21 ޖޫން 2016
ކްލަބް އީގަލްސްގެ ކުރިއަށް ކުޅެނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި އެ ކުޅުންތެރިންގެ ތަޖުރިބާ ނެތުމުގެ މައްސަލަ ދިމާވާ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
ކްލަބް އީގަލްސްގެ ކުރިއަށް ކުޅެނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި އެ ކުޅުންތެރިންގެ ތަޖުރިބާ ނެތުމުގެ މައްސަލަ ދިމާވާ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ބީޖީ ސްޕޯޓްސްއާ އެއްވަރުވެ، ލީގު އެއް ވަަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފަ އެވެ. ޝާކިއްޓެ ބުނީ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ކުޅެ މަސައްކަތްކުރި ކަމަށާއި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ.
ޔުނައިޓެޑް ވިކްޓަރީއާ އެއްވަރުވެ، 13 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. އީގަލްސް ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން މޮޅުވިނަމަ މާޒިޔާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އީގަލްސް އަށް އޮތެވެ. ނަމަވެސް އެއްވަރުވުމުން ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް އަށް ދެ ވަނަ އަށް އެރުމަށް ވަނީ ފުރުސަތު ލިބިފަ އެވެ. ޓީސީ މިރޭ ކުޅޭނީ ވެލެންސިއާއާ އެވެ.
މިދިޔަ ސީޒަނުގައި އީގަލްސްގެ އެޓޭކްގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އީސާ (މެސީ) އާއި ޔަޝްފާދު ހަބީބު (މުލަކޭ) ކްލަބް ދޫކޮށް ދިއުމުން އީގަލްސްގެ އެޓޭކްގައި މި ސީޒަނުގައި ފެންނަނީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. މި ސީޒަނުގައި އީގަލްސް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗެއް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
"މިރޭ ވެސް އަޅުގަނޑުމެން ކުރިއަށް ކުޅުނު ކުޅުންތެރިންގެ އުމުރަކީ އެވްރެޖްކޮށް ބުނާނަމަ 21. ވަރަށް ޒުވާން ކުޅުންތެރިންތަކެއް ލައިގެން މި ކުޅެނީ. މި ކުޅުންތެރިން ލައިގެން ބޭނުންވަނީ މެޗުތަކެއް. ގިނަ މެޗުތައް ކުޅޭ ވަރަކަށް ކުޅުންތެރިންގެ ފެންވަރު ރަނގަޅުވާނެ،" ޝާކިއްޓެ ބުންޏެވެ.
ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބީޖީ ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެެވެ. ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ލީގުގައި އެ ޓީމުން ކަނޑައެޅި ޓާގެޓަށް ވާސިލްވާން ބޭނުންނަމަ މެޗުތަކުން ނަތީޖާ ނެރުން އަވަސްކުރަން ޖެހިފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން މޮޅަކަށް ވިސްނައިގެން ސީދާ ތިން ޕޮއިންޓަށް ޓާގެޓް ކުރި މެޗެއް އެކަމަކު އެކަން ނުވެ މިދިޔައީ. ބީޖީގެ މި އަހަރުގެ ޓާގެޓަކީ ގަދަ ހަތަރެއް. އެ މަގާމަށް ވާސިލްވާން ބޭނުންނަމަ، ލަނޑު ޖެހުމުގެ ބައި ރަނގަޅު ކޮށްލައިގެން އެބަޖެހޭ މެޗުތަކުން ނަތީޖާ ނެރުން އަވަސްކުރަން. އެއީ މޮޅުނުވެ ދަންޏާ ޕްރެޝަރު އަންނާނެ،" ޝާޒް ބުންޏެވެ.
އޭނާ ބުނީ ދުނިޔޭގެ ބޮޑު ދެ ބައްރުގައި، ބޮޑު ދެ ފުޓްބޯޅަ މުބާރާތް ކުޅެމުންދާ ދަނޑިވަޅެއްގައި ލީގު މެޗުތައް ކުޅެން ޖެހުމުން ރާއްޖޭގެ ލީގަށްދޭ ސަމާލުކަން ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. މިވަގުތު ޔޫރަޕުގައި ޔޫރޯ އަދި އެމެރިކާ ބައްރުގައި ކޮޕަ އެމެރިކާ އަންނަ ކުޅެމުންނެވެ.
އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ
ބީޖީއާ އެއްވަރުވެ އީގަލްސް އަށް އުނދަގޫތަކެއް
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ބީޖީ އަތުން އީގަލްސް މޮޅުވެ، މާޒިޔާގެ ލީޑު ކުޑަވެއްޖެ
ބީޖީއާ އެއްވަރުވެ އީގަލްސް އަށް ފުރުސަތު ގެއްލިއްޖެ
ޗުއްޓީއާ ދިމާވުމުން ޔޫވީއަށް ކުޅުންތެރިންގެ ދަތިކަން
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
މޮޅު ކުޅުންތެރިޔާ ހުއްޓުވުނީ އެންމެ މޮޅު ކީޕަރަށް!
މުހިއްމު ފަސް ކުޅުންތެރިޔަކު އީގަލްސްގައި މަޑުކޮށްފި
"ދެން އޮތީ ތަށި މިލްކުކުރާނެ ޓީމެއް އެކުލަވާލުން"