Roadha Mihaaru
އައިއެސްގެ އިސް މުފްތީ މޫސަލްގައި މަރާލައިފި

އައިއެސްގެ އިސް މުފްތީ މޫސަލްގައި މަރާލައިފި

15 އެޕްރީލް 2017

ބަޣުދާދު (އެޕްރީލް 15) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އެންމެ ސީނިއާ މުފްތީ މަރާލާފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އެޕްރީލް 15) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އެންމެ ސީނިއާ މުފްތީ މަރާލާފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

އަބްދުﷲ އަލް-ބަދުރާނީ ނުވަތަ އަބޫ އައްޔާބު އަލް އަތާރު މަރާލާފައި ވަނީ ބުރާސްފަތި ދުވަހު އެމެރިކާ ކޯލީޝަނުން ދިން ވައިގެ ހަމަލާތަކުގައި ކަމަށްވެ އެވެ. އައިއެސްގެ ގިނަ ފަތުވާތައް ނެރެނީ އަލް ބަދުރާނީ އެވެ. އޭގެ ތެރޭގައި ވަރަށް އަނިޔާވެރި އަމުރުތައް ވެސް ހިމެނެ އެވެ. އެންމެ ފަހުން އޭނާ ކުރި އަމުރަކީ މޫސަލްގެ އިރުމަތީގައި އާއްމުންނަށް ހަމަލާ ދިނުމަށެވެ.

އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފަން ހަނގުރާމަ ކުރާ އިރާގު ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ މަޝްހޫރު އަލް ނޫރީ މިސްކިތް ހިފުމަށެވެ. އައިއެސްގެ ޚިލާފާތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ޖޫން، 2014 ގައި އިއުލާންކުރީ ނޫރީ މިސްކިތުގަ އެވެ.

މޫސަލްގެ އިރުމަތީގެ ހިސާބުތައް މިހާރު ވަނީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. މިހާރު މަސައްކަތް ކުރަނީ ހުޅަނގުގެ ސަރަހައްދުތައް ހިފުމަށެވެ.