މީގެ ދެ އަހަރު ކުރިން ޗައިނީސް ސުޕަ ލީގާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކަކީ އެ ގައުމުގެ ފުޓްބޯޅަ އަށް މަލާމަތްކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ނޫން ކަމަށް މިހާރު ޗައިނާގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަަމަށްވާ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
12 އޯގަސްޓް 2019
މީގެ ދެ އަހަރު ކުރިން ޗައިނީސް ސުޕަ ލީގާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކަކީ އެ ގައުމުގެ ފުޓްބޯޅަ އަށް މަލާމަތްކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ނޫން ކަމަށް މިހާރު ޗައިނާގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަަމަށްވާ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
މިދިޔަ މެއި މަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި އުމުރުން 35 އަހަރުގެ ޔާޔާ ޓޫރޭ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އޭރު އޭނާ ބުނީ ރިޓަޔާކުރަން ނިންމީ ކޯޗިންގެ ތެރެއަށް ވަނުމަށް ކަމަށާއި އެކަމަކު ފަހުން ވިސްނުނީ އޭނާ އަށް އަދި ދެ އަހަރުވަރު ފުޓްބޯޅަ ކުޅެވިދާނެކަން ކަމަށެވެ.
ޗައިނީސް ސުޕަ ލީގުގެ ކްލަބްތަކުން މީގެ ދެ އަހަރު ކުރިން ޔާޔާ ޓޫރޭ ގަންނަން ހުށަހެޅުމުން އޭނާ ބުނީ ފައިސާގެ ބޭނުމުގައި ޔޫރަޕް ދޫކޮށް ދަށް ލެވެލެއްގެ ފުޓްބޯޅައަކަށް އޭނާ ނުދާނެ ކަމަށެވެ. އެކަމަކު ދާދި ފަހުން ޔާޔާ ޓޫރޭ ބުނީ އޭނާ ދެއްކި ވާހަކަ ގިނަ ބަޔަކަށް ވިސްނުނީ ގޯސްކޮށް ކަމަށެވެ.
"އަހަރެން ދެއްކި ވާހަކަ މީހުން ނެގީ ވަރަށް ގޯސްކޮށް. އަހަރެން ބުނީ އެ ދުވަސް ވަރު އަހަރެންގެ ވިސްނުންހުރީ ޔޫރަޕްގެ ފުޓްބޯޅައިގައި ދެމިހުންނަށް. އެ ވަގުތުގެ ހާލަތު އެއީ. ހަގީގަތަކީ އަހަރެން ޗައިނާގެ ފުޓްބޯޅަ އަށް މަލާމާތެއް ކުރީއެއް ނޫން،" ކުރިން އާސެނަލް ޔޫތު ޓީމަށް ކުޅުމަށް ފަހު ބާސެލޯނާ އާއި މެންޗެސްޓާ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދި ޔާޔާ ޓޫރޭ ބުންޏެވެ.
ޗައިނާގެ ދެ ވަނަ ޑިވިޝަނުގައި 16 ޓީމު ވާދަކުރާއިރު، ޔާޔާ ޓޫރޭ ހުރީ ގިންޑާއޯ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމެވެ. އަދި އެކަން ކުރާއިރު ޗައިނާ ފުޓްބޯޅައިގެ ތާރީހުގައި އޭނާގެ ނަން ވެސް ހިމެނޭނެ ފަދަ ކަމެއް ކުރަން ބޭނުންވާ ކަމަށެވެ.
"ޗައިނާގެ ފުޓްބޯޅަ ތާރީހުގައި ލިޔެވޭފަދަ ކާމިޔާބެއް ހޯދަން ބޭނުން. އެއީ މި ގައުމަކީ މުސްތަގުބަލުގައި ފުޓްބޯޅައިގެ ބޮޑު ތާރީހެއް އޮންނަ ގައުމެއްކަމަށް އަހަރެން ގަބޫލުކުރަނީ،" ހަފްތާ އަކު 300،000 ޑޮލަރުގެ މުސާރައެއްގައި ގިންޑާއޯ އަށް ކުޅެމުން އަންނަ ޔާޔާ ޓޫރޭ ބުންޏެވެ.
އޮލިމްޕިއާކޯސް އާއި މޮނާކޯ އަށް ކުޅުމަށް ފަހު ޔާޔާ ޓޫރޭ ބާސެލޯނާއާ ގުޅުނީ 2007 ވަނަ އަހަރު އެވެ. އެ ޓީމަށް 2010 ވަނަ އަހަރާ ހަމައަށް ކުޅެދިނުމަށް ފަހު އޭނާ ދެން ފެނުނީ ސިޓީންނެވެ. މިދިޔަ އަހަރު ސިޓީ ދޫކޮށް އަލުން އޮލިމްޕިއާކޯސް އަށް ބަދަލުވި ނަމަވެސް އެކަމަކު މެޗެއް ނުކުޅެ ދިމާވި މައްސަލައެއްގައި އޭނާގެ ކޮންޓްރެކްޓް ކެންސަލްކުރި އެވެ. އޭގެ ފަހުން އޭނާ ގިންޑާއޯ ގުޅުނީ ޔޫރަޕްގެ ބައެއް ކްލަބްތަކުގެ ހުށަހެޅުމަށް ފުރަގަސްދީފަ އެވެ.
ޗައިނާގައި ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރަނީ
ޔުނައިޓެޑް ދޫކޮށް އިގާލޯ އެނބުރި ޗައިނާ އަށް؟
އައިވަރީ ކޯސްޓް ފުޓްބޯޅައިގެ ރައީސަކަށް ޑްރޮގްބާ ގެންނަން ޔާޔާ ޓޫރޭގެ ތާއީދު
ޗައިނީސް ސުޕަ ލީގު ޖޫންގައި ފަށަނީ؟
ޗައިނާގައި ބިދޭސީ ކުޅުންތެރިން ކަރަންޓީނު ކުރަނީ
ވައިރަހުގެ ސަބަބުން އާނައުޓޮވިޗް ޗައިނާގައި ތާށިވެފައި
އެފްއޭއެމްގެ ދައުވަތަކަށް ޔާޔާ ޓޫރޭ ރާއްޖެ އަށް
ޔާޔާ ޓޫރޭގެ މައްސަލައެއް ފީފާގެ ސަމާލުކަމަށް
ބޭލްގެ އަގުބޮޑު ޗައިނާ ޑީލް ރެއާލުން ހުއްޓުވައިފި
ހަފްތާ އަކު އެއް މިލިއަން ޕައުންޑަށް ބޭލް ޗައިނާ އަށް