މެޑްރިޑް (ޖުލައި 27) - މުސާރައިގެ ގޮތުގައި ހަފްތާ އަކު އެއް މިލިއަން ޕައުންޑް ލިބޭ ގޮތަށް ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގަރެތު ބޭލް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބަދަލުވުމާ ގާތުގައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
27 ޖުލައި 2019
މެޑްރިޑް (ޖުލައި 27) - މުސާރައިގެ ގޮތުގައި ހަފްތާ އަކު އެއް މިލިއަން ޕައުންޑް ލިބޭ ގޮތަށް ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގަރެތު ބޭލް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބަދަލުވުމާ ގާތުގައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެެއާލުގެ ކޯޗު ޒިނެދިން ޒިދާންއާ މައްސަލަ ގޯސްވެފައިވާ ބޭލް އެ ޓީމު ދޫކޮށްލާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ދާދި ފަހުން ޒިދާން ވަނީ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ނޭރުވީ އޭނާ ކްލަބް ދޫކޮށްލަން ނިންމާފައިވާތީ ކަމަށް ބުނެފަ އެވެ. އަދި އެއީ ރެެއާލުގެ އެންމެނަށް އެންމެ ރަނގަޅު ގޮތްކަމުގައި ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ވަނީ ޒިދާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ޒިދާންގެ ފަރާތުން ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ޒިދާން ބުނީ ބޭލް ވެސް ބޭނުންވީ އެ މެޗުގައި ނުކުޅެން ކަމަށެވެ.
ޗައިނާގެ ސުޕަ ލީގުގެ ޖިއަންސޫ އަށް އުމުރުން 30 އަހަރުގެ ބޭލް ސޮއިކުރާނީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބޭލް އަށް ހަފްތާ އަކު އެއް މިލިއަން ޕައުންޑުގެ މުސާރައެއް ދޭނީ ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ އެވެ.
ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭލް ހޯދަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން ވެސް މަސައްކަތްކުރި އެވެ.
ޕްރީ ސީޒަން މެޗެއްގައި ރޭ އެތުލެޓިކޯ މެޑްރިޑުން 7-3 އިން ރެއާލް ބަލިކުރި މެޗުގައި ބޭލް ވަނީ ދެ ވަނަ ހާފުގައި ކުޅެން އަރައިފަ އެވެ.
މީގެ ކުރިން އާސެނަލްގެ ތަރި މެސުތު އޮޒިލް އަށް ވެސް ވަނީ ޗައިނާގެ ކްލަބަކުން ހަފުތާ އަކު އެއް މިލިއަން ޑޮލަރުގެ މުސާރައެއް ހުށަހަޅައިފަ އެވެ. އެކަމަކު އޮޒިލްގެ ވިސްނުން އޭރު ހުރީ ޔޫރަޕްގައި ކުޅޭށެވެ.
ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ބާސެލޯނާ އިން ވަނީ އެ ޓީމުގެ ފިލިއްޕޭ ކުޓީނިއޯ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލާނެ އަގެއް ކަނޑައަޅައިފަ އެވެ. އެ ގޮތުން ޕްރިމިއާ ލީގުގެ ކްލަބަކަށް ކުޓީނިއޯ ދޫކޮށްލާނީ 112 މިލިއަން ޑޮލަރަށެވެ. ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދަން މަސައްކަތް ފަށާފައިވާއިރު، އެ ޑީލުގެ ތެރެއިން ޔުނައިޓެޑަށް އާޖެންޓީނާގެ ވިންގް ޕައޮލޯ ޑިބާލާ ވެސް ދޫކޮށްލަން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޭލްގެ އަގުބޮޑު ޗައިނާ ޑީލް ރެއާލުން ހުއްޓުވައިފި
ހަ މަހަށް ފަހު ބޭލްގެ ފުރަތަމަ ފެނިލުން އެއްވަރު
ބޭލް ކްލަބު ފުޓްބޯޅަ އިން ރިޓަޔާ ކުރަނީ
ބޭލްއާ މެދު ގޮތެއް ނިންމާނީ ރެއާލުން: މޮރީނިއޯ
"ރެއާލުން ބޭލް އަށް އިހުތިރާމެއް ނުކުރޭ"
ޓޮޓެންހަމާ އެކު ބޭލްގެ އަމާޒު ތަށި ހޯދުން
ތިއާގޯ ލިވަޕޫލަށް، ބޭލް އެނބުރި ޓޮޓެންހަމް އަށް
ބޭލް އަށް ރެއާލް ސްކޮޑުން ޖާގައެއް ނެތް
ބޭލް އަށް ރެކޯޑް މުސާރައެއް ދޭން ޓޮޓެންހަމް ދެކޮޅު
ދިދަ މައްސަލައިގައި ޒިދާން ވާހަކަ ނުދެއްކި