Roadha Mihaaru
މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކު މިނިވަންކޮށްފި

މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކު މިނިވަންކޮށްފި

15 ސެޕްޓެމްބަރ 2018

މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ޖަލަށްލި ޒުވާނަކު ޝަރުތުތަކާއެކު މިނިވަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ޖަލަށްލި ޒުވާނަކު ޝަރުތުތަކާއެކު މިނިވަންކޮށްފި އެވެ.

ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ގދ. ގައްދޫ، އުމަރު ގާހިރު، 25، މިނިވަންކުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނި ގޮތުގައި، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މިދިޔަ ބުދަ ދުވަހެވެ.

އުމަރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖުލައި 25، 2016 ވަނަ ދުވަހެވެ. ނަމަވެސް އިސްތިއުނާފުގެ އަޑުއެހުންތައް ފެށިކަމެއް ސާފެއް ނުވެ އެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ބޮޑު އެއްވުމާ ގުޅިގެން ހައްޔަރުކުރި އިތުރު ބަޔަކު ވެސް މީގެ ކުރިން ދޫކޮށްލާފައި ވެ އެވެ. އޭގެ ތެރޭގައި ލަބާން ޝަރީފާއި ނާސިރާ އަލީ ވެސް ހިމެނެ އެވެ.