Roadha Mihaaru
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"

އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"

12 މާޗް 2024

ފިލްމީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް އޮސްކާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮލީވުޑްގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ" ހޮވިއްޖެ އެވެ.

ފިލްމީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް އޮސްކާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮލީވުޑްގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ" ހޮވިއްޖެ އެވެ.

އިއްޔެ ބޭއްވި މި އަހަރުގެ އޮސްކާ އެވޯޑްގައި އެންމެ ގިނަ އެވޯޑުތައް ކާމިޔާބުކުރީ ވެސް "އޮޕެންހައިމާ" އެވެ. މިފަހަރު އެންމެ ގިނަ ނޮމިނޭޝަންތައް ވެސް ލިބުނީ އެ ފިލްމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށް ހަދާފައިވާ ފިލްމު "އޮޕެންހައިމާ" އަށް ވަނީ 13 ނޮމިނޭޝަން ލިބިފަ އެވެ. އޭގެ ތެރެއިން ހަތް އެވޯޑެއް އެ ފިލްމު ވަނީ ކާމިޔާބުކޮށްފަ އެވެ.

މި އަހަރުގެ އޮސްކާގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާ ހަވާލުވުމަށް "އޮޕެންހައިމާ"ގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ޝުކުރު އަދާކުރަނީ.

މި އަހަރުގެ އޮސްކާގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާ ހަވާލުވުމަށް "އޮޕެންހައިމާ"ގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ޝުކުރު އަދާކުރަނީ.

އެ ފިލްމަށް ލިބުނު އެވޯޑުތަކަކީ ބެސްޓް ޕިކްޗާ، ބެސްޓް ޑައިރެކްޓަރު، ބެސްޓް އެކްޓަރު، ބެސްޓް އޮރިޖިނަލް ސްކޯ، ބެސްޓް ސިނެމަޓޯގްރެފީ، ބެސްޓް ސަޕޯޓިން އެކްޓަރު އަދި ބެސްޓް ފިލްމް އެޑިޓިން އެވެ.

ކްރިސްޓޮފާ ނޯލަން ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ކާމިޔާބުކުރި އިރު މިއީ އޭނާ އަށް އޮސްކާ ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އޭނާ މި އެވޯޑަށް ނޮމިނޭޓް ވެސް ވި އެވެ. އަދި ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑު ކާމިޔާބުކުރި ރޮބާޓް ޑައުނީ ޖޫނިއާ އަށް ވެސް އޮސްކާ ލިބުނު ފުރަތަމަ ފަހަރެވެ.

މި ފިލްމުން ބެސްޓް އެކްޓަރުގެ އޮސްކާ ކާމިޔާބުކުރި ކިލިއަން މާފީ އަށް ވަނީ މިފަހުން ބޭއްވި ހޮލީވުޑްގެ ހުރިހާ އެވޯޑް ހަފުލާއެއްގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދައިފަ އެވެ. މިއީ އޭނާގެ ވެސް ފުރަތަމަ އޮސްކާ އެވޯޑެވެ.

މިފަހަރު އޮސްކާގައި ދެން އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ ބެސްޓް ސޯންގް އެވެ. މި އެވޯޑް ކާމިޔާބުކުރީ ފިލްމު "ބާބީ"އަށް އެމެރިކާގެ ލަވަކިޔުންތެރިޔާ ބިލީ އައިލިޝް ކިޔާދީފައިވާ "ވަޓް ވޯޒް އައި މޭޑް ފޯ" އެވެ. މި އެވޯޑް ހާއްސަ ވަނީ މިއީ ބިލީއަށް އޮސްކާގެ ބެސްޓް ސޯންގެ އެވޯޑް ލިބުނު ދެވަނަ ފަހަރަށް ވާތީ އެވެ. އޭނާއަށް ފުރަތަމަ އޮސްކާ އެވޯޑް ލިބުނީ 2022 ވަނަ އަހަރު ޖޭމްސް ބޮންޑްގެ ފިލްމު "ނޯ ޓައިމް ޓު ޑައި"އަށް ހަމަ އެ ނަމުގައި ކިޔާދިން ލަވައަކުންނެވެ.

އޮސްކާގެ މި އަހަރުގެ ބެސްޓް އެކްޓްރެސްގެ އެވޯޑް ކާމިޔާބުކުރީ "ޕުއާ ތިންގްސް" އިން އެމާ ސްޓޯން އެވެ.