Roadha Mihaaru
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު

އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲގެ އާއިލާއާ އެކު

02 ނޮވެމްބަރ 2018

ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ އެކު، މިވަގުތަށް މިނިވަންވުމާ ގުޅިގެން، އޭނާގެ ފުރަތަމަ ބައްދަލުވުން ހާއްސަ ކުރެއްވީ ހަމަ އެފަދަ ވޭނާއި ހިތާމައެއް ތަހައްމަލް ކުރަމުންދާ އާއިލާ އަކަށެވެ. އެއީ އިމްރާން އިސްވެ ހުންނަވައިގެން މޭ 1، 2015 ގައި ބޭއްވި މޭ ޑޭގެ މުޒާހަރާއާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ އާއިލާ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިމްރާނަށް ވެސް ޖަލު ހުކުމެއް އައީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު އެ އެއްވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ މުޒާހަރާ އަށް ފަހު އަބްދުﷲ ޖަލަށް ލީ، މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުން ތަކެއްގައި ފުލުހަކަށް ހަމަލާދިން މައްސަލައެއްގަ އެވެ.

ފަސް ކުދިންގެ ބައްޕަ އަބްދުﷲ ގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި އޭނާގެ ކުދިންނާ، އިމްރާންގެ ދެކަނބަލުން ބައްދަލުކުރެއްވީ މިއަދު ހެނދުނެވެ. އެ ގެއަށް ވަޑައިގެން އިމްރާނާއި އަނބިކަނބަލުން ވަނީ އަބްދުﷲގެ އަންހެނުންނާއި ދަރިންނާ އެކު ވަގުތު ހޭދަ ކުރައްވައިފަ އެވެ.

މިއީ އިމްރާން، މި ވަގުތަށް މިނިވަން ވި ފަހުން އާއިލާ އަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

އިމްރާން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އިމްރާން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އިދިކޮޅު ކޯލިޝަންގެ އެހެން ބައެއް އިސް ބޭފުޅުން ވެސް މީގެ ކުރިން ވަނީ އަބްދުﷲގެ އާއިލާއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ ސިޔާސީ ކުށްވެރިން މިނިވަން ވުމުގެ އުފަލުގައި އަބްދުﷲ ގެ އާއިލާ ވަނީ ބައިވެރިވެފަ އެވެ.

"Bappa dhuniyegai hurinama minivan vaane dho?"

"Bappa dhuniyegai hurinama minivan vaane dho?"

The most trusted news source in the Maldives

Mihaaru

ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ އުފަލުގައި އަބްދުﷲގެ އާއިލާ--

ޖަލު ބަންދުގައި ހުއްޓައި އަބްދުﷲ 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. އެހެންކަމުން އާއިލާ އިން ތުހުމަތު ކުރަނީ އަބްދުﷲ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.

އިމްރާންގެ ދެކަނބަލުން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އިމްރާންގެ ދެކަނބަލުން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އެ ދުވަސްވަރު، މާފުށީ ޖަލުގައި ހުރި ގައިދީ އަކު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އަބްދުﷲ މަރުވީ ޖަލު ގޮޅީގައި ވޭންތަކެއް ތަހައްމަލް ކުރަމުން ގޮސް ކަމަށެވެ. އޭނާ އަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލު ވެފައިވާ ކަމަށް، އަބްދުﷲގެ ހާލަތަށް އަންނަމުން ދިޔަ ބަދަލުތަކުން އެނގޭ ކަމަށް ވެސް އެ ގައިދީ ބުނެފައިވެ އެވެ. ނަމަވެސް، އެ ވާހަކަތައް ކަރެކްޝަނަލް ސާވިސް އިން ދޮގުކުރެ އެވެ.