09 ޖުލައި 2017
މޫސަލް (ޖުލައި 9) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައްޗަށް ކާމިޔާބު ހޯދިކަން ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ މޫސަލްގައި މިއަދު އިއުލާން ކުރައްވައިފި އެވެ.
މޫސަލް (ޖުލައި 9) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައްޗަށް ކާމިޔާބު ހޯދިކަން ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ މޫސަލްގައި މިއަދު އިއުލާން ކުރައްވައިފި އެވެ.
ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން އަބާދީ މޫސަލް އަށް ވަޑައިގެންނެވީ އައިއެސްގެ މައްޗަށް ކާމިޔާބު ހޯދިކަން އިއުލާން ކުރުމަށާއި އިރާގު ސިފައިންނާއި އިރާގުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ކަމަށެވެ.
އައިއެސްގެ މައްޗަށް ކާމިޔާބު ހޯދިކަން އިއުލާންކޮށްފައި މިވަނީ އިރާގު ސިފައިން ދިޖުލަތު ކޯރުގެ އައްްސޭރިއާ ހަމައަށް ވާސިލްވުމަށް ފަހު އިރާގުގެ ދިދަ ނަގާފައިވާ ކަމަށް ރަސްމީ ޓީވީން މިއަދު ބުނެފައި ވަނިކޮށެވެ.
އެމެރިކާގެ ވައިގެ ހަމަލާތަކާ އެކު މޫސަލް ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މިދިޔަ އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ. އައިއެސް ބަލިކޮށްލުމުގައި އިރާގު ސިފައިންގެ އިތުރުން ކުރުދީ ހަނގުރާމަވެރިންނާއި ސުންނީ އަރަބި ހަނގުރާމަވެރިންގެ އިތުރުން ޝިއައީ ހަނގުރާމަވެރިން ވެސް ބައިވެރިވި އެވެ.
މޫސަލްގެ އިރުމަތީގެ ހިސާބުތައް އައިއެސްގެ ބާރުން މިނިވަންކުރިކަން އިރާގުން އިއުލާންކުރީ ޖެނުއަރީ މަހު އެވެ. މޫސަލްގެ ހުޅަނގުގެ ހިސާބުތަކުގެ މަގުތައް ހަނިވުމާއި އާބާދީ ބޮޑުވުމުގެ ސަބަބުން އައިއެސް ބަލިކުރުމުގައި ދަތިތަކާ އިރާގު ސިފައިންނަށް ކުރިމަތިވި އެވެ.
އައިއެސް އިން މޫސަލް ހިފީ ޖޫން 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އިއުލާންކުރީ ވެސް މޫސަލްގަ އެވެ. މޫސަލް ދޫވުމަކީ އިރާގުގައި ތިން އަހަރު ތެރޭ އައިއެސް އަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ.
މޫސަލްގެ ހަނގުރާމައިގައި ވަނީ 740 މީހުން މަރާފައި
އިރާގުގެ އުތުރުގެ ރަށަކުން އައިއެސް ބާލަން ހަނގުރާމަ ފަށައިފި
އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު ދީފި
މޫސަލްގައި އައިއެސްގެ އެންމެ ފަހު އަވަށް ހިފަނީ
އައިއެސްގެ އިސް މުފްތީ މޫސަލްގައި މަރާލައިފި
އައިއެސްގެ ޚިލާފަތު އިއުލާންކުރި މިސްކިތާ ހަމައަށް ލަޝްކަރު ޖެހިއްޖެ
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ކޮމާންޑަރު މަރާލައިފި
މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ މަރު
މޫސަލްގެ ހުޅަނގުން ތިންބައިކުޅަ އެއްބައި ހިފައިފި
އައިއެސްގެ އަނިޔާވެރިކަން ދެއްކި ޖަލު ހިފައިފި