އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ރަސްމީކޮށް ހުށަހެޅި ފިލްމު "ލާޕަތާ ލޭޑީސް"އަށް އެ އެވޯޑުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ރަސްމީކޮށް ހުށަހެޅި ފިލްމު "ލާޕަތާ ލޭޑީސް"އަށް އެ އެވޯޑުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އަންނަ އަހަރު ބާއްވާ 97 ވަނަ އޮސްކާ އެވޯޑަށް ޝޯޓްލޮސްޓުވި ފިލްމުތަކުގެ ނަންތައް އޮސްކާ އެކެޑަމީން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
އިންޑިއާގެ ފަރާތުން އަންނަ އަހަރުގެ އޮސްކާގައި ވާދަކުރާނެ ފިލްމަކީ "ލާޕަތާ ލޭޑީސް" ކަމަށް ނިންމައި، ފިލްމް ފެޑަރޭޝަން އޮފް އިންޑިއާ އިން އެކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ފިލްމު އޮސްކާއަށް ހުށަހަޅަން ނިންމީ ފިލްމް ފެޑަރޭޝަންގެ 13 ޖަޖުންގެ ޕެނަލަކުންނެވެ.
ނަމަވެސް، އޮސްކާއަށް ޝޯޓްލިސްޓުވި ފިލްމުތަކުގެ ލިސްޓުގައި، އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީން ޝޯޓްލިސްޓުވި ފިލްމުތަކުގެ ތެރޭގައި "ލާޕަތާ ލޭޑީސް" ނުހިމެނެ އެވެ. އެހެންވެ، އޮސްކާއަށް ކުރި އުއްމީދު އެ ފިލްމަށް ވަނީ ނާކާމިޔާބުވެފަ އެވެ.
The #Oscars shortlist for International Feature Film:
— Variety (@Variety) December 17, 2024
Brazil, “I’m Still Here”
Canada, “Universal Language”
Czech Republic, “Waves”
Denmark, “The Girl with the Needle”
France, “Emilia Pérez”
Germany, “The Seed of the Sacred Fig”
Iceland, “Touch”
Ireland, “Kneecap”
Italy,… pic.twitter.com/FKitnIJZ38
އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީން އެކި ގައުމުތަކުން 15 ފިލްމެއް ޝޯޓްލިސްޓުވި އެވެ.
އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް އިންޑިއާގެ ފިލްމެއް ޝޯޓްލިސްޓު ނުވި ނަމަވެސް، އިންޑިއާގެ ފަންނާނުން އިނގިރޭސިވިލާތުގައި އުފައްދާފައިވާ ކްރައިމް ފިލްމެއް ކަމަށްވާ "ސަންތޯޝް" ވަނީ އެ ކެޓަގަރީން ޝޯޓްލިސްޓުވެފަ އެވެ. އަދި އޮސްކާގެ ބެސްޓް ލައިވް އެކްޝަން ޝޯޓް ފިލްމުގެ ކެޓަގަރީން ވަނީ އިންޑިއާގެ ކުރު ފިލްމެއް ވެސް އޮސްކާއަށް ޝޯޓްލިސްޓުވެފަ އެވެ.
އޮސްކާއަށް ޝޯޓްލިސްޓުވި ކުރު ފިލްމަކީ "އަނޫޖާ" އެވެ. އެ ފިލްމަކީ ޑޮކިއުމެންޓްރީ ފިލްމު ކެޓަގަރީން މިދިޔަ އަހަރު އޮސްކާ އެވޯޑު ކާމިޔާބުކުރި "ދަ އެލިފެންޓް ވިސްޕާސް" އާއި 2019 ވަނަ އަހަރު އޮސްކާ އެވޯޑު ކާމިޔާބުކުރި "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް"ގެ ޕްރޮޑިއުސަރު ގުނީތު މޮންގާގެ ފިލްމެކެވެ.
އާމިރް ހާންގެ ކުރީގެ އަންހެނުން ކިިރަން ރާއޯ ޑައިރެކްޓުކޮށްފައިވާ "ލާޕަތާ ލޭޑީސް" އަކީ އާމިރް އާއި ޖިޔޮތީ ދޭޝްޕާންޑޭ ޕްރޮޑިއުސްކުރި ފިލްމެކެވެ. އޮސްކާ ކާމިޔާބުކުރުމަށް އެ ފިލްމުގެ ޕްރޮމޯޝަނަށް އާމިރު އާއި ކިރަން ވަނީ ބޮޑު ކެމްޕެއިނެއް ވެސް ހިންގައިފަ އެވެ.
"ލާޕަތާ ލޭޑީސް"އަކީ އަލަތު ކައިވެނިކޮށްގެން އުޅޭ ދެ އަންހެނަކު، ފިރިމީހާއާ އެކު ގެއަށް ދިއުމުގެ މަގުމަތީގައި އެމީހުންގެ ފިރިން އޮޅޭ ހިސާބުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ އަސަރުގަދަ ފިލްމެކެވެ. އެއީ އިންޑިއާގެ ރަށްފުށު ހިސާބަކަށް ނިސްބަތްވާ ފަގީރު ބައެކެވެ.
އޮސްކާގެ ނޮމިނޭޝަންތައް އިއުލާންކުރާނީ އަންނަ މަހު އެވެ. އޮސްކާ އެވޯޑު ބާއްވަނީ އަންނަ އަހަރު މާޗު މަހުގެ ތިނެއްގަ އެވެ.
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
އިންޑިއާ އިން އޮސްކާ ރޭހަށް ބޮލީވުޑްގެ ދެ ފިލްމެއް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް