ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް، ކާންސް ފިލްމު ފެސްޓިވަލްގައި މިފަހަރު އެންމެ ބޮޑު ކާމިޔާބީއެއް، ޑްރާމާ ފިލްމު "ޓްރައިއެންގަލް އޮފް ސޭޑްނެސް" ހޯދައިފި އެވެ.
31 މެއި 2022
ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް، ކާންސް ފިލްމު ފެސްޓިވަލްގައި މިފަހަރު އެންމެ ބޮޑު ކާމިޔާބީއެއް، ޑްރާމާ ފިލްމު "ޓްރައިއެންގަލް އޮފް ސޭޑްނެސް" ހޯދައިފި އެވެ.
ސްވިޑިޝް ޑިރެކްޓަރެއް ކަމަށްވާ ރުބެން އޮސްޓްލަންޑް ތައްޔާރުކޮށްފައިވާ އެ ފިލްމު ފެސްޓިވަލުގައި އެޅުވުމާ އެކު އެ ފިލްމަށް ވަނީ 15 މިނެޓުގެ ސްޓޭންޑިން އޮވޭޝަނެއް ވެސް ލިބިފަ އެވެ.
ހާއްސަ ދައުވަތެއް ލިބިގެން ބައިވެރިވެވޭ ފިލްމު ފެސްޓިވަލުގެ ގިނަ މީހުންނަށް އެ ފިލްމު ވަރަށް ކަމުދިޔަ އެވެ. އެއާ އެކު އެ ފިލްމަށް ވަނީ ފެސްޓިވަލުގެ "ޕާމަ ޑޯ" އެވޯޑު ލިބިފަ އެވެ. އެ އެވޯޑަކީ މުޅި ފެސްޓިވަލުގެ ވެސް އެންމެ ޝަރަފުވެރި ފިލްމަށް ދޭ އެވޯޑެވެ.
މިއީ އޮސްޓްލަންޑް އަށް ބޮޑު ކާމިޔާބީ އެކެވެ. އޭނާ އެންމެ ފަހުން ފެސްޓިވަލުގަައި ބައިވެރިކުރި ފިލްމު ވެސް ވަނީ އެ އެވޯޑު ހޯދައިފަ އެވެ. އޭނާއަށް އެ އެވޯޑު ލިބުނީ 2017 ވަނަ އަހަރު ރިލީޒްކުރި "ދަ ސްކުއެއާ" އަށެވެ.
ޓްރައިއެންގަލް އޮފް ސޭޑްނެސް އަކީ ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެތެރޭގައި އެމެރިކާގެ މަޝްހޫރު އެކްޓަރު ވުޑީ ހެރިލްސަން އާއި ހެރިސް ޑިކިންސަން މި ފިލްމުގައި ހިމެނޭނެ އެވެ.
މި އަހަރު ކާންސް ފިލްމު ފެސްޓިވަލް އޮންނާނެ
ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި
ކާންސް ފެސްޓިވަލާ މެދު ގޮތެއް ނިންމުން އަންނަ މަހު
އޮސްކާ ހޯދި އިޓަލީގެ ޑައިރެކްޓަރު ބާނާޑޯ މަރުވެއްޖެ
"ބާލިން، އައި ލަވް ޔޫ" ގައި ހެލެން އާއި ކެއިރާ
ސައުދީން މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލަށް
މި އަހަރު ކާންސްގެ ރެޑް ކާޕެޓްގައި ސެލްފީ މަނާ
ކާންސްގެ އެންމެ ޝަރަފުވެރި އެވޯޑް "ދަ ސްކުއާ" އަށް
އިޒްރޭލްގެ މިނިސްޓަރުގެ ހެދުމަކީ "ފުރައްސާރައެއް"
ކާންސްގައި މި ފަހަރު 19 ފިލްމެއް ވާދަކުރޭ