12 ނޮވެމްބަރ 2023
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައިފި އެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިިޕޯޓްކުރި ގޮތުގައި އެ ފިލްމު ހަދަނީ މިދިޔަ ސެޕްޓެމްބަރު މަހު، އެމެރިކާގެ ލިޔުންތެރިޔާ އަދި ސީއެންއެންގެ ކުރީގެ ސީއީއޯ ވޯލްޓާ އައިސާކްސަން ނެރުނު އިލޮންގެ ބައޮގްރަފީ "އިލޮން މަސްކް" އަށް ބިނާކޮށެވެ.
ނަމަވެސް އެ ފިލްމުގައި އިލޮންގެ ރޯލު ކުޅެނީ ކާކު ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ފިލްމު ހަދާކަން އިލޮން ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފަ އެވެ.
"ޑެރެން ހަދަނީ އެ ފިލްމު. އޭނާ އަކީ އެންމެ މޮޅު އެކަކު،" އިލޮން ބުންޏެވެ.
Glad Darren is doing it. He is one of the best.
— Elon Musk (@elonmusk) November 10, 2023
އެ ފިލްމު ޑައިރެކްޓްކުރާ ޑެރެން އެފްރޮނޯސްކީ "ބްލެކް ސްވޯން" އާއި "ނޯއާ" އަދި "މަދާ" ކަހަލަ ހޮލީވުޑްގެ މޮޅެތި ފިލްމުތައް ގެނެސްދިން މަޝްހޫރު ފަންނާނެކެވެ.
ރިޕޯޓްތައް ބުނީ އެ ފިލްމު ހަދަން އިލޮންގެ ބައޮގްރަފީގެ ރައިޓްސް ގަނެފައި ވަނީ ހޮލީވުޑްގެ ކުރިއަރަމުން އަންނަ ސްޓޫޑިއޯ، އޭޓުޒީން ކަމަށެވެ.
އިލޮން އަކީ ލަގްޒަރީ ކާރު ބްރޭންޑް، ޓެސްލާ އާއި ޖައްވީ ކުންފުނި، ސްޕޭސް އެކްސް އާއި ސެޓްލައިޓް އިންޓަނެޓްގެ ހިދުމަތް ދޭ ސްޓާލިންކް އަދި މިހާރު "އެކްސް"ގެ ނަމުގައި ހިންގަމުން އަންނަ ކުރީގެ ޓުވިޓާގެ ވެސް ވެރިޔާ އެވެ.
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
ޓްރަޕްމްގެ ބަޔޮޕިކްގައި އޭނާގެ ރޯލަށް ސެބަސްޓިއަން
މެތިއު ޕެރީގެ ބަޔޮޕިކް ކުޅެން ޒެކް އެފްރޮން ބޭނުންވޭ
އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކަކީ އޮޕަންހައިމާ
އީލޮން މަސްކަށް ޖިންސީ ފުރައްސާރައިގެ ބޮޑު ތުހުމަތެއް
ޖައްވީ ސްޓޭޝަންގައި ފިލްމު ޝޫޓްކޮށް އެނބުރި ދުނިޔެއަށް
އީލޮން މަސްކްގެ ޓްވީޓެއް ވެސް ވިއްކާލަނީ
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
ގާޑިއަން އިން އީލޮން މަސްކުގެ "އެކްސް" ބޮއިކޮޓްކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ