Roadha Mihaaru
މުލާގެ ޒަމާންވީ ރެކޯޑް ލެވަންޑޮވްސްކީ މުގުރާލައިފި

މުލާގެ ޒަމާންވީ ރެކޯޑް ލެވަންޑޮވްސްކީ މުގުރާލައިފި

23 މެއި 2021

މިއުނިކް (22 މެއި) - ޖަރުމަން ލީގު ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ބަޔާން މިއުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ މުގުރާލައިފި އެވެ.

މިއުނިކް (22 މެއި) - ޖަރުމަން ލީގު ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ބަޔާން މިއުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ މުގުރާލައިފި އެވެ.

ޖަރުމަން ލީގުގެ 1971 / 1972 ވަނަ އަހަރުގެ ސީޒަންގައި ޖަރުމަންގެ ލެޖެންޑް ގާޑް މުލާ 40 ލަނޑު ޖަހައި، ހެދި ރެކޯޑާ ލެވަންޑޮވްސްކީ ވަނީ މިދިޔަ ހަފުތާގައި އެއްވަރުކޮށްފަ އެވެ. އަދި ޖަރުމަން ލީގުގައި ރޭ އޮގްސްބާގް އަތުން ބަޔާން މޮޅުވި މެޗުގައި ލަނޑު ޖަހައި، ލެވެންޑޮވްސްކީ ވަނީ މި ސީޒަންގެ ޖަރުމަން ލީގުގައި 41 ލަނޑު ހަމަކޮށް، މުލާގެ 49 އަހަރުވީ ރެކޯޑް މުގުރާލައިފަ އެވެ.

ޖަރުމަން ލީގުގައި ބަޔާން މި ސީޒަންގައި ކުޅުނު ފަހު މެޗުގައި ރޭ އޮގްސްބާގް އަތުން 5-2 އިން މޮޅުވިއިރު، ލެވަންޑޮވްސްކީ އަށް މި މެޗުގައި ލަނޑެއް ކާމިޔާބުކުރެވުނީ މެޗުގެ 90 ވަނަ މިނިޓުގަ އެވެ.

ރޭގެ މެޗަށް ފަހު ބަޔާނަށް ވަނީ ލީގުގެ އައްޑަނަ ހަވާލުކޮށްފަ އެވެ.

މިއީ ބަޔާންގެ ކޯޗު ހާންސީ ފްލިކްގެ ވަދާއީ މެޗެވެ. ފްލިކް ބަޔާންގެ ކޯޗުކަމުން ވަކިވިއިރު، ބަޔާނަށް 18 މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ ހަތް ތަށި ކާމިޔާބުކޮށްދީފަ އެވެ. ކުރިއަށް އޮތް ސީޒަންގައި ބަޔާންގެ ކޯޗުކަމާ ހަވާލުވާނީ އާރްބީ ލައިޕްޒިގްގެ ކޯޗަކަށް ހުރީ ޖޫލިއަން ނަގެލްސްމަން އެވެ.

މީގެ އިތުރުން، މިއީ ބަޔާންގެ ތަޖުރިބާކާރު ތިން ޑިފެންޑަރުން ކަމަށްވާ ހަވީ މާޓިނޭޒާއި ޖެރޯމް ބޮއަޓެންގް އަދި ޑޭވިޑް އަލަބާ އެ ޓީމަށް ކުޅުނު ފަހު މެޗެވެ. މި ސީޒަންގެ ނިޔަލަށް މި ތިން ކުޅުންތެރިންގެ ކޮންޓުރެކްޓް ވެސް ހަމަވާނެ އެވެ. -- ބީބީސީ