Roadha Mihaaru
އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު ދީފި

އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮމާންޑަރު ދީފި

11 ޖުލައި 2017

ބަޣުދާދު (ޖުލައި 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް މިނިވަން ކުރި ނަމަވެސް އެ ޖަމާއަތުގެ ނުރައްކަލުން ސަލާމަތް ވެވުނީ ނޫން ކަމަށާއި އައިއެސް 2 އުފެދިދާނެ ކަމަށް އެމެރިކާގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ސްޓެފަން ޓައުންސެންޑް އިންޒާރު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޓައުންސެންޑް ވިދާޅުވީ އިރާގުގައި އަދިވެސް އައިއެސްގެ ހަނގުރާމަވެރިން އެބަތިބި ކަމަށާއި އެ މީހުން ހުއްޓުވުމަށް އިރާގުގެ ސުންނީންގެ ދައުރު ބޮޑު ކަމަށެވެ.

"އައިއެސް އަލުން އުފެދުނަ ނުދިނުމަށްޓަކައި އިރާގު ސަރުކާރުން އަދާކުރަން ޖެހޭ ރޯލު ބޮޑު. އެކަން ކުރުމަށްޓަކައި ސުންނީ މުސްލިމް އާބާދީގެ ބޭނުން އިރާގު ސަރުކާރުން ހިފަން ޖެހޭ،" ޓައުންސެންޑް ވިދާޅުވި އެވެ.

މޫސަލްގައި ކާމިޔާބީ އިއުލާން ކުރެއްވުމަށް ފަހު އިރާގުގެ ބޮޑު ވަޒީރު ބޮޑު ގައުމީ ދިދައާ އެކު.

މޫސަލްގައި ކާމިޔާބީ އިއުލާން ކުރެއްވުމަށް ފަހު އިރާގުގެ ބޮޑު ވަޒީރު ބޮޑު ގައުމީ ދިދައާ އެކު.

އިރާގުގެ ބޮޑު ވަޒީރު ހައިދަލް އަލް އަބާދީ ވަނީ މޫސަލްގައި އައިއެސްގެ މައްޗަށް ކާމިޔާބު ހޯދައިފިކަން އިއުލާން ކުރައްވައިފަ އެވެ. ކާމިޔާބީ އިއުލާން ކުރެއްވިއިރު އިރާގު ސިފައިންނާ އެކު އަބާދީ ހުންނެވީ ގައުމީ ދިދަ ހިއްޕަވައިގެންނެވެ.

އެމެރިކާ ކޯލީޝަނުން ބުނީ މޫސަލްގައި މިހާރު ކުރަމުން ދަނީ ފިލާ ތިބި އައިއެސްގެ ހަނގުރާމަވެރިން ހޯދާ، އެ ސިޓީގައި ހުރި ގޮވާ ތަކެތި ނައްތާލުމުގެ މަސައްކަތް ކަމަށެވެ.

އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފަން ކުރި ހަނގުރާމައިގައި އެ ސިޓީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އދ. އިން ލަފާ ކުރަނީ 5،000 އަށް ވުރެ ގިނަ އިމާރާތް މޫސަލް އިން ހަލާކުކޮށްލާފައިވާ ކަމަށެވެ.

އައިއެސް އިން މޫސަލް ހިފީ ޖޫން 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އިއުލާން ކުރީ މޫސަލްގެ މަޝްހޫރު އަލް ނޫރީ މިސްކިތުގަ އެވެ. އައިއެސް އިން މިދިޔަ މަހު ވަނީ ނޫރީ މިސްކިތް ގޮއްވާލައިފަ އެވެ.