02 އެޕްރީލް 2023
މިއުނިކް (އޭޕްރީލް 2) - ތޯމަސް ޓުޗެލްގެ ކޯޗު ކަމުގައި ބެޔާން މިއުނިިކް ކުޅުނު ފުރަތަމަ މެޗުން ބޮރޫޝިއާ ޑޯޓްމަންޑް 4-2 އިން ބަލިކޮށް ޖަރުމަން ލީގުގެ އެއް ވަނައަށް ޖެހިލިއިރު، ޓީމު ވަރުގަދަކުރުމުގެ ނިޔަތުގައި އޭނާ ވަކިކުރި، ޗެލްސީން، އެސްޓަން ވިލާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެވެ އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައަށް ވެއްޓިއްޖެ އެވެ.
މިއުނިކް (އޭޕްރީލް 2) - ތޯމަސް ޓުޗެލްގެ ކޯޗު ކަމުގައި ބެޔާން މިއުނިިކް ކުޅުނު ފުރަތަމަ މެޗުން ބޮރޫޝިއާ ޑޯޓްމަންޑް 4-2 އިން ބަލިކޮށް ޖަރުމަން ލީގުގެ އެއް ވަނައަށް ޖެހިލިއިރު، ޓީމު ވަރުގަދަކުރުމުގެ ނިޔަތުގައި އޭނާ ވަކިކުރި، ޗެލްސީން، އެސްޓަން ވިލާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެވެ އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައަށް ވެއްޓިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޗެލްސީން ޓުޗެލް ވަކިކުރުމަށް ފަހު ގެނައި ގްރަހަމް ޕޮޓާއާ އެކު އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ނުނެރެވެ އެވެ. ޓުޗެލް އޭގެ ފަހުން ވަޒީފާއެއް ނެތި ހުރެފައި، ބަޔާންއާ ހަވާލުވީ، ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުން ކޯޗު ހޫލިއަން ނާގަލްސްމަން ވަކިކުރުމުންނެވެ. ބެޔާންގެ ބޭނުމަކަށްވީ، ޑޯޓްމަންޑްގެ ފަހަތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ލީގު ކާމިޔާބުކުރުމެވެ.
މިރޭގެ މެޗުގައި ބެޔާން އަށް ލީޑު ލިބުނީ ޑޯޓްމަންޑުގެ ކީޕަރު ގްރޭގޯ ކޯބެލް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފަސް މިނިޓް ފަހުން ތޯމަސް މުލާ ލީޑް ފުޅާ ކޮށްދިން އިރު، އޭގެ ފަސް މިނިޓު ފަހުން ތިން ވަނަ ގޯލު ވެސް ޖަހައިދިނީ ވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުލާ އެވެ.
މުލާ، މެޗުގައި އޭނާގެ ދެވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ބެޔާންގެ ހަތަރު ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި ޖަހައިދިނީ ކިންގްސްލީ ކޯމަން އެވެ. ޑޯޓްމަންޑުގެ ފުރަތަމަ ލަނޑު 72 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ކާމިޔާބު ކުރީ އެމެރޭ ޗޭން އެވެ. އަދި 90 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ ޑޮންޔެލް މޭލެން އެވެ.
މި ނަތީޖާއާ އެކު ބެޔާން އިން ލީގު އެއް ވަނައިގައި އޮތް ޑޯޓްމަންޑް ފަހަތަށް ޖައްސާލީ 55 ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑަށް ލިބިފައި ވަނީ 53 ޕޮއިންޓެވެ.
"މިއީ އަހަރެމެން މި މެޗުން ބޭނުންވި ނަތީޖާ،" ޑޯޓްމަންޑަށް ވެސް ކުރިން ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ޓުޗެލް ޗެލްސީ އިން ވަކިކުރިއިރު އެޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ނަމަވެސް ޕޮޓާ އާއެކު ނަތީޖާ ގޯސްވެ، ޗެލްސީ ލީގުގެ 11 ވަނައަށް ވެއްޓުނީ ގިނަ ދުވަސްތަކެއް ވަންދެން 10 ވަނައިގައި އޮތުމަށް ފަހު އެވެ. ޗެލްސީ އަށް 38 ޕޮއިންޓް ލިބިފައި ވާއިރު އުނެއި އެމެރީގެ އެސްޓަން ވިލާ ވަނީ 41 ޕޮއިންޓާ އެކު ނުވަ ވަނައަށް ޖެހިލައިފަ އެވެ.
އެސްޓަން ވިލާގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ވަޓްކިންސް (ވ) އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ
މެޗު ފެށިގެން 18 ވަނަ މިނިޓުގައި އެސްޓަން ވިލާ އަށް ޗެލްސީގެ ގޯލު ހުޅުވާލީ އޮލީ ވަޓަކިންސް އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 56 ވަނަ މިނިޓުގައި ޖަހައިދިނީ ޖޯން މެގިން އެވެ. ލީގުގައި މިހާތަނަށް ޗެލްސީ ކުޅުނު 28 މެޗުގެ ތެރެއިން 10 މެޗުން ބަލި ވެފައި ވާއިރު މޮޅު ވެފައި ވެސް ވަނީ 10 މެޗުންނެވެ.
ޗެލްސީ އަށް ގަދަ ހަތަރެއްގެ ދޮރު މުޅިން ބަންދު ވެފައި ވާއިރު ކުރިއަށް އޮތީ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޗެމްޕިއަންސް ލީގު ކުއާޓާގައި ރެއާލް މެޑްރިޑާ ދެކޮޅަށް މިމަހު ނުކުންނާނެ އެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުގެ ހަމައެކަނި ފުރުސަތު ވެސް ހަނި ވެފައި ވާއިރު ޕޮޓާ އަށް ވަނީ ސަޕޯޓަރުންގެ ޕްރެޝަރު ވަރަށް ބޮޑަށް ކުރިމަތި ވެފަ އެވެ.
މެޗުގެ ބޮޑު ބައި ޗެލްސީ އިން ކޮންޓްރޯލް ކުރި ނަމަވެސް ޗެލްސީ އަށް މައްސަލައަކަށް ވީ ގޯލު ޖެހުމެވެ. އެޓީމުގެ ކުޅުންތެރިން ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވެ އެވެ.
"ހޯމް މެޗެއްގައި ބަލިވުމުން ސަޕޯޓަރުން ދެރަވެ، ރުޅި އަންނާނެ ކަމަށް ގަބޫލު ކުރަން. ލީގުގައި މިހާރު އޮތް މަގާމުގައި އެއްވެސް މީހަކު ހިތްހަމައެއް ނުޖެހޭނެ، ފާޑުކިޔުންތައް ގަބޫލު ކުރަން ޖެހޭނީ،" ޕޮޓާ ބުންޏެވެ.
"މިއީ އަހަރެމެންނަށް ލިބުނު ހިތްދަތި ނަތީޖާއެއް. މިއީ [ކުރިއަށް ދާން] އަހަރެމެންނަށް ކުރިމަތިވި ކުޑަ ގޮންޖެހުމެއް."
ގިނަ ބަޔަކު ދެކޭގޮތުގައި ޓުޗެލް ބޭރު ކުރުމަކީ ޗެލްސީގެ އާ އޯނާޝިޕުން ނިންމި އެންމެ ގޯސް ނިންމުމެވެ. އަދި ބްރައިޓަން އަށް ބޮޑު އަގު ދީފައި ގެނައި ޕޮޓާ ވަކިކުރަން ވެސް ޗެލްސީގެ ގިނަ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.
ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ފުރަތަމަ ހާފުގައި ހަތަރު ގޯލު: ޕާމާ އަށް ރެކޯޑެއް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ