި ކަން ހަމަ އެންމެން ވެސް މި ތިބީ. އެހާ ބޮޑު ކަމެއް ދިމާވެގެން މި އުޅެނީ،" މަބްރޫކް
"މިވެނި ގައުމެއްގައި ކުރީ ތިން ޓެސްޓޭ އަނެއް ގައުމުގައި ކުރީ 10 ޓެސްޓޭ. ދިހަ ޓެސްޓު ކުރި ގައުމު ކިހާ ގަދަހޭ، އެހެން ބުނާއިރު ބަލަންޖެހޭ 10 ޓެސްޓު ހެދި ގައުމުގައި ތިބީ ކިތައް ހާސް މީހުންތޯ، ތިން ޓެސްޓު ހެދި ގައުމުގައި ތިބީ ކިތައް މީހުންތޯ؟ ދިހަ މީހުން ތިބި ގައުމެއްގައި ތިން ޓެސްޓު ހެދުމާއި 1،000 މީހުން ތިބި ގައުމެއްގައި 10 ޓެސްޓު ހެދުމާ އަޅުވައި ކިޔާއިރު އަސްލު ތިން ޓެސްޓު ހެދި ގައުމުގައި އާބާދީގެ ބޮޑު ބައެއް އެ އޮތީ ޓެސްޓު ކުރެވިފައި،" މަބްރޫކް ވިދާޅުވި އެވެ.
"މި ގޮތަށް ބަލައިގެން ޑަބްލިއުއެޗްއޯ އިން ވެސް މަސައްކަތް ކުރަމުން ދަނީ."
މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ވުރެ ފަހަތުގައި، މަދުން ސާމާނު ހުރި ގައުމުތަކަށް އެ ތަކެތި އަވަހަށް ފޯރުކޮށްދޭން އިސްކަންދޭނެ އެވެ. އެއީ ރާއްޖެ އަށް ގޮންޖެހުމެއް ކަމަށް ވިޔަސް ރެއާއި ދުވާލު މަސައްކަތް ކުރަނީ އެ ސާމާނު ރާއްޖެ އަށް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި
މިއީ ކާރިސާގެ ވަގުތުކަން ހަނދާން ނައްތާލައިގެން ނުވާނެ
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ
ގެއްލުނު އެކަކު އޮތީ ވެންޓިލޭޓަރުގައި
"ނިއު ނޯމަލް"ގެ އުސޫލުތައް އެކުލަވާލައި އާންމުކުރާނެ