އޮސްކާ އެވޯޑަށް އެންމެ މޮޅު ސްޓަންޓް ޑިޒައިންގެ ކެޓަގަރީއެއް އިތުރުކޮށްފި އެވެ.
އޮސްކާ އެވޯޑަށް އެންމެ މޮޅު ސްޓަންޓް ޑިޒައިންގެ ކެޓަގަރީއެއް އިތުރުކޮށްފި އެވެ.
އޮސްކާ އެވޯޑު އިންތިޒާމުކުރާ އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްގެ ބޯޑުން ވަނީ އެ އެވޯޑަށް މި ކެޓެގަރީ އިތުރުކުރަން ނިންމައި، އެކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ.
މި ކެޓަގަރީގެ ދަށުން ފުރަތަމަ އެވޯޑު ދޭނީ އޮސްކާއަށް 100 އަހަރު ފުރޭ މުނާސަބަތާ ގުޅުވައި، 2028 ވަނަ އަހަރުން ފެށިގެން ކަމަށް އެކެޑަމީން ބުންޏެވެ.
އެހެންކަމުން، މި އެވޯޑަށް އެންމެ ފުރަތަމަ ވާދަކުރާނީ 2027 ވަނަ އަހަރު ނެރޭ ފިލްމުތަކެވެ.
އޮސްކާއަށް މި ކެޓަގަރީ ތައާރަފުކުރީ ފިލްމު ސްޓަންޓް ކޮމިއުނިޓީގެ ފަރާތުން އިސްނަގައިގެން "ދަ ފޯލް ގާއީ" އާއި "ޑެޑްޕޫލް 2" ކަހަލަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޑޭވިޑް ލީޗް އޮސްކާގެ ގަވަނާސް ބޯޑަށް ހުށަހެޅި ހުށަހެޅުން ރިވިއުކުރުމަށް ފަހުގަ އެވެ.
ލީޗް ހޮލީވުޑްގައި މަސައްކަތްކުރަން ފެށީ ވެސް ސްޓަންޓް ޕާފޯމާއެއްގެ ގޮތުގަ އެވެ.
އާންމުކޮށް އެކްޝަން ފިލްމުތަކުގައި ވަރުގަދަ މަންޒަރުތައް ނެގުމަށް ސްޓަންޓް ޑަބަލްސް ނުވަތަ ސްޓަންޓް ޕާފޯމާސް ވަރަށް ގިނައިން ބޭނުންކުރެ އެވެ. އެކަމަކު، ގިނަ ފަހަރަށް އެ ފަންނާނުންގެ މަސައްކަތް އޮންނަނީ ވަރަށް ބޮޑަށް ބަލައިނުގަނެވި އެވެ.
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
އޮސްކާ ނޮމިނޭޝަންތަކުގެ ކުރީގައި "އޮޕެންހައިމާ"
މި އަހަރުގެ އޮސްކާ ނޮމިނޭޝަންތައް އިއުލާންކޮށްފި
އޮސްކާގެ ހޮސްޓުކުރަނީ ހެއްވާލާނެ ތަރިންތަކެއް
އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި
އޮސްކާ ބޮއިކޮޓްކުރި ޑައިރެކްޓަރު އެ އެވޯޑަށް ތައްޔާރު