ފްރާންސްގައި ބޭއްވި 70 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ އެންމެ ޝަރަފުވެރި އެވޯޑް ޕާމް ޑިއޯ ސްވިޑްންގެ ޑައިރެކްޓަރު ރުބެން އޮސްލަންޑްގެ ފިލްމް "ދަ ސްކުއާ" އަށް ލިބިއްޖެ އެވެ.
30 މެއި 2017
ފްރާންސްގައި ބޭއްވި 70 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ އެންމެ ޝަރަފުވެރި އެވޯޑް ޕާމް ޑިއޯ ސްވިޑްންގެ ޑައިރެކްޓަރު ރުބެން އޮސްލަންޑްގެ ފިލްމް "ދަ ސްކުއާ" އަށް ލިބިއްޖެ އެވެ.
އެ ފިލްމް އެ އެވޯޑް އުފުލާލި އިރު، އިތުރު ހަ ކެޓަގަރީއަކުން ނޮމިނޭޓް ވެސް ވި އެވެ.
އޭގެ ތެރޭގައި އެންމެ މޮޅު ބަތަލު، އެންމެ މޮޅު ބަތަލާ، ގްރޯން ޕްރީ، ޖޫރީ ޕްރައިޒް، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ސްކްރީންޕްލޭ ހިމެނެ އެވެ.
ވަރަށް ވާދަވެރިކޮށް އާދީއްތަ ދުވަހު ނިންމާލި ފެސްޓިވަލްގެ އެވޯޑްތައް އުފުލައިލި ފަންނާނުންނަށް ބަލާ އިރު އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ "ޔޫ ވާ ނެވަ ރިއަލީ ހިއާ" އިން ވަކީން ފީނިކްސް އެވެ. އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ "އިން ދަ ފޭޑް" އިން ޑަޔޭން ކްރޫގާ އެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް "ދަ ބިގައިލްޑް" އިން ސޯފިއާ ކޮޕާލޯ އުފުލާލި އިރު، އެންމެ މޮޅު ސްކްރީންޕްލޭ ދެ ފިލްމަކަށް ވަނީ ލިބިފަ އެވެ. އެއީ ޑައިރެކްޓަރު ޔޯގޮސް ލަންތިމޯޒްގެ "ދަ ކިލިން އޮފް އަ ސޭކްރެޑް ޑިއާ" އާއި "ޔޫ ވާ ނެވަ ރިއަލީ ހިއާ" އެވެ.
ކާންސްގެ އެންމެ މޮޅު ކުރު ފިލްމަކަށް ޑައިރެކްޓަރު ކިއު ޔަންގްގެ "އަ ޖެންޓްލް ނައިޓް" ހޮވުނު އިރު، ޖޫރީ ޕްރައިޒް ގެންދިޔައީ "ލަވްލެސް" އެވެ.
ގްރޯން ޕްރީ އަށް "120 ބީޓްސް ޕަ މިނިޓް" ހޮވުނު އިރު، 70 ވަނަ އެނިވަސަރީ ޕްރައިޒް ގެންދިޔައީ "ދަ ބިގައިލްޑް"ގެ ބަތަލާ ނިކޯލް ކިޑްމަން އެވެ.
ކާންސްގައި "ޓްރައިއެންގަލް އޮފް ސޭޑްނެސް" ވިދާލައިފި
މި އަހަރު ކާންސް ފިލްމު ފެސްޓިވަލް އޮންނާނެ
ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި
ކާންސް ފެސްޓިވަލާ މެދު ގޮތެއް ނިންމުން އަންނަ މަހު
އޮސްކާ ހޯދި އިޓަލީގެ ޑައިރެކްޓަރު ބާނާޑޯ މަރުވެއްޖެ
"ބާލިން، އައި ލަވް ޔޫ" ގައި ހެލެން އާއި ކެއިރާ
ސައުދީން މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލަށް
މި އަހަރު ކާންސްގެ ރެޑް ކާޕެޓްގައި ސެލްފީ މަނާ
އިޒްރޭލްގެ މިނިސްޓަރުގެ ހެދުމަކީ "ފުރައްސާރައެއް"
ކާންސްގައި މި ފަހަރު 19 ފިލްމެއް ވާދަކުރޭ