Roadha Mihaaru
އައިއެސްގެ އަނިޔާވެރިކަން ދެއްކި ޖަލު ހިފައިފި

އައިއެސްގެ އަނިޔާވެރިކަން ދެއްކި ޖަލު އިރާގު ސިފައިން ހިފައިފި

09 މާޗް 2017

ބަޣުދާދު (މާޗް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަނިޔާވެރި އަމަލުތައް ހިންގި ކަމަށް ބުނާ މޫސަލްގެ ހުޅަނގު-އުތުރުގެ ޖަލު އިރާގު ސިފައިން ހިފައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (މާޗް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަނިޔާވެރި އަމަލުތައް ހިންގި ކަމަށް ބުނާ މޫސަލްގެ ހުޅަނގު-އުތުރުގެ ޖަލު އިރާގު ސިފައިން ހިފައިފި އެވެ.

އިރާގުގެ ނައިންތު އާމާޑް ޑިވިޝަނާއި ހަނގުރާމަވެރި ޖަމާއަތްތަކުން ބަދޫޝް ޖަލު ހިފުމަށް ފަހު އިރާގު ދިދަ ވަނީ ނަގައިފަ އެވެ. އައިއެސް އިން ހައްޔަރުކޮށްފައިވާ އެއްވެސް މީހަކު އެ ޖަލުގައި ހުރި ކަމަށް އިރާގު ސިފައިން ބުނެފައެއް ނުވެ އެވެ.

އައިއެސްގެ މެންބަރުން ކަމަށް ތުހުމަތު ކުރެވޭ މީހުން އިރާގު ސިފައިން ދަނީ ހައްޔަރުކުރަމުން. --ފޮޓޯ:ރޮއިޓާސް

އައިއެސްގެ މެންބަރުން ކަމަށް ތުހުމަތު ކުރެވޭ މީހުން އިރާގު ސިފައިން ދަނީ ހައްޔަރުކުރަމުން. --ފޮޓޯ:ރޮއިޓާސް

އައިއެސް އިން 2014 ވަނަ އަހަރު މޫސަލް ހިފުމަށް ފަހު ބަދޫޝް ޖަލުން 600 ގައިދީން މަރާފައިވާ ކަމަށްވެ އެވެ. ގިނައިން މަރާފައި ވަނީ ޝިއައީ މުސްލިމުންނެވެ. ޖޫން، 2014 ގައި ޖަލު ހިފުމަށް ފަހު 1،500 ގައިދީން އެކަހެރިކޮށް ލޮރީއަކަށް އަރުވައިގެން ހަނަފަސް ހިސާބަކަށް ގެންދިޔަ ކަމަށް، ސަލާމަތްވި މީހުންނާ ހަވާލާދީ ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ. އައިއެސްގެ ހަނގުރާމަވެރިން ވަނީ ގައިދީންގެ ތެރޭން ސުންނީންނާއި ޝިއައީން އަދި ކްރިސްޓިއަނުން ވަކިކޮށް ވަޅުގަނޑެއްގެ ކައިރީ އަތުރާފައި ބޭތިއްބުމަށް ފަހު ޝިއައީންގެ ބޮލަށް ބަޑިޖަހާ މަރާފައިވާ ކަމަށް ސަލާމަތްވި މީހުން ބުންޏެވެ. ބައެއް މީހުން ސަލާމަތްވީ އެ މީހުން މަރުވި ކަމަށް ހެދިގެން ތިބުމުން ނުވަތަ އެހެން މީހެއްގެ ނިވަލުގައި ހުރުމުން ކަމަށް ބުނެފައިވެ އެވެ.

މޫސަލްގެ މިއުޒިމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި. --ފޮޓޯ:އޭޕީ

މޫސަލްގެ މިއުޒިމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި. --ފޮޓޯ:އޭޕީ

މޫސަލް ހިފުމުގެ ހަނގުރާމަ އިރާގު ސިފައިން ފެށީ އޮކްޓޯބަރު މަހު އެވެ. އަދި އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ވަނީ ޖެނުއަރީ މަހު ހިފައިފަ އެވެ. އިރާގު ސިފައިން މިހާރު ކުރިއަށް ގެންދަނީ މޫސަލްގެ ބައިބޯ ހުޅަނގުގެ ހިސާބުތަކުން އައިއެސް ފައްސާލުމުގެ މަސައްކަތެވެ. އިރާގު ސިފައިން ވަނީ މޫސަލްގެ ސަރުކާރު އޮފީސްތައް ހިމެނޭ އިމާރާތް ހިފައިފަ އެވެ. އަދި މިއުޒިމާއި ބޭންކް ވެސް ވަނީ ހިފައިފަ އެވެ.