Roadha Mihaaru

ކޮސްޓާ ބަދަލުގައި ޗެލްސީން ލެވަންޑޯސްކީ ގެންނަނީ

ލަންޑަން (ޖޫން 21) - ޗެލްސީން ފޯވާޑް ޑިއެގޯ ކޮސްޓާ ދޫކޮށްލަން ނިންމާފައިވާއިރު އޭނާގެ ބަދަލުގައި ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގެންނަން އެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮސްޓާ ބަދަލުގައި ޗެލްސީން ލެވަންޑޯސްކީ ގެންނަނީ
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

21 ޖޫން 2017

ލަންޑަން (ޖޫން 21) - ޗެލްސީން ފޯވާޑް ޑިއެގޯ ކޮސްޓާ ދޫކޮށްލަން ނިންމާފައިވާއިރު އޭނާގެ ބަދަލުގައި ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގެންނަން އެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އަންނަ ސީޒަނުގައި އޭނާގެ ޕްލޭނުގައި ކޮސްޓާ ނުހިމެނޭ ކަމަށް ބުނެފަ އެވެ. ކޮސްޓާ ބުނީ ޗެލްސީ ދޫކޮށްލައިފިނަމަ އޭނާ ފެނުން އެންމެ ގާތީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ ޖެނުއަރީ މަހުގެ ކުރިން ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން އެތުލެޓިކޯ އަށް އަދަބުދީފައިވީ ނަމަވެސް އެ ޓީމުން މިހާރު ވަނީ 50 މިލިއަން ޕައުންޑަށް ކޮސްޓާ ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ކޮސްޓާ ގަތުމަށް ފަހު އެތުލެޓިކޯގެ ވިސްނުންހުރީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކޮސްޓާ އެހެން ޓީމަކަށް ދޫކޮށްލުމަށެވެ.

ކޮސްޓާ ވިއްކާލުމަށް ފަހު ޗެލްސީން ބޭނުންވަނީ ބޮޑު އަގުގައި ޕޮލެންޑްގެ ފޯވާޑް ލެވަންޑޯސްކީ ގެނައުމަށެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި ލެވަންޑޯސްކީއާ ވަނީ މައްސަލަ ޖެހިފަ އެވެ. އަދި އެކަމަށް އަލިމަގެއް އަދި ފެނިފައިނުވާއިރު ލެވަންޑޯސްކީ ދާދި ފަހުން ވަނީ ބަޔާނުން އޭނާއާ މެދު ކަންތައް ކުރަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ބުނެފަ އެވެ.

ޗެލްސީން މީގެ ކުރިން މަސައްކަތް ކުރީ ރެއާލްގެ ފޯވާޑް އަލްވާރޯ މޮރާޓާ ގެނައުމަށެވެ. އެހެން ނަމަވެސް ރެއާލުން އަންނަނީ މޮރާޓާ ވިއްކާލުމަށް ދެކޮޅު ހަދަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މޮރާޓާ ގެނައުމުގެ ވިސްނުން މިހާރު ޗެލްސީން ވަނީ ދޫކޮށްލައިފަ އެވެ. އަދި ޗެލްސީން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލެވަންޑޯސްކީ އަށް ބިޑްކުރާނެ ކަމަށް ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރެ އެވެ.

މީގެ އިތުރުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީން އަންނަނީ ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ އާއި ލިއޮނާޑޯ ބޮނުޗީ، ނަޕޯލީގެ ކަލިދޫ ކުލިބަލީ އަދި ލެސްޓާ ސިޓީގެ ރިޔާދު މާރޭޒަށް ފާރަލަމުންނެވެ.