20 މެއި 2018
މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ކުށް ސާބިތުވި، އީގަލްސްގެ ކުރީގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް މިއަދު ޖަލުން މިނިވަން ކޮށްފި އެވެ.
މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ކުށް ސާބިތުވި، އީގަލްސްގެ ކުރީގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް މިއަދު ޖަލުން މިނިވަން ކޮށްފި އެވެ.
ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ލަބާން މިނިވަންކުރީ ޕެރޯލްގެދަށުންނެވެ.
ލަބާން ދޫކޮށްލިކަން އޭނާގެ އާއިލާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ މެއި އެއް ވަނަ ދުވަހުގެ ރޭ 10:00 އާއި 10:30އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން އިސްކަންދަރު ސްކޫލްގެ ކައިރިން ދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ބިންމައްޗަށް ވައްޓާލީ ލަބާން ކަމަށެވެ. އަދި އަބްދުއްރަހްމާން ވެއްޓުމުން ދައުވާ ލިބޭ މީހުން މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ވެސް ހުކުމުގައި ވެ އެވެ.
ފުލުސް މީހާ އަށް ހަމަލާ ދިން ކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމްގައި ވެ އެވެ. ލަބާނަށް ސާބިތުވީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
މޭޑޭގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ވަނީ 12 އަހަރަށް ޖަލަށްލައިފަ އެވެ.
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ
"ބައްޕަ ދުނިޔޭގައި ހުރި ނަމަ މިނިވަން ވާނެ ދޯ؟"
މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކު މިނިވަންކޮށްފި
ނޫސްވެރިންނަށް އޮތް ގޮންޖެހުމަކީ ސަރުކާރު: އަމީތު
ރައްޔިތުން ފަހަތަށް ނުޖެހުމަށް އިމްރާން ގޮވާލައްވައިފި
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން މުޒާހަރާއަށް
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު