10 ނޮވެމްބަރ 2023
މިދިޔަ މަހު 28 ގައި މަރުވި "ފްރެންޑްސް"ގެ ތަރި، މެތިއު ޕެރީގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅެން ޝައުގުވެރިވާ ކަމަށް އެމެރިކާގެ އެކްޓަރު ޒެކް އެފްރޮން ބުނެފި އެވެ.
މިދިޔަ މަހު 28 ގައި މަރުވި "ފްރެންޑްސް"ގެ ތަރި، މެތިއު ޕެރީގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅެން ޝައުގުވެރިވާ ކަމަށް އެމެރިކާގެ އެކްޓަރު ޒެކް އެފްރޮން ބުނެފި އެވެ.
ޒެކް އެހެން ބުނީ އަންނަ މަހު ސިނަމާތަކުގައި ދައްކަން ފަށާ އޭނާގެ އާ ފިލްމު "ދަ އަޔަން ކްލޯ"ގެ ވޯލްޑް ޕްރިމިއާ އަށް އެމެރިކާގެ ޓެކްސަސްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރެޑްކާޕެޓް އިވެންޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
ޕެރީގެ ބަޔޮޕިކްއެއް ހަދާ ނަމަ، އޭނާގެ ރޯލު ކުޅެން ބޭނުންވަނީ ޒެކް ކަމަށް ޕެރީ އަމިއްލަ އަށް ވެސް ކުރިން ބުނެފައިވެ އެވެ.
"އަހަރެން ފަހުރުވެރިވޭ މެތިއުގެ ބަޔޮޕިކްގައި އޭނާގެ ރޯލު ޕެރީ ބޭނުންވީ އަހަރެން ކަމަށް ވާތީ،" އޭނާ ބުންޏެވެ.
"ޕެރީ އަކީ އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްކޮށްދިން މީހެއް އަދި އަހަރެމެން އެކުގައި ކުޅުނު ފިލްމު ވެސް ވަރަށް ސަޅި. އަހަރެން ވަރަށް ގަދަރުކުރާ މީހެއް އޭނާ އަކީ އަދި ކޮމެޑީ އެކްޓިން އަހަންނަށް ދަސްކުރީ ވެސް އޭނާ ކައިރިން."
ޒެކް އާއި ޕެރީ ވަނީ އެއް ފިލްމުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެއީ 2009 ވަނަ އަހަރު ނުކުތް "17 އެގެއިން" އެވެ.
އުމުރުން 54 އަހަރުގެ ޕެރީ މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖެލަސްގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ މަރުވީ ހޮޓް ޓަބެއްގެ ތެރެއަށް ގެނބިގެންނެވެ. އޭނާގެ މަރުގައި ޝައްކުވާ އެއްވެސް ކަމެއް ނެތް ކަމަށް ލޮސް އެންޖެލަސްގެ ފުލުހުންގެ ތަހުގީގަށް ފަހުގައި ވަނީ ނިންމައިފަ އެވެ.
ޕެރީ އަކީ ޑްރަގް އެޑިކްޝަންގެ މައްސަލަ ހުރި މީހެކެވެ. މިދިޔަ އަހަރު ނެރުނު ޕެރީގެ މެމިއޯގައި ވެސް އޭނާ އެ ވާހަކަތައް ހިއްސާކުރި އެވެ.
އޭނާ އަށް ގިނަ ބައެއްގެ ލޯބި ލިބުނީ "ފްރެންޑްސް"ގައި ޗޭންދުލާގެ ރޯލު ކުޅެގެންނެވެ.
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
ޓްރަޕްމްގެ ބަޔޮޕިކްގައި އޭނާގެ ރޯލަށް ސެބަސްޓިއަން
އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް ހަދަނީ
އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކަކީ އޮޕަންހައިމާ
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
މަރުވިމީހާގެ އާއިލާގެ ކިބައިން އަރްޖުން މާފަށް އެދިއްޖެ
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ