21 މާޗް 2020
މިދިޔަ އަހަރު ގެނެސްދިން ފިލްމު "ޕެރައިސައިޓް" އާ އެކު އޮސްކާ އެވޯޑްސްގެ ތާރީހު ބަދަލުކޮށްލި ދެކުނު ކޮރެއާގެ ޑައިރެކްޓަރު ބޮންގް ޖޫން-ހޯ އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
މިދިޔަ އަހަރު ގެނެސްދިން ފިލްމު "ޕެރައިސައިޓް" އާ އެކު އޮސްކާ އެވޯޑްސްގެ ތާރީހު ބަދަލުކޮށްލި ދެކުނު ކޮރެއާގެ ޑައިރެކްޓަރު ބޮންގް ޖޫން-ހޯ އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
އާ ފިލްމާ ބެހޭ ގޮތުން އެމްޕަޔާ އަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި ޑައިރެކްޓަރު ބުނީ އޭނާ އަކީ މިއުޒިކަލްތަކަށް ވަރަށް ގާޔާވާ މީހެއް ކަމަށެވެ. އެގޮތުން "ސިންގިން އިން ދަ ރެއިން" ފަދަ ފިލްމުތައް ބަލައިލުމުން އެފަދަ ފިލްމެއް ހެދުމުގެ ޝައުގުވެރިކަނ ބޮޑުވާ ކަމަށް ބުންޏެވެ.
ނަމަވެސް އާދައިގެ ޓިޕިކަލް މިއުޒިކެއް ނަހަދާނެ ކަމަށާއި ބޭނުން ވަނީ މިއުޒިކަލްއަކުން ތަފާތެއް ގެނެސްދޭން ކަމަށް ބޮންގް ބުންޏެވެ.
"މިއުޒިކަލްއެކޭ ކިޔާފައި ހަމަ އާދައިގެ ކޫސަނި ފިލްމެއް ނަހަދާނަން. ވާހަކަ އާއި ކެރެކްޓާތައް ވެސް ވަރަށް ތަފާތު މިއުޒިކަލްއެއް އަހަރެން ހަދަން ބޭނުން ވަނީ." އޭނާ ބުންޏެވެ.
ނަމަވެސް އާ ފިލްމު ގެނެސްދޭނެ އިރަކާއި އޭގެ ތަފުސީލެއް ބޮންގް ހިއްސާއެއްނުކުރެ އެވެ. އޭނާ މިހާރު އަންނަނީ "ޕެރަސައިޓް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެޗްބީއޯއާ ގުޅިގެން އޭގެ މިނީ ސީރީޒެއް ހެދުމުގެ ތައްޔާރީތައްވަމުންނެވެ.
"ޕެރެސައިޓް" އަކީ އޮސްކާގެ މޮޅު ފިލްމާއި މޮޅު ޑައިރެކްޓަރާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް މި އަހަރު ގެންދިޔަ ފިލްމެވެ. އެންމެ 11.4 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ބްލަކް ކޮމެޑީ ތުރިލާ އަކީ ބޮކްސް އޮފީހުގައި 269.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ބޮންގް، 50، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2017 ގެ "އޮޖާ" އާއި 2009 ގެ "މަދާ" އާއި 2005 ގެ "އެންޓާކްޓިކް ޖާނަލް" އަދި 2000 ވަނަ އަހަރު ގެނެސްދިން "ބާކިން ޑޯގްސް ނެވާ ބައިޓް" ހިމެނެ އެވެ.
"ޕެރަސައިޓް" ގެ ޑައިރެކްޓަރާ އެކު ޕެޓިންސަން
އޮސްކާ އަށް ކޮރެއާ އިން "މޭން ސްޓޭންޑިން ނެކްސްޓް"
"ޕެރަސައިޓް" ސީރީޒް ކުޅޭކަން ރަފަލޯ ކަށަވަރުކޮށް ދީފި
"ޕެރައިސައިޓް" އަށް އިންޑިއާ އިން ކޮޕީގެ ތުހުމަތު
"ޕެރަސައިޓް" ސީރީޒްގެ ރޯލެއް ރަފަލޯ އަށް
އޮސްކާ: ދެކުނު ކޮރެޔާ އިން އޮސްކާ ފަތަހަކޮށްފި
"ޕެރަސައިޓް" ލިމިޓެޑް ސީރީޒެއްގެ ގޮތުގައި
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
"ޕަޗިންކޯ"ގެ ދެވަނަ ސީޒަން ހުކުރު ދުވަހު
މިލިއަން ޑޮލަރުގެ ޕްރޮޑިއުސަރު ރަޑީ މަރުވެއްޖެ