13 ޖޫން 2022
މިޔުނިކް (ޖޫން 13) - ބަޔާން މިޔުނިކަށް ބަހުގެ ހަމަލާތައް ދެމުން ގެންދިޔަ، ސްޓާ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް، އެކަން ހުއްޓާލުމަށް އެ ކްލަބުން އަންގައިފި އެވެ.
މިޔުނިކް (ޖޫން 13) - ބަޔާން މިޔުނިކަށް ބަހުގެ ހަމަލާތައް ދެމުން ގެންދިޔަ، ސްޓާ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް، އެކަން ހުއްޓާލުމަށް އެ ކްލަބުން އަންގައިފި އެވެ.
މިދިޔަ މަހު، ލެވަންޑޯސްކީ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ ބަޔާން އާ މެދު ހިތްހަމަނުޖެހޭކަން މީޑިއާގައި ހާމަކޮށްފަ އެވެ. އޭނާ ދޫކޮށްލަން ބަޔާނުން ބޭނުމެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަޔާން އާއި ލެވަންޑޯސްކީއާ މިހާރު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
އެ ކަލްބަށް ބަހުގެ ހަމަލާތައް ރައްދު ނުކުރުމަށް، ލެވަންޑޯސްކީ އަށް އިލްތިމާސް ކުރީ ބަޔާންގެ ސްޕޯޓިން ޑައިރެކްޓާ، ބޮސްނިއާގެ ހަސަން ސަލިހަމްޒިޗް ފޯނުން ކުރި މަޝްވަރާތަކުގަ އެވެ.
ޖަރުމަންގެ ބިލްޑް ނޫހަށް ދިން އިންޓަވިއުގައި ސަލިހަމްޒިޗްބުނީ ލެވަންޑޯސްކީގެ ކަންކަން ހަމަޖެހިގެން އަންނާނެ ކަމަށެވެ. އޭނާ ބުނީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ލެވަންޑޯސްކީއާ އެކު ކޮންޓްރެކްޓް އޮތުމުން އޭނާ ދޫކޮށްލަން އެ ކްލަބުން ބޭނުން ނުވާ ކަމށެވެ.
"އަހަރެމެންނަށް އެނގޭ މި ކްލަބާއެކު އޭނާގެ ހުރި ކަންކަން އަދި އޭނާ އަށް އެނގޭ މިތަނުގައި ހުރި ކަންކަން،" ކުރިން ބަޔާން އަށް ކުޅުނު ސަލިހަމްޒިޗް ބުންޏެވެ.
"އަހަރެމެން ވާހަކަ ދެއްކީ އޭނާ ޕަބްލިކުގައި ދެއްކި ވާހަކަތަކާ ބެހޭގޮތުން އަހަރެމެން ކްލަބުންނާއި އޭނާ ވެސް އެކަން ހުއްޓާލަން ޖެހޭ ވާހަކަ."
ލެވަންޑޯސްކީ އޭރު ދެއްކި ވާހަކަތަކާ ގުޅިގެން ބަޔާންގެ ސީއީއޯ އޮލިވާ ކާން ވަނީ މީގެ ކުރިން އޭނާ އަށް ނުސީދާކޮށް ރައްދު ދީފަ އެވެ.
ލެވަންޑޯސްކީ، ބަޔާން ދޫކޮށްލަން މަސައްކަތް ކުރަނީ، އަންނަ ސީޒަންގައި ބާސެލޯނާ އަށް ބަދަލުވުމަށް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ލެވަންޑޯސްކީ އާ ބެހޭގޮތުން ވާހަކަ ދައްކަން ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ބޭނުމެއް ނުވެ އެވެ.
"އަހަރެމެން ބޭނުމެއް ނޫން އޭނާ [ލެވަންޑޯސްކީ] އާ ބެހޭގޮތުން ވާހަކަ ދައްކާކަށް. ސަބަބަކީ އޭރުން ބަޔާން އަށް ކުރެވޭ ބޭއިހްތިރާމަކަށް އެކަން ވާނެ،" ލަޕޯޓާ ވިދާޅުވި އެވެ.
ބަޔާނުން އަހަންނާ ބެހޭގޮތުން ހެދީ ދޮގު: ލެވަންޑޯސްކީ
ލެވަންޑޯސްކީ ހިތްހަމަނުޖެހެނީ ނާގެލްސްމަންއާ ހެދި
މުލާގެ ޒަމާންވީ ރެކޯޑް ލެވަންޑޮވްސްކީ މުގުރާލައިފި
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ބެލޮންޑިއޯ ހަތަރު އަހަރުފަހުން ލިބުނަސް ދެރައެއް ނުވާނެ
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި