"ބްލެކް ޕެންތާ" އާ އެކު ސައުދީ އަރަބިއްޔާގެ ސިނަމާތަކުގެ ފަރުދާ މި މަހުގެ 18 ގައި ކަހާލައި، މުނިފޫހި ފިލުވުމުގެ އާ އުދަރެހަކަށް އެ ގައުމު ދީލައިލާ އިރު، މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ސައުދީން އަލަށް ބައިވެރިވާކަން އިއުލާންކޮށްފި އެވެ.
11 އެޕްރީލް 2018
"ބްލެކް ޕެންތާ" އާ އެކު ސައުދީ އަރަބިއްޔާގެ ސިނަމާތަކުގެ ފަރުދާ މި މަހުގެ 18 ގައި ކަހާލައި، މުނިފޫހި ފިލުވުމުގެ އާ އުދަރެހަކަށް އެ ގައުމު ދީލައިލާ އިރު، މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ސައުދީން އަލަށް ބައިވެރިވާކަން އިއުލާންކޮށްފި އެވެ.
އަންނަ މަހުގެ 8-19 އަށް ފްރާންސްގެ ކާންސްގައި ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ސައުދީގެ ޒުވާން، ނުވަ ފިލްމް މޭކަރެއްގެ ނުވަ ކުރު ފިލްމް ކާންސްގެ ޝޯޓް ފިލްމް ކެޓަގަރީގައި ވާދަކުރާނެ އެވެ. އެ ފިލްމްތައް ކާންސްގެ ޝޯޓް ފިލްމް ކޯނާގައި ދައްކާނީ މެއި މަހުގެ 14 އާއި 15 ގަ އެވެ.
ސައުދީ ފިލްމް ކައުންސިލުން މިދިޔަ މަހު ވަނީ މުނިފޫހި ފިލިވުމުގެ ދާއިރާ އަށް ތަރައްގީކޮށް ކުރިއަރުވަން އެހީތެރިކަން ހޯދުމުގެ ގޮތުން ޕެވީލިއަންއެއް ގާއިމު ކުރާނެ ކަމަށް ބުނެފަ އެވެ. އެހެންވެ މި ފަހަރުގެ ކާންސް ފިލްމް ފެސްޓިވަލް ވެގެން ދާނީ ސައުދީގެ ފިލްމީ ދާއިރާގެ މީހުންނާއި އިންޓަނޭޝަލް ފަރާތްތަކާ އެކު، ގުޅުން ބަދަހިވެގެންދާނެ ފެސްޓިވަލަކަށެވެ.
"ކާންސްވެގެން ދާނީ ސައުދީ އަށް ވަރަށް ގިނަ ފުރުސަތުތަކެއް ވެސް ހުޅުވިގެންދާނެ ފެސްޓިވަލަކަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. މީގެ ސަބަބުން އަހަރެމެންގެ އެންޓަޓައިންމަންޓް އިންޑަސްޓްރީ އަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދު ބޮޑު،" ސައުދީގެ ކަލްޗަ މިނިސްޓަރު އަދި ޖެނެރަލް ކަލްޗަ އޮތޯރޮޓީ (ޖީސީއޭ) ގެ ޗެއާމަން އައްވާދް އަލް-އައްވާދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ސައުދީގެ ކަލްޗަ މިނިސްޓަރު އައްވާދް އަލް-އައްވާދް.
ސައުދީގައި ސިނަމާތައް ބަންދުކޮށްފައި ހުންނަތާ 35 އަހަރު ފަހުން އެ ނިންމުން ބާތިލްކޮށް، އަލުން ސިނަމާތައް ހުޅުވައި، މުނިފޫހި ފިލުވުމުގެ ދާއިރާގެ މައި ހަބަކަށް އެ ގައުމު ހަދަން މިހާރު ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އަދި ސައުދީން މި ހުޅުވުނު ދޮރާ އެކު ދުނިޔޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުން އަންނަނީ ސައުދީގައި އިންވެސްޓް ކުރަން ވެސް ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ސައޫދީގެ ސިނަމާތަކުން 535 މިލިޔަންގެ އާމްދަނީއެއް
ކާންސްގައި "ޓްރައިއެންގަލް އޮފް ސޭޑްނެސް" ވިދާލައިފި
އެކްޓަރު އަލީ އުމްރާގައި
"ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގައި މަނާ
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
މި އަހަރު ކާންސް ފިލްމު ފެސްޓިވަލް އޮންނާނެ
ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި
ކާންސް ފެސްޓިވަލާ މެދު ގޮތެއް ނިންމުން އަންނަ މަހު
ރިއާނާ އާއި ޖަމީލު ތިން އަހަރު ފަހުން ވަކިވެއްޖެ