Roadha Mihaaru
މި އަހަރުގެ އޮސްކާ ނޮމިނޭޝަންތައް އިއުލާންކޮށްފި

މިފަހަރުގެ އެންމެ ގިނަ އޮސްކާ ނޮމިނޭޝަން "އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް" އަށް

25 ޖެނުއަރީ 2023

މި އަހަރުގެ މާޗު މަހު އޮންނަ 95 ވަނަ އެކަޑަމީ އެވޯޑު ހަފްލާ، އޮސްކާގެ ނޮމިނޭޝަންތައް އިއްޔެ އިއުލާނު ކޮށްފައިވާއިރު، އެންމެ ގިނަ ނޮމިނޭޝަނެއް ލިބުނު ފިލްމަކީ، 11 ނޮމިނޭޝަނާ އެކު "އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް" އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މި އަހަރުގެ މާޗު މަހު އޮންނަ 95 ވަނަ އެކަޑަމީ އެވޯޑު ހަފްލާ، އޮސްކާގެ ނޮމިނޭޝަންތައް އިއްޔެ އިއުލާނު ކޮށްފައިވާއިރު، އެންމެ ގިނަ ނޮމިނޭޝަނެއް ލިބުނު ފިލްމަކީ، 11 ނޮމިނޭޝަނާ އެކު "އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް" އެވެ.

އެ ފިލްމުގައި، ޗައިނާ އަށް އުފަން މީހަކު (މިޝޭލް ޔިއޯ)، އޭނާގެ އަމިއްލަ ތަފާތު ވާޝަންތަކެއްގެ ގޮތުގައި މަލްޓިވާސްތަކުގެ ތެރެއިން ދަތުރުކުރެ އެވެ.

"އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް" ގެ މަންޒަރެއް: މެދުގައި އެ ހުރީ މީޝޭލް ލިޔޯ

"އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް" ގެ މަންޒަރެއް: މެދުގައި އެ ހުރީ މީޝޭލް ލިޔޯ

"އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް"ގެ އިތުރުން، "ބެސްޓް ޕިކްޗާ" އެވޯޑްގެ މިފަހަރު ފާހަގަކޮށްލެވޭ އޮސްކާ ނޮމިނޭޝަންތަކުގައި ހިމެނޭ ފިލްމުތަކުގެ ތެރޭގައި "ޓޮޕް-ގަން މެވްރިކް" އާއި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަދި "ދަ ބޭންޝީސް އޮފް އިންޝެރިން" ފާހަގަކޮށްލެވެ އެވެ.

އޮސްކާގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފިލްމުތައް

- އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް، 11 ނޮމިނޭޝަން

- އޯލް ކުއައިޓް އޮން ވެސްޓާން ފްރޮންޓް، 9 ނޮމިނޭޝަން

- ދަ ބޭންޝީ އޮފް އިންޝިރިން، 9 ނޮމިނޭޝަން

- އެލްވިސް، 8 ނޮމިނޭޝަން

- ދަ ފޭބްލް މޭންސް، 7 ނޮމިނޭޝަން

- ޓޮޕް ގަން: މެވްރިކް، 6 ނޮމިނޭޝާން

- ޓާ، 6 ނޮމިނޭޝަން

- ބްލެކް ޕޭންތާ: ވަކާންޑަ ފޮއެވާ، 5 ނޮމިނޭޝަން

- އެވަޓާ: ދަ ވޭ އޮފް ވޯޓާ، 4 ނޮމިނޭޝަން

އޮސްކާ ނޮމިނީސްގެ ގޮތުގައި މިފަހަރު ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ކޭޓް ބްލެންޗެޓާއި، ބްރެންޑަން ފްރޭސާ އަދި އެންޑްރިއާ ރައިޒްބޮރޯގެ އިތުރުން ބިލީ ނައި ހިމެނެ އެވެ.

މި އަހަރުގެ އޮސްކާގައި ލީޑިން އެކްޓްރެސް އެވޯޑަށް ނޮމިނޭޓުވެފައި ވަނީ ކޭޓް ބްލެންޗެޓް (ފިލްމު: ޓާ) އާއި އެންޑްރިއާ (ފިލްމު: ޓު ލެސްލީ)ގެ އިތުރުން "ދަ ފޭބްލްމެންސް" ފިލްމުގެ މިޝޭލް ވިލިއަމްސް، "ބްލޯންޑް"ގެ އަނާ ޑެ އާމަސް، އަދި "އެވްރީތިންގް އެވްރީވެއާ އޯލް އެޓް ވަންސް"ގެ ލީޑު މިޝޭލް ލިޔޯ އެވެ.

ކޭޓް ބްލެންޗެޓް: "ޓާރް" ގެ މަންޒަރެއް. މިއީ މި އެވޯޑަށް ކޭޓް ނޮމިނޭޓްވި އަށް ވަނަ ފަަހަރު

ކޭޓް ބްލެންޗެޓް: "ޓާރް" ގެ މަންޒަރެއް. މިއީ މި އެވޯޑަށް ކޭޓް ނޮމިނޭޓްވި އަށް ވަނަ ފަަހަރު

އެންމެ މޮޅު އެކްޓަރަށް ދޭ އެވޯޑަށް ނޮމިނޭޓުވެފައިވާ އެކްޓަރުންގެ ތެރޭގައި "ދަ ވޭލް" ފިލްމުން ބްރެންޑަން ފްރޭސާ، "އެލްވިސް" ގެ ލީޑު، އޮސްޓިން ބަޓްލާ، "ދަ ބޭންޝީ އޮފް އިންޝިރިން" ގެ ކޮލިން ފެރެލްގެ އިތުރުން "ލިވިންގެ" ފިލްމުގެ ބިލީ ނައި އަދި "އަފްޓާ ސަން" ގެ ޕޯލް މެސްކަލް ހިމެނެ އެވެ.

ބްރެންޑަން ފްރޭސާ: "ދަ ވޭލް" ގެ މަންޒަރެއް

ބްރެންޑަން ފްރޭސާ: "ދަ ވޭލް" ގެ މަންޒަރެއް

މި އަހަރު އޮތް ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް، "އެލްވިސް"ގެ ރޯލުން ފެންނަ އޮސްޓިން ހޯދި އިރު، ކްރިޓިކްސް ޗޮއިސް އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ "ދަ ވޭލް"ގެ ބްރޭންޑަން އަށެވެ. މިޝޭލް ލިއޯ އަށް ގޯލްޑެން ގްލޯބްސް އެވޯޑެއް ލިބިފާ ވާއިރު، ކްރިޓިކްސް ޗޮއިސްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައި ވަނީ ކޭޓް ބްލެންޗެޓަށެވެ.

އޭގެ އިތުރުން، އެންމެ ރީތި އޮރިޖިނަލް ލަވައިގެ އެވޯޑު ލިބޭ ލަވަތަކުގެ ތެރޭގައި ދެކުނު އިންޑިއާގެ ފިލްމު، "އާރްއާރްއާރް" ގެ ލަވަ "ނާޓޫ ނާޓޫ" އާއި، އެންމެ ފަހުގެ ބްލެކް ޕެންތާ ފިލްމަށް ރިއާނާ ހެދި ލަވަ، "ލިފްޓް މީ އަޕް" އަދި ލޭޑީ ގާގާގެ "ހޯލްޑް މައި ހޭންޑް" ފާހަގަކޮށްލެވެ އެވެ.