Roadha Mihaaru
އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި

ހަމައެކަނި އަންހެނުން މަސައްކަތްކުރާ އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި

12 ފެބުރުއަރީ 2022

ހަމައެކަނި އަންހެނުން މަސައްކަތްކުރާ އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް މި އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވެއްޖެ އެވެ.

ހަމައެކަނި އަންހެނުން މަސައްކަތްކުރާ އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް މި އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވެއްޖެ އެވެ.

އެންމެ މޮޅު ޑޮކިއުމެންޓްރީގެ ކެޓަގަރީން އޮސްކާ އަށް ނޮމިނޭޓްވީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ އަންހެނުންގެ ވާހަކަތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޚަބަރު ލަހަރިޔާ" އިން ގެނެސްދިން 93 މިނެޓުގެ ޑޮކިއުމެންޓްރީއެއް ކަމަށްވާ "ރައިޓިން ވިތު ފަޔާ" އެވެ.

އެ ޑޮކިއުމެންޓްރީގައި ދައްކަނީ އެ ނޫހުގެ ނޫސްވެރިޔަކު ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ އަންހެނުންގެ ތެރެއިން އިންޑިއާގެ އެންމެ ދަށް ގިންތީގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވާހަކަތައް ހޯދަން އުޅޭ ގޮތެވެ. އެމީހުންނަށް ކުރިމަތިވާ އުނދަގޫތައް، އެމީހުންގެ ދުލުން އޭނާ އަށް ކިޔައިދެވެ.

އަންހެނުންތަކެއް އިސްނަގައިގެން މީގެ 20 އަހަރު ކުރިން އުފެއްދި "ޚަބަރު ލަހަރިޔާ" އިން މުޅިން ވެސް ގެނެސްދެނީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ރަށްފުށު ހިސާބުތަކުގައި ދިިރިއުޅޭ އަންހުންގެ ތަފާތު ވާހަކަތަކެވެ.

މި އަހަރުގެ އޮސްކާގެ ނޮމިނޭޝަންތައް އިއުލާންކުރީ މިދިޔަ ބުދަ ދުވަހު އެވެ. މި އެވޯޑް އޮންނާނީ އަންނަ މަހު 27 ގަ އެވެ.