މާފުށީ ޖަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހަރަކާތްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްލަވަމުން ގެންދަވާ ކަމަށް ޕީޕީއެމުން މިރޭ ތުހުމަތުކޮށްފި އެވެ.
02 މެއި 2023
މާފުށީ ޖަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހަރަކާތްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްލަވަމުން ގެންދަވާ ކަމަށް ޕީޕީއެމުން މިރޭ ތުހުމަތުކޮށްފި އެވެ.
ޔާމީން، ޖަލު ހުކުމެއް ތަންފީޒުކުރައްވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގަ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ހޯމް މިނިސްޓަރު އިމްރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
"ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް، މިއީ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޔާމީނަށް އަނިޔާ ކުރަމުންދަނީ މި ސަރުުކާރުުން ރާވައިގެން. މީގެ މުގުލުގައި ހުރީ ހޯމް މިނިސްޓަރު އިމްރާން."
ޔާމީނަށް ޖަލުގައި ދެމުންދާ އަނިޔާގެ ފަހަތުގައި ހުންނެވީ އިމްރާން ކަން އޭނާ މިރޭ ކުރެއްވި ޓުވީޓްތަކުން ވެސް ހާމަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
Maaiy Allah ge heyo rahumathun RY ge aniyaaverikama jabbaarukamun dhivehin salaamaiykurevunee May Day gai dhivehin dhekki ehbaivanthakama kuri hiyvaruge mahchah binaakurevunu masahkathun. https://t.co/w9M0BZQzsU
— Imran Abdulla (@ShimranAb) May 1, 2023
ޔާމީންގެ ދިފާއުގައި އެ ކޯލިޝަނުން ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި ބުނަން ޖެހޭ ކޮންމެ އެއްޗެއް ވެސް ބުނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ ހޯމް މިނިސްޓަރުގެ މަގާމުން އިމްރާން ވަކި ކުރަން ވެސް ގޮވާލައްވައިފަ އެވެ.
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ޖަލު ހުކުމާ އެކު ވެސް ކެންޑިޑޭޓަކަށް: ވާނެކަމެއްތަ؟
ހުކުމް ތަންފީޒު ކުރުމަށް ޔާމީން މާފުށީ ޖަލަށް
އީސާގެފާނުގެ ވާހަކަ އަށް ޔާމީން މާފަށް އެދުނު
އެއާޕޯޓް އަތުލަން ގާސިމާއި އިމްރާން ބޭނުމެއްނުވި:ޔާމީން
ޔާމީން ޖަލަށްލި ދުވަހު ރޮވުނު: ނަޝީދު
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ހޯމް މިނިސްޓަރު އުޅުއްވާ ފްލެޓް ކައިރީ މުޒާހަރާކޮށްފި
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު
ގައުމު ގޮވަނީ ޔާމީންގެ ޚިދުމަތަށް: ޕީޕީއެމް/ޕީއެންސީ