ބެއިޖިން، ޗައިނާ (ޖޫން 27) - ޗައިނާ ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެންނަ ނަމަ 100 ޕަސެންޓް ޓެކްސް ދައްކަން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމުމުގެ ސަބަބުން ޗައިނީސް ސުޕަ ލީގުގެ ކްލަބްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
27 ޖޫން 2017
ބެއިޖިން، ޗައިނާ (ޖޫން 27) - ޗައިނާ ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެންނަ ނަމަ 100 ޕަސެންޓް ޓެކްސް ދައްކަން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމުމުގެ ސަބަބުން ޗައިނީސް ސުޕަ ލީގުގެ ކްލަބްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
މި މަހު 19 ވަނަ ދުވަހު ޗައިނާ ޓްރާންސްފާ މާކެޓް ހުޅުވިފައިވާއިރު މިހާތަނަށް އަގުބޮޑުކޮށް އެއްވެސް ޓީމަކަށް ބޮޑު ކުޅުންތެރިއަކު ސޮއެއް ނުކުރެ އެވެ. ސަބަބަކީ މިދިޔަ މަހު 25 ވަނަ ދުވަހު ޗައިނާ އެފްއޭ އިން ހެދި ގަވާއިދުގައިވާ ގޮތުން ބިދޭސީ ކުޅުންތެރިއެއް ގަންނަން ކްލަބަކުން ދައްކާ ޓްރާންސްފާ ފީ، އެ ގައުމުގެ އެފްއޭ އަށް ވެސް ދައްކަން ޖެހުމެވެ.
މި ބަދަލުގެ ސަބަބުން، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗައިނާ ކްލަބްތަކުން ބޮޑު ބިޑްތަކެއް ކުރާނެ ކަމަށް ބެލެވިފައިވާ ޖޯން ޓެރީ އާއި ވޭން ރޫނީ އަދި ޑިއޭގޯ ކޮސްޓާ އަަންނަ އަހަރު ޗައިނީސް ސުޕަ ލީގުން ފެނުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ.
ޗައިނާ އެފްއޭ އިން ނިންމާފައިވަނީ މިގޮތަށް ލިބޭ ފައިސާ އެ ގައުމުގެ ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމެންޓަށް ހިންގޭ ޕްރޮގްރާމްތަކަށް ބޭނުން ކުރުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޗައިނީސް ސުޕަ ލީގުގައި ހިމެނޭ ގިނަ ކްލަބްތަކުން މި އަދަދަށް ޓެކްސް ނެގުމާ ދެކޮޅެވެ. އެ ޓީމުތަކުން ބުނަނީ މީގެ ކުރިން ޓެކްސް ނަގަމުން އައި މިންވަރު ކަމަށްވާ 50 ޕަސެންޓުން ވެސް އެކަށީގެންވާ ވަރުގެ ބޮޑު ފައިދާއެއް ޗައިނާ އެފްއޭ އަށް ކުރާނެ ކަމަށެވެ.
"މިއީ ހަގީގަތުގައި ޗައިނާގެ ފުޓްބޯޅަ މިހާރު އޮތް ހިސާބުން ފަހަތަށް ދާނެ ނިންމުމެއް. ބޭނުންވަނީ ފިޔަވަޅެއް ކުރިއަށް ގެންދަން އެކަމަކު އިތުރު ކުޅުންތެރިން ބޮޑު އަގުގައި މިހާރު ސޮއިކުރުވަން ކްލަބްތަކުން ޖެހިލުންވޭ. އެއީ ކުރާ ހަރަދު ދެ ފަހަރު ދައްކަން ޖެހޭތީ. މިސާލަކަށް 50 މިލިއަން ޕައުންޑަށް ކުޅުންތެރިއަކު ގަންނަ ނަމަ އިތުރު 50 މިލިއަން ބޭނުން އެބަވޭ،" ސުޕަ ލީގުގައި ވާދަކުރާ ކްލަބެއްގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާއެއް ކަމަށްވާ ސީޕީއީސީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ފާއިތުވި ތިން އަހަރަށް ބަލާއިރު ސުޕަ ލީގުގެ ކްލަބްތަކުން ވަނީ ކުޅުންތެރިން ގަންނަން ފަސް ބިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ޗައިނީސް ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު ބްރެޒިލްގެ ހަލްކާއި އޮސްކާ އަދި ޕައުލީނިއޯ އަދި އާޖެންޓީނާގެ އެޒެކުއެލް ލަވޭޒީ އަދި ކާލޯސް ޓެވޭޒް ހިމެނެ އެވެ. މީގެ ތެރެއިން ޓެވޭޒް އާއި ހަލްކަށް ހަފްތާ އަކު މުސާރައިގެ ގޮތުގައި 650،000 ޕައުންޑް ލިބެ އެވެ.
ޗައިނާގައި ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރަނީ
އޮސްޓްރޭލިއާ އަތުން ބަލިވީ އާދައިގެ ގޯސްތަކެއް ހެދިގެން
ކޮލިފައިންގައި ޗައިނާ އަތުން ރާއްޖެ ބަލިވެއްޖެ
ޔުނައިޓެޑް ދޫކޮށް އިގާލޯ އެނބުރި ޗައިނާ އަށް؟
ޗައިނީސް ސުޕަ ލީގު ޖޫންގައި ފަށަނީ؟
ޗައިނާގައި ބިދޭސީ ކުޅުންތެރިން ކަރަންޓީނު ކުރަނީ
ވައިރަހުގެ ސަބަބުން އާނައުޓޮވިޗް ޗައިނާގައި ތާށިވެފައި
ޗައިނާ ލީގަށް މަލާމާތެއް ނުކުރަން: ޔާޔާ ޓޫރޭ
ބޭލްގެ އަގުބޮޑު ޗައިނާ ޑީލް ރެއާލުން ހުއްޓުވައިފި
ހަފްތާ އަކު އެއް މިލިއަން ޕައުންޑަށް ބޭލް ޗައިނާ އަށް