މިއުނިކް (އޭޕްރީލް 1) - އިނގިރޭސި ކްލަބް ޗެލްސީ އިން މި ސީޒަން ގައި އެޓީމުގެ ކޯޗަކަށް ހުރި ޖަރުމަންގެ ތޯމަސް ޓުޗެލް މަގާމުން ވަކިކުރީ ތިން މިނިޓުގެ ބައްދަލުވުމަކުން ކަމަށް އޭނާ ބުނެފި އެވެ.
01 އެޕްރީލް 2023
މިއުނިކް (އޭޕްރީލް 1) - އިނގިރޭސި ކްލަބް ޗެލްސީ އިން މި ސީޒަން ގައި އެޓީމުގެ ކޯޗަކަށް ހުރި ޖަރުމަންގެ ތޯމަސް ޓުޗެލް މަގާމުން ވަކިކުރީ ތިން މިނިޓުގެ ބައްދަލުވުމަކުން ކަމަށް އޭނާ ބުނެފި އެވެ.
ޓުޗެލް ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވެ، އެޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕްގެ އިތުރުން ކްލަބް ވޯލްޑް ކަޕް ހޯދައިދީފަ އެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ލީގް ކަޕް ފައިނަލަށް ވެސް ގެންގޮސްދީފައިވެ އެވެ.
ޗެލްސީގެ ކުރީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކްލަބަށް ކުރިމަތިވި އެންމެ އުނދަގޫ ވަގުތުގައި ޓުޗެލް ވަނީ ކްލަބަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީ ސަޕޯޓަރުންގެ ފުރިހަމަ ލޯބި ހޯދައިފަ އެވެ. ނަމަވެސް ޓޮޑް ބޯލީގެ އޯނާޝިޕަށް 100 ދުވަސް ފުރުމާ އެކު ކްލަބުން އޭނާ ބޭރު ކޮށްލީ އެވެ. އަދި އެކަމާ އަދިވެސް އަސަރު ކުރާ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
"އަހަރެންނަށް އިހުސާސް ކުރެވުނު ޓްރޭނިން ސެންޓަރާ ދިމާއަށް ދިޔަ އިރު ވެސް. އާދަޔާ ހިލާފު މީޓިން އެއް، އަނެއްކާ ވަރަށް ކުރުކޮށް ނިމުނީ ވެސް. އޭރު ގާތްގަނޑަކަށް 8 ޖަހާނީ ހެނދުނު. މީޓިން ކުރިއަށް ދިޔައީ 3 ނޫނީ ފަސް މިނިޓަށް. އަހަރެން ވެސް ހުރީ މާ ގިނައިރު ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫން،" މި ސީޒަންގެ ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ޑީނަމޯ ޒަގްރެބް އަތުން 1-0 އިން ބަލިވުމާ އެކު އޭނާ ޗެލްސީގެ ކޯޗުކަމުން ވަކިކުރި ދުވަހާ ގުޅޭގޮތުން ޓުޗެލް ބުންޏެވެ.
"ހަގީގަތުގައި މާ ކުރިން ނިންމުން އޮތީ ނިންމާފައި. އަހަރެމެން އެންމެންނަށް ވެސް ލިބުނީ ޝޮކެއް. އަހަރެމެންނަށް ހީކުރެވުނީ ރަނގަޅު ވަގުތުގައި ޓީމު އަދި އޮތީ އަދި ރަނގަޅަށޭ. އަހަރެން ބޭނުންވި ޗެލްސީގައި ދިގު މުއްދަތަކަށް ހުންނަން، މަޑުކުރިނަމަ ރަނގަޅު ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އޮތް."
ޓުޗެލް ބުނީ، ކޮވިޑާއި ބްރެގްޒިޓް އަދި އޯނާޝިޕް ބަދަލުވި ދުވަސްވަރު ވެސް ޓީމު އޮތީ އެކުގައި ވަރުގަދަކޮށް ކަމަށާއި ނަމަވެސް ކްލަބުން އޭނާ ދޫކޮށްލީ އޭނާ ބޭނުންވެގެން ނޫން ކަމަށާއި، އޭނާއަށް ކުރެވުނީ އާއިލާއަކުން ބާކީ ކޮށްލި ފަދަ އިހުސާސެއް ކަމަށެވެ. ޗެލްސީ ދޫކޮށްލަން ޖެހުނަސް ކުޅުންތެރިންނާ އަދިވެސް ގާތް ގުޅުމެއް އޮންނަ ކަމަށް ޓުޗެލް ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، ޗެލްސީ އިން ބޭރު ކޮށްލުމުން ކޯޗިން އާ ދުރުގައި ހުރި ޓުޗެލް މިހާރު މިވަނީ ޖަރުމަންގެ ގަދަ ބާރު ބެޔާން މިއުނިކާ ހަވާލު ވެފަ އެވެ. އޭނާގެ ފުރަތަމަ މެޗުގައި މިރޭ ބެޔާން ގޮވައިގެން ނުކުންނާނީ އޭނާ ކުރިން ކޯޗު ކޮށްދިން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.
ޑޯޓްމަންޑްގެ މައްޗަށް މިރޭ ކުރި ހޯދިއްޖެ ނަމަ ބެޔާނަށް އަލުން ލީގުގެ އެއް ވަނައަށް ޖެހިލެވޭނެ އެވެ. މިވަގުތު ޑޯޓްމަންޑްގެ ފަހަތުން ތާވަލްގެ ދެވަނައިގައި ބެޔާން އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ރާއްޖެ ގަޑިން މިރޭ 9:30 ގައި މެޗް ފަށާއިރު، ހަމަ އެވަގުތު ޗެލްސީ ވެސް މެޗެއް ކުޅޭނެ އެވެ.
އިނގިރޭސި ލީގުގައި ޗެލްސީ ނުކުންނާނީ އެޓީމާ އެއްވަރަށް ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާއާ ދެކޮޅަށެވެ. ޓުޗެލް ވަކިކޮށް ބްރައިޓަން ގައި ހުރި ކޯޗު ގްރަހަމް ޕޮޓާ ގެނެސް، ޗެލްސީ މިވަގުތު އޮތީ ލީގުގެ 10 ވަނައިގަ އެވެ.
ބްރެޒިލްގެ ފްލެމިންގޯ އިން ޗެލްސީ ބަލިކޮށްފި
ބެޔާން ގޮވައިގެން ޓުޗެލް އުހަށް، ޗެލްސީ ވެއްޓިއްޖެ
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ވާނާ ބަޔާނަށް ގެންދަން ނާގެލްސްމަން ބޭނުން
ކުއާޓާގެ ފަހު ޖާގަތައް ޗެލްސީ އާއި ބަޔާން އަށް
ޖިރޫޑްގެ މޮޅު ގޯލުން ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް
ޗެލްސީން ނޯޔާ ގެންނަން މަޝްވަރާތައް ފަށައިފި
ޗެލްސީ ބަލިކޮށް ބަޔާން ކުއާޓާއާ ގާތަށް
ކޮސްޓާ ބަދަލުގައި ޗެލްސީން ލެވަންޑޯސްކީ ގެންނަނީ