13 މާޗް 2017
ބަޣުދާދު (މާޗް 13) - މޫސަލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނަށް ސަލާމަތެއް ނެތް ކަމަށާއި އެ ސްޓޭޓުގައި އެ މީހުން ތިބީ ތާށިވެފައި ކަމަށާއި އެހެންވެ އެ މީހުންނަށް އޮތީ މަރު ކަމަށް އެމެރިކާގެ މަންދޫބު ވިދާޅުވެއްޖެ އެވެ.
ބަޣުދާދު (މާޗް 13) - މޫސަލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނަށް ސަލާމަތެއް ނެތް ކަމަށާއި އެ ސްޓޭޓުގައި އެ މީހުން ތިބީ ތާށިވެފައި ކަމަށާއި އެހެންވެ އެ މީހުންނަށް އޮތީ މަރު ކަމަށް އެމެރިކާގެ މަންދޫބު ވިދާޅުވެއްޖެ އެވެ.
އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތައް ކޯޑިނޭޓް ކުރާ އެމެރިކާގެ މަންދޫބު ބްރެޓް މެކްގާތު މި މޭރުމުން އިންޒާރު ދެއްވި އިރު އިރާގު ސިފައިން ވަނީ މޫސަލް އާއި އެހެން ހިސާބުތައް ގުޅާލަން އޮންނަ އެންމެ ފަހު މަގު ހިފައިފަ އެވެ. އެހެންވެ މޫސަލްގައި މިހާރު ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް ނުކުމެވޭނެ ގޮތެއް ނޯންނާނެ އެވެ.
އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށަށް ގެންދިޔައީ ޖޫން، 2014 ގަ އެވެ. ނަމަވެސް މޫސަލް ހިފުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމައިގައި އިރާގު ސިފައިން ވަނީ އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ޖެނުއަރީ މަހު ހިފައިފަ އެވެ. އަދި ހުޅަނގުގެ ހިސާބުތައް ހިފުމަށް މިދިޔަ މަހު ފެށި އޮޕަރޭޝަނުގައި ވަނީ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް އައިއެސްގެ ބާރުގެ ދަށުން ހިފައިފަ އެވެ.
ބަޣުދާދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްގުރްކާ ވިދާޅުވީ އިރާގުގެ ސިފައިންގެ ނައިންތު އާމީ ޑިވިޝަނުން ވަނީ މޫސަލްއާ އެހެން ހިސާބުތަކުގެ ގުޅުން ކަނޑާލާފައި ކަމަށާއި އެހެންވެ މޫސަލްގައި މިހާރު ތިބި އައިއެސްގެ ހަނގުރާމަވެރިން ތިބޭނީ ތާށިވެފައި ކަމަށެވެ. އެ މީހުންނަށް ދެން މަރުވާނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ކުރާ މަސައްކަތަކީ މޫސަލް އިން އައިއެސް ބަލިކޮށްލުން އެކަންޏެއް ނޫން. އެ ސިޓީން އެ މީހުން ފިލިޔަ ނުދޭން ވެސް މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޔަހުޔާ ރަސޫލް ވިދާޅުވީ އިރާގު ސިފައިން ކުރަމުން ދަނީ ވަރަށް އުނދަގޫ ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމަ އުނދަގޫވަނީ އާއްމުންގެ ތެރޭގައި ފިލާ ތިބި ބަޔަކަށް ހަމަލާ ދޭން ޖެހޭތީ ކަމަށެވެ.
މޫސަލްގެ ހަނގުރާމައިގައި ވަނީ 740 މީހުން މަރާފައި
އިރާގުގެ އުތުރުގެ ރަށަކުން އައިއެސް ބާލަން ހަނގުރާމަ ފަށައިފި
އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު ދީފި
އައިއެސް ބަލިކުރިކަން އިރާގުން އިއުލާން ކޮށްފި
މޫސަލްގައި އައިއެސްގެ އެންމެ ފަހު އަވަށް ހިފަނީ
އައިއެސްގެ އިސް މުފްތީ މޫސަލްގައި މަރާލައިފި
އައިއެސްގެ ޚިލާފަތު އިއުލާންކުރި މިސްކިތާ ހަމައަށް ލަޝްކަރު ޖެހިއްޖެ
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ކޮމާންޑަރު މަރާލައިފި
މޫސަލްގެ ހުޅަނގުން ތިންބައިކުޅަ އެއްބައި ހިފައިފި
އައިއެސްގެ އަނިޔާވެރިކަން ދެއްކި ޖަލު ހިފައިފި