03 ޖޫން 2020
ދިވެހިން މިވަގުތު ތިބީ ކާރިސާގެ ވަގުތެއްގައިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
ދިވެހިން މިވަގުތު ތިބީ ކާރިސާގެ ވަގުތެއްގައިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލިތަކަށް ބޭސްފަރުވާ ކުރުމާއި ވަޒީފާތައް ހުއްޓިފައި އޮތުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރޭތީ ގޮންޖެހުންތައް ދިމާވާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ އެކު ދިވެހިން މިހާރު ތިބީ ކާރިސާގެ ވަގުތެއްގައިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ދިގުދެމިގެން ދުވަސްތައް އެބަދޭ. އެހެން ނޫނިއްޔާ ކުއްލިއަކަށް އަންނަ ރޯޅިއެއް ފައިބައިގެން ދާއިރު ވާ ގޮތެއް ވެފައި އޮންނަނީ. އަޅުގަނޑުމެން މިކަމުގައި ކުރިމަތިލާން މި ޖެހެނީ ދަސްކޮށްގެން،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮވިޑް-19 ގެ ކަންކަން ފެށުނީއްސުރެ ކާވް ނުވަތަ ގުދު ތިރިކުރުމަށް އެހީތެރިކަން ދޭން އެދިވަޑައިގަތީ، ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމާއެކު، ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބައްޔާ ހަނގުރާމަކުރާ މީހުންގެ އަދަދު މަދުކުރުމަށެވެ. އެ ކަންކަމުގައި މިއީ ކެތްކުރަން ޖެހޭ ވަގުތު ކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ މިއީ ކެތްކުރަން ޖެހޭ ވަގުތެއްކަން ވެސް. އެކަން އުނދަގޫ ވެސް ވޭކަން. ކެތްތެރިކަން ކޮޅުން ލާހެން ހީވާ ވަގުތުތައް ވެސް އާދޭކަން... މި ކަމަކީ ދުނިޔޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑެތި ހަނގުރާމަތަކުގައި މަރުވި އަދަދަށް ވުރެ ގިނަ މީހުން މަރުވި ބައްޔެއް،" މަބްރޫކް ވިދާޅުވި އެވެ.
"ހަނދާން ނައްތާލައިގެން ނުވާނެ މި ބަލީގެ ބޮޑު ކަމެއް."
"މިއަދު މި ހިސާބަށް އައިސްފައި އަޅުގަނޑުމެންގެ ކެތްތެރިކަން ކޮޅުންލައިފިއޭ ނުވަތަ މިވެނި ކަންތައްތަކެއް ބަދަލުކުރަން އުޅެފިއްޔާ މި އޮތް ހުރިހާ ދުވަހު ކުރި މަސައްކަތުގެ މާނައެއް ނޯންނާނެ،" --- މަބްރޫކް
މި ހާލަތުގައި މީހުންގެ ދަތިކަން ހުންނާނެ މިންވަރު ވަޒަން ކުރެއްވޭ ކަމަށާއި ނުވެސް އެނގި ދަތީގައި ވެސް މީހުން އުޅެމުންދާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑާއެކު އެހެން ބަލިތަކަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ މައްސަލައާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ހޮސްޕިޓަލުތަކުގައި އެތައް ބައްޔަކަށް ކޮންމެ ދުވަހަކު ވެސް ފަރުވާދޭ ކަމަށެވެ. އެއް ރަށުން އަނެއް ރަށަށް އެތައް ދަތުރެއް ކުރާއިރު އާއްމުންނާ ހަމައަށް ތިލަވަނީ ރަނގަޅުކުރަންޖެހޭ ކޭސްތައް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އޭގެ އަނެއް ފަޅީގައި، ސިއްހީ ހިދުމަތްތެރިންގެ އިތުރުން އާސަންދަ އާއި އެންސްޕާގެ މުވައްޒަފުން ރެއާއި ދުވާލު އެތައް ކަމެއް ރަނގަޅަށް ކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބައެއް ކަންކަން ލަސްވުމާއި ދެ ފަރާތުން ވާހަކަދެއްކުމުގައި މައްސަލަތައް ދިމާވިކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ގައި ރާއްޖެ މިއަދި މިއޮތް ހާލަތަށް އާދެވުނީ ގިނަ ބައެއްގެ ގުރުބާނީ އާއި ބުރަ މަސައްކަތުންނެވެ.
"މިއަދު މި ހިސާބަށް އައިސްފައި އަޅުގަނޑުމެންގެ ކެތްތެރިކަން ކޮޅުންލައިފިއޭ ނުވަތަ މިވެނި ކަންތައްތަކެއް ބަދަލުކުރަން އުޅެފިއްޔާ މި އޮތް ހުރިހާ ދުވަހު ކުރި މަސައްކަތުގެ މާނައެއް ނޯންނާނެ،" މަބްރޫކް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ހިތުން އެއީ ހަނދާންކުރަންޖެހޭ ކަމެއް މިއީ ކިހާ ވަރެއްގެ ކަމެއްގެ ތެރޭގައިކަން އަޅުގަނޑުމެން މި އުޅެނީ."
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ހީކުރިވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް
ގެއްލުނު އެކަކު އޮތީ ވެންޓިލޭޓަރުގައި