12 ޖެނުއަރީ 2020
މިދިޔަ އަހަރުގެ އެންމެ ވަރުފަދަ އެއް ފިލްމު ކަމަށްވާ ދެކުނު ކޮރެއާގެ "ޕެރަސައިޓް" ލިމިޓެޑް ސީރީޒެއްގެ ގޮތުގައި އިނގިރޭސިި ބަހުން އެޗްބީއޯ އަށް ގެނެސްދޭން މަޝްވަރާތައް ފަށައިފި އެވެ.
މިދިޔަ އަހަރުގެ އެންމެ ވަރުފަދަ އެއް ފިލްމު ކަމަށްވާ ދެކުނު ކޮރެއާގެ "ޕެރަސައިޓް" ލިމިޓެޑް ސީރީޒެއްގެ ގޮތުގައި އިނގިރޭސިި ބަހުން އެޗްބީއޯ އަށް ގެނެސްދޭން މަޝްވަރާތައް ފަށައިފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި މި މަހު ބޭއްވި 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމުގެ އެވޯޑް ވެސް އުފުލައިލި އަދި އަންނަ މަހު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމަށް ވެސް ވާދަކުރާ "ޕެރަސައިޓް" ސީރީޒެއްގެ ގޮތުގައި ގެނެސްދިނުމުގެ މަސައްކަތްކުރާނީ އެ ބްލެކް ކޮމެޑީ ޑްރާމާ ތުރިލާގެ ޑައިރެކްޓަރު ބޮންގް ޖޫން ހޯ އާއި "ދަ ބިގް ޝޯޓް" އާއި "ވައިސް" ފަދަ ފިލްމުތައް ގެނެސްދިން އެޑަމް މެކޭ ގުޅިގެންނެވެ.
އޭނާ އަކީ މި އަހަރުގެ ގޯލްޑެން ގްލޯބްސްގެ ބެސްޓް ޑްރާމާ ސީރީޒްގެ މަގާމު ހޯދި "ސަކްސެޝަން" ގެ ވެސް މޭސްތިރިޔާ އެވެ.
އެޑަމް މެކޭ (ކ) އަދި ބޮންގް.
މީޑިއާތަކުން ބުނިގޮތުގައި މީގެ ރައިޓްސް އެޗްބީއޯ އިން ހޯދި ނެޓްފްލިކްސްއާ ވާދަކުރުމަށް ފަހު އެވެ.
ނަމަވެސް "ޕެރަސައިޓް" ގެ ލިމިޓެޑް ސީރީޒާ ގުޅޭ ކަންކަން އަދި ވަރަށް ކުރީ މަރުހަލާތަކެއްގައި އޮތުމުން މީގެ އިތުރު އެއްވެސް ތަފުސީލެއް ހިއްސާކޮށްފަ އެވެ.
ބޮކްސް އޮފީހުގައި ވަރަށް ހިނގި ކްރިޓިކުން ތައުރީފު ވެސް ވރަށް ބޮޑަށް އޮހުނު 123 މިނިޓް (2.2 ގަޑިއިރު) ގެ "ޕެރެސައިޓް" ގައި ކިޔައިދެނީ އެކަށީގެންވާ ތައުލީމީ ފެންވަރު ނެތް ފަގީރު އާއިލާއެއްގެ ބަޔަކު ވަޒީފާ ނުލިބިގެން، މަކަރާއި ހީލަތުން މުއްސަނދި އާއިލާއެއްގެ ވަޒީފާތަކަކަށް ކުރިމަތިލުމުން ދިމާވާ ހާދިސާތަކެވެ.
ޖުމްލަ 11 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް 130.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ޕެރަސައިޓް" ސީރީޒް ކުޅޭކަން ރަފަލޯ ކަށަވަރުކޮށް ދީފި
"ޕެރައިސައިޓް" އަށް އިންޑިއާ އިން ކޮޕީގެ ތުހުމަތު
"ޕެރަސައިޓް" ސީރީޒްގެ ރޯލެއް ރަފަލޯ އަށް
"ގޭމް އޮފް ތުރޯންސް"ގެ ޕްރިކްއެލްގެ ކާސްޓަށް މިރަންޑާ
"ވައިޓް ލޮޓަސް 3"ގެ ރޯލަކަށް ބްލެކްޕިންކްގެ ލީސާ
"ޕެރަސައިޓް" ގެ ޑައިރެކްޓަރާ އެކު ޕެޓިންސަން
"ޕެރަސައިޓް" ގެ ބަތަލާ އަށް ތައިރޮއިޑް ކެންސަރު
އޮސްކާ އަށް ކޮރެއާ އިން "މޭން ސްޓޭންޑިން ނެކްސްޓް"
"ޕެރަސައިޓް" ގެ ޑައިރެކްޓަރު މިއުޒިކަލްއަކަށް
"ޕެރަސައިޓް" އަންނަ މަހު ހުލޫ އަށް