Roadha Mihaaru

ދެން ވެސް ހަދާނީ ބިރުވެރި ފިލްމެއް، މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނަން: ޖޯޑަން ޕީލް

ގޯލްޑެން ގްލޯބާއި އޮސްކާ އަށް މި އަހަރު ނޮމިނޭޓްވި ބިރުވެރި ފިލްމް "ގެޓްއައުޓް" އަށް ލިބުނު ތަރުހީބާ މެދު ޑައިރެކްޓަރު/ސްކްރީންރައިޓަރު ޖޯޑަން ޕީލް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ކުރިއަށް އޮތް އޮސްކާ އެވޯޑް ހަފުލާ އަށް ބަލާ އިރު، އެ ފިލްމުން ޖޯޑަން ވަނީ އެންމެ މޮޅު ޑައިޓަރުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ. އަދި މި ފިލްމުން ޑެނިއަލް ކަލޫޔާ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަައިވާ އިރު، އެންމެ މޮޅު ފިލްމަށް ވެސް "ގެޓްއައުޓް" ވާދަ ކުރެ އެވެ.

ދެން ވެސް ހަދާނީ ބިރުވެރި ފިލްމެއް: ޖޯޑަން ޕީލް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

24 ފެބުރުއަރީ 2018

ގޯލްޑެން ގްލޯބާއި އޮސްކާ އަށް މި އަހަރު ނޮމިނޭޓްވި ބިރުވެރި ފިލްމް "ގެޓްއައުޓް" އަށް ލިބުނު ތަރުހީބާ މެދު ޑައިރެކްޓަރު/ސްކްރީންރައިޓަރު ޖޯޑަން ޕީލް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ކުރިއަށް އޮތް އޮސްކާ އެވޯޑް ހަފުލާ އަށް ބަލާ އިރު، އެ ފިލްމުން ޖޯޑަން ވަނީ އެންމެ މޮޅު ޑައިޓަރުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ. އަދި މި ފިލްމުން ޑެނިއަލް ކަލޫޔާ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަައިވާ އިރު، އެންމެ މޮޅު ފިލްމަށް ވެސް "ގެޓްއައުޓް" ވާދަ ކުރެ އެވެ.

ކުޑަ ބަޖެޓަކުން އުފައްދައި، އެކަމަކު ބޮކްސް އޮފީހުގައި ވެސް "ގެޓްއައުޓް" އަށް ލިބުނު ބޮޑު ކާމިޔާބީއާ ދޭތެރޭ އުފަލުން ހުރި ޖޯޑަން ބުނީ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. "ގެޓްއައުޓް" 4.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައިގެން 255 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.

ޖޯޑަން ބުނީ ދެން ވެސް ހަދަން ބޭނުން ވަނީ ބިރުވެރި ފިލްމެއް ކަމަށާއި އެއީ އެންމެ ގަޔާވާ ޖޯންރާ ކަމަށެވެ. އެކަމަކު މިއީ "ގެޓްއައުޓް" ގެ ސީކްއެލްއެއް ނޫނެވެ.

"މި ފިލްމްގައި ވެސް ގެޓްއައުޓްއާ އެއް ކަހަލަ ގޮތްތަކެއް ހުރެދާނެ. ކޮންމެހެން އެހާ އެހާ ތަފާތު އެއްޗެއް ހެދުމުގެ ވިސްނުމެއް ނެތް. އެކަމަކު ވާހަކައިގެ ގޮތުން މިއީ އަނެއްކާ ވެސް ބިރުވެރި ހާދިސާތަކެއްގެ އެހެން ދިމާލެއް ދައްކުވައި ދޭނެ ފިލްމަކަށް ވާނެ،" މި ފަހަރު ވެސް ޔުނިވާސަލް ސްޓޫޑިއޯއާ ގުޅިގެން ހަދާ ފިލްމާ ބެހޭ ގޮތުން ޖޯޑަން ބުންޏެވެ. "ބޭނުން ވަނީ އަހަރެން އެންމެ ގަޔާވާ ޖޯންރާ އަށް ފިލްމެއް ހަދައިގެން އަނެއްކާ ވެސް އެ ހިތްހަމަޖެހުން ލި ގަންނަން."

އޭނާ ބުނީ ފިލްމް މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ.

"ޕްލޭން މި ކުރަނީ ސްކްރިޕްޓް ނިންމާފައި، މި އަހަރުގެ ފަހުކޮޅު ފިލްމްގެ ޝޫޓިން ފަށަން،" ފިލްމްގެ މާ ބޮޑު ތަފުސީލަކަށް ނުގޮސް ތިން ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވި ޑައިރެކްޓަރު ބުންޏެވެ.

ޖޯޑަންގެ އާ ފިލްމް ސިނަމާތަކަށް އަންނާނީ މާޗް، 15، 2019 ގަ އެވެ.