Roadha Mihaaru

އޮސްކާ ހާސިލުކޮށްފައިވާ އިޓަލީގެ ޑައިރެކްޓަރު ބާނާޑޯ މަރުވެއްޖެ

އޮސްކާ އެވޯޑްސްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހާސިލުކުރި އިޓަލީގެ ހަމައެކަނި ޑައިރެކްޓަރު ބާނާޑޯ ބާޓެލުޝީ މަރުވެއްޖެ އެވެ.

އޮސްކާ ހޯދި އިޓަލީގެ ޑައިރެކްޓަރު ބާނާޑޯ މަރުވެއްޖެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

28 ނޮވެމްބަރ 2018

އޮސްކާ އެވޯޑްސްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހާސިލުކުރި އިޓަލީގެ ހަމައެކަނި ޑައިރެކްޓަރު ބާނާޑޯ ބާޓެލުޝީ މަރުވެއްޖެ އެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު އުމުރުން 77 އަހަރުގައި މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ހޯމަ ދުވަހު އެވެ.

އޭނާގެ މަރާ ގުޅިގެން ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާގައި ހިތާމަ ފާޅުކޮށް، ބާނަޑޯގެ މަސައްކަތްތަކުގެ ހަނދާންތައް ވެސް އާ ކުރަމުންނެވެ.

ގްލިމޯ ޑެލް ޓޯރީގެ ޓްވީޓެއް.

ކާންސް ފިލްމު ފެސްޓިވަލާއި ވެނިސް ފިލްމު ފެސްޓިވަލް ފަދަ ނުޒޫފު ގަދަ ފެސްޓިވަލްތަކުގެ ޖޫރީ ރައީސްކަން ވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަދާކޮށްފައިވާ ބާނާޑޯ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދަ ލާސްޓް އެމްޕެރާ"، "ދަ ކޮމްފޮމިސްޓް"، "ލާސްޓް ޓެންގޯ އިން ޕެރިސް" ގެ އިތުރުން "1900" ހިމެނެ އެވެ.

އޭނާ އަށް އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ ލިބުނީ 1987 ގައި ރިލީޒް ކުރި "ދަ ލާސްޓް އެމްޕެރާ" އިންނެވެ. އެ ފިލްމު އެ އަހަރު އޮސްކާގެ ނުވަ ކެގަޓަރީއަކަށް ނޮމިނޭޓްވި އެވެ. އަދި ހަމަ އެ ފިލްމުން ބާނާޑޯ އަށް ވަނީ ދެ ގޯލްޑެން ގްލޯބް ވެސް ލިބިފަ އެވެ.

އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2012 ގެ "ޔޫ އެންޑް މީ" އެވެ.