30 ޖޫން 2017
ކާމިޔާބު ލިބޭނީ ރައްޔިތުން ހިތްވަރާ އެކު ފަހަތަށް ނުޖެހި ތިބެގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކާމިޔާބު ލިބޭނީ ރައްޔިތުން ހިތްވަރާ އެކު ފަހަތަށް ނުޖެހި ތިބެގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އިމްރާން ރޯދަ މަހަށް ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މިއަދު ޖަލަށް ގެންދިއުމުގެ ކުރިން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ އަނިޔާއިން ސަލާމަތްވާނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށެވެ. އެހެންވެ، ފަހަތަށް ނުޖެހި ތިބުމަށް އިމްރާން ގޮވާލެއްވި އެވެ.
"ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަމުން އަޅުގަނޑުމެންނަށް ކާމިޔާބުވަނީ. އަދިވެސް ދަންނަވަން އޮތީ ސާބިތުކޮށް ތިއްބަވާށޭ. ފިނޑި ނުވާށޭ. ފަހަތަށް ނުޖެހޭށޭ،" އިމްރާން ވިދާޅުވި އެވެ.
ޖަލަށް ގެންދިއުމުގެ އިރުކޮޅެއް ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ ޖަލުގައި ހުއްޓަސް އަދި މިނިވަންކޮށް އޭނާ ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށާއި އޭނާގެ އަޒުމެއް ނުގުޑާނެ ކަމަށެވެ.
އިމްރާން ޖަލަށްލާފައިވަނީ މެއި، 2015 ގައި އަދާލަތު ޕާޓީ އިސްކޮށް، އޮވެގެން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވިކަން ސާބިތުވެގެންނެވެ. އެ މައްސަލާގައި އޭނާ ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ވަނީ ބުނެފަ އެވެ.
އިމްރާންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް މިއަދު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. އޭނާ ޖަލަށްލާފައިވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ.
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު
ޔާމީނަށް ވަކީލުންނާ ބައްދަލުނުވާ މައްސަލަ މަޖިލިހަށް
ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަދައިދޭން އެދިއްޖެ
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ގާސިމާއި ނަޝީދަށް ވޯޓު ލެވޭނީ ޖަލަށް: އިލެކްޝަންސް
ލަބާން ދޫކޮށްލައިފި
"ނުތަނަވަސް ކަމަކީ ބަޔަކު ނުހައްގުން ޖަލުގައި ތިބުން"
އިމްރާން ޖަލުގައި ހުރުމަކީ ތާރީޚުގައި ޖެހޭ ލައްގަނޑެއް
މިއަދު މިތިބީ އަނިޔާވެރިއެއްގެ ކަސްތޮޅުގައި: ގާސިމް