16 މާޗް 2017
ބަޣުދާދު (މާޗް 16) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން 2014 ވަނަ އަހަރު އެ މީހުންގެ ޚިލާފަތު އިއުލާންކުރި ނޫރީ މިސްކިތާ ހަމައަށް އިރާގު ސިފައިންގެ ލަޝްކަރު ކައިރިވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބަޣުދާދު (މާޗް 16) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން 2014 ވަނަ އަހަރު އެ މީހުންގެ ޚިލާފަތު އިއުލާންކުރި ނޫރީ މިސްކިތާ ހަމައަށް އިރާގު ސިފައިންގެ ލަޝްކަރު ކައިރިވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މޫސަލްގެ ހުޅަނގުގައި ތިބި އައިއެސް ހަނގުރާމަވެރިންނާއި އިރުމަތީގެ ހިސާބުތައް ގުޅާލަދޭ މައި ބްރިޖް ސަރުކާރު ސިފައިން މިހާރު ވަނީ ހިފައިފަ އެވެ. މޫސަލްގެ އިރުމައްޗާއި ހުޅަނގު ވަކިވެފައި އޮންނަ ދިޖުލަތު ކޯރު ހުރަސް ކުރަން އަޅާފައިވާ ފަސް ބްރިޖުގެ ތެރޭން ތިން ބްރިޖް މިހާރު ވަނީ އިރާގު ސިފައިންގެ ބާރުގެ ދަށުގަ އެވެ.
އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފުމުގެ ހަނގުރާމަ މިހާރު ވަނީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.
"އިރާގު ސިފައިން މޫސަލްގެ ހުޅަނގުގައި ދަނީ ވަރަށް ބާރަށް ކުރިއަރަމުން. ސިފައިންގެ ލަޝްކަރު މިހާރު ތިބީ އައިއެސް އިން ޚިލާފަތު އިއުލާން ކުރި ނޫރީ މިސްކިތާ 800 މީޓަރު ދުރުގައި،" އިރާގު ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އައިއެސްގެ ލީޑަރު އަބޫ ބަކްރު ބަޣުދާދީ އެ މީހުންގެ ޚިލާފަތު ޖޫން، 2014 ގައި އިއުލާންކުރީ ނޫރީ މިސްކތުގަ އެވެ. އޭގެ ފަހުން އައިއެސް އިން ވަނީ އިރާގާއި ސީރިއާގެ ބޮޑު ސަރަހައްދެއް ހިފައިފަ އެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް އެމެރިކާ ކޯލީޝަނުން ހަމަލާތައް ފަށައި އިރާގުގެ އެއްގަމު ސިފައިންގެ ލަޝްކަރުގެ އެހީއާ އެކު އައިއެެސް ވަނީ ވަރަށް ބޮޑަށް ބަލިކަށި ކޮށްލައިފަ އެވެ. އިރާގުން އައިއެސްގެ ބާރުގެ ދަށުގައި މިހާރު އޮތީ ހަމައެކަނި މޫސަލް އެވެ.
މޫސަލްގެ ހަނގުރާމައިގައި ވަނީ 740 މީހުން މަރާފައި
އިރާގުގެ އުތުރުގެ ރަށަކުން އައިއެސް ބާލަން ހަނގުރާމަ ފަށައިފި
އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު ދީފި
އައިއެސް ބަލިކުރިކަން އިރާގުން އިއުލާން ކޮށްފި
މޫސަލްގައި އައިއެސްގެ އެންމެ ފަހު އަވަށް ހިފަނީ
އައިއެސްގެ އިސް މުފްތީ މޫސަލްގައި މަރާލައިފި
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ކޮމާންޑަރު މަރާލައިފި
މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ މަރު
މޫސަލްގެ ހުޅަނގުން ތިންބައިކުޅަ އެއްބައި ހިފައިފި
އައިއެސްގެ އަނިޔާވެރިކަން ދެއްކި ޖަލު ހިފައިފި