އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އަށް ހުށަހަޅާ ފިލްމަކަށް މިދިޔަ އަހަރު ރިލީޒްކުރި އާސާމް ފިލްމް "ވިލެޖް ރޮކްސްޓާޒް" ހުށަހަޅަން ނިންމައިފި އެވެ.
23 ސެޕްޓެމްބަރ 2018
އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އަށް ހުށަހަޅާ ފިލްމަކަށް މިދިޔަ އަހަރު ރިލީޒްކުރި އާސާމް ފިލްމް "ވިލެޖް ރޮކްސްޓާޒް" ހުށަހަޅަން ނިންމައިފި އެވެ.
ދާދި ފަހުން ނިންމައިލި މި އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) އާއި މިދިޔަ އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގެ އިތުރުން ވެސް ވަރަށް ގިނަ ފެސްޓިވަލްތަކުގައި ޕްރިމިއާކޮށްގެން ފާޑުކިޔުންތެރިންގެ ތައުރީފު ހޯދާފައިވާ "ވިލެޖް ރޮކްސްޓާޒް" އަކީ ދާނޫ ކިޔާ 10 އަހަރުގެ އަންހެން ކުއްޖަކު ގިޓައެއް ހޯދައި، މިއުޒިކް ބޭންޑެއް ހަދައިގެން ކާމިޔާބީއާ ހަމަޔަށް ދާން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމު ޕްރޮޑިއުސްކޮށް، ލިޔެ އަދި ޑައިރެކްޓްކޮށްފައި ވަނީ ރީމާ ދާސް އެވެ. "ވިލެޖް ރޮކްސްޓާޒް" ގެ ލީޑް ރޯލް ކުޅެފައި ވަނީ ބަނީތާ ދާސް އާއި މަނަބެންދްރަ ދާސް އެވެ.
މި އަހަރުގެ ނެޝަނަލް އެވޯޑްގައި "ވިލެޖް ރޮކްސްޓާޒް" އަކީ އެންމެ މޮޅު ފީޗާ ފިލްމާއި އެންމެ މޮޅު ޗައިލްޑް އާޓިސްޓް (ބަނީތާ) ގެ އިތުރުން އެޑިޓިން އާއި ސައުންޑް ކެޓަގަރީގެ އެވޯޑްތައް ވެސް ހިއްލައިލި ފިލްމެކެވެ.
އިންޑިއާ އިން އޮސްކާ އަށް ހުށަހަޅާ ފިލްމަކަށް ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން "ވިލެޖް ރޮކްސްޓާޒް" ހުށަހަޅަން ނިންމި އިރު، ސިލެކްޝަނަށް 28 ފިލްމެއް ހުށަހެޅި އެވެ.
އޭގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އާއި ރާނީ މުކަރްޖީ "ހިޗްކީ" އާއި އާލިއާ ބަޓްގެ "ރާޒީ" އާއި ވަރުން ދަވަންގެ "އޮކްޓޯބާ" ގެ އިތުރުން އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ނަވާޒުއްދީން ސިއްދީގީ ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "މަންޓޯ" ހިމެނެ އެވެ.
މި އަހަރު ބޭއްވި 90 ވަނަ އޮސްކާ އަށް އިންޑިއާ އިން ހުށަހެޅީ ރާޖްކުމާރް ރާއޯގެ "ނިއުޓަން" އެވެ. އެކަމަކު ނޮމިނޭޝަނުން އެ ފިލްމަށް ޖާގައެއް ނުލިބި ވަނީ ކަޓައިގެން ގޮސްފަ އެވެ.
ފަހުގެ ތާރީހެއްގައި އިންޑިއާ އިން އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ފިލްމެއް ހުށަހަޅައިގެން ނޮމިނޭޓްވީ މީގެ 17 އަހަރު ކުރިންނެވެ. އެއީ 2001 ގައި ރިލީޒް ކުރި އާމިރު ހާންގެ "ލަގާން" އެވެ. އޭގެ ކުރިން މަދާ އިންޑިއާ (1957) އަދި ސަލާމް ބޮމްބޭ (1988) ވެސް އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވެފައިވެ އެވެ. ނަމަވެސް އިންޑިއާގެ އެއްވެސް ފިލްމަކަށް މިހާތަނަކަށް އޮސްކާއެއް ނުލިބެ އެވެ.
މި އަހަރުގެ އޮސްކާގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމަކީ ޗިލީގެ "އަ ފެންޓާސްޓިކް ވުމަން" އެވެ.
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
އިންޑިއާ އިން އޮސްކާ ރޭހަށް ބޮލީވުޑްގެ ދެ ފިލްމެއް
އަންނަ އަހަރުގެ އޮސްކާ އަށް އިންޑިއާ އިން "ޖަލިކައްޓޫ"
އޮސްކާގެ އުއްމީދު "ލާޕަތާ ލޭޑީސް"އަށް ނާކާމިޔާބުވެއްޖެ
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމެއް
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް
އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި
އެކްޓަރު އަލީ އުމްރާގައި