01 ނޮވެމްބަރ 2018
ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ދޫކޮށްލަން ދާދި ދެންމެއަކު ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ދޫކޮށްލަން ދާދި ދެންމެއަކު ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވަނީ އިމްރާންގެ ފަރާތުން އެ ކޯޓަށް ހުށައަޅާފައިވާ މަައްސަލަ ބަލައި، ގޮތެއް ނިމެންދެން، އޭނާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުމުގައި އިސްކޮށް އުޅުއްވުމުން، ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ. އަދި އެ ހުކުމަށް 2016 ގައި ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
އިމްރާން ސަލާމަތްކުރަން ސުޕްރީމް ކޯޓަށް އިމްރާންގެ ވަކީލުން ހުށައެޅުމުން އެ ކޯޓުން ނޮވެމްބަރު 22، 2017 ގައި ނިންމީ މައްސަލަ ނުގަތުމަށެވެ. އަލުން އިމްރާންގެ ވަކީލުން މިދިއަ މަހު 24 ގައި ހުށައެޅީ، ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން އުފެއްދި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ އިމްރާން މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ އެކު އޭނާ މިހާރު އެވަނީ ވަގުތީ ގޮތުން މިިނިވަންވެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލީ އެކި ތުހުމަތުތަކުގަ އެވެ. އޭރު ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލްގެ އިތުރުން ކޯޓުތަކުން ވެސް އެ ހުކުމްތައް ކުރަމުން ދިޔައީ އަވަސް އަރުވާލައިގެންނެވެ. އެ ބޭފުޅުންގެ ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނީ ގޮތުން ލިބެން ޖެހޭ އެތައް ހައްގަކުން އޮތީ މަހުރޫމްކޮށްފަ އެވެ.
އިމްރާން މިނިވަންކުރަން އެންމެ މަތީ ކޯޓުގެ އަމުރު އައިއިރު، ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ހުކުމެއްގައި ހުންނެވި އެކަމަކު މިދިއަ ތިން އަހަރު ބޭރުގައި އަރުވާލެއްވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ، ބަތަލެއްގެ ދަރަޖާގައި ރާއްޖެ ވަޑައިގެންފަ އެވެ.
ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ވެސް އެއްވެސް ފިޔަވަޅެއް، އެއްވެސް ފަރާތަކުން ނޭޅުމަށެވެ. ނަޝީދުގެ މައްސަލަ މުރާޖައާކުރަން ސުޕްރީމް ކޯޓަށް ފޮނުވީ ޕީޖީގެ ފަރާތުންނެވެ.
މި ދެ ލީޑަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން ނިންމި ނިިންމުން ރިވިއުކުރަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ޖަލު ހުކުމް ފަސްކުރަން އަދި އަމުރެއް ނުނެރެ އެވެ.
އިމްރާންގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައެއްނުގަތް
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
އިމްރާން ވަޒީރުކަން ކުރުމަށް ހުރަސް އެބައޮތް: ފާއިޒް
އިމްރާނާއި އިބޫ ބައްދަލު ކުރައްވައިފި
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު
އިންތިޚާބު މައްސަލައަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ
އިމްރާނަށް އަނިޔާދެނީ ހައްގުންތޯ ޝަހީމް ސާފުކޮށްދެއްވާ
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ޓެރަރިޒަމްގެ ގާނޫނު މާނަ ކުރަނީ ނުބައިކޮށް: އިންތި
"ނުތަނަވަސް ކަމަކީ ބަޔަކު ނުހައްގުން ޖަލުގައި ތިބުން"