19 ޖޫން 2016
ލިޔޯން، ފްރާންސް (ޖޫން 19) - ޔޫރޯގެ ދެ ވަނަ ބުރަށް ކޮލިފައިވެފައިވީ ނަމަވެސް ސްވިޒަލެންޑު ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދުން މުހިއްމު ކަމަށާއި މިރޭގެ މެޗުގައި ވެސް ޓީމަށް ބަދަލު ގެންނާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.
ލިޔޯން، ފްރާންސް (ޖޫން 19) - ޔޫރޯގެ ދެ ވަނަ ބުރަށް ކޮލިފައިވެފައިވީ ނަމަވެސް ސްވިޒަލެންޑު ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދުން މުހިއްމު ކަމަށާއި މިރޭގެ މެޗުގައި ވެސް ޓީމަށް ބަދަލު ގެންނާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ފްރާންސް ވަނީ ކުރިން ކުޅުނު ދެ މެޗުން މޮޅުވެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ޑިޝޯމްޕް ބުނީ ދެ ވަނަ ބުރަށް ދާން ބޭނުމީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކަމަށެވެ.
"ދެ ވަނަ ބުރަށް ދާން ބޭނުމީ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި. މިރޭގެ މެޗަށް ނުކުންނައިރު އޮތް ހަމައެކަނި ކަންބޮޑުވުމަކީ އަހަރެމެންނަށް މެޗުގެ ކުރީކޮޅުގައި ލަނޑެއް ނުޖެހޭ މައްސަލަ،" ޑިޝޯމްޕް ބުންޏެވެ.
މިރޭގެ މެޗަށް ފްރާންސް ނުކުންނައިރު އެ ޓީމުގެ މިޑްފީލްޑަރު އެންގޯލޯ ކޯންޓޭ އާއި އޮލިވިއޭ ޖިރޯ ތިބީ އެއް ކާޑުގަ އެވެ. އެހެންވެ އިތުރު ކާޑެއް ދައްކައި ދެ ވަނަ ބުރުގެ މެޗަށް ސަސްޕެންޑްވެދާނެތީ އެ ދެ ކުޅުންތެރިން ނޭރުވުމުގެ ފުރުސަތު ބޮޑެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޓޮއިން ގްރީޒްމަން އާއި ޕޯލް ޕޮގްބާ މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ޓީމުގައި 23 ކުޅުންތެރިން އެބަތިބި. އަނިޔާގެ މައްސަލައެއް ނެތް. މިއީ އާ ކުޅުންތެރިން ތަޖުރިބާ ކޮށްލަން ލިބޭ ފުރުސަތެއް، ބަދަލު ފެންނާނެ،" ކުރިން ފްރާންސްގެ ކެޕްޓަންކަން ކުރި ޑިޝޯމްޕް ބުންޏެވެ.
ފްރާންސާއި ސްވިޒަލެންޑުން ވަނީ މީގެ ކުރިން 37 ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން 16 މެޗުން ފްރާންސް މޮޅުވިއިރު ސްވިޒަލެންޑު ވަނީ 12 މެޗުން މޮޅުވެފަ އެވެ. އަނެއް ނުވަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ އެންމެ ފަހުން ބޭއްވި ބައިނަލްއަގްވާމީ ހަތް މުބާރާތުގެ ތެރެއިން ފްރާންސާއި ސްވިޒަލެންޑު އެއް ގްރޫޕެއްގައި ލައްވާލި ހަތަރު ވަނަ ފަހަރެވެ.
ސްވިޒަލެންޑާ ދެކޮޅަށް ފްރާންސް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިނުވެ އެވެ. މިރޭގެ މެޗުގެ ކުރިން ފްރާންސް އެންމެ ފަހުން ކުޅުނު ހަ މެޗުން ވަނީ މޮޅުވެފަ އެވެ. މިރޭ މޮޅުވެއްޖެނަމަ އެ ޓީމު ޖެހިޖެހިގެން ހަތް މޮޅު ހަމަކުރާނެ އެވެ. އެންމެ ފަހުން ފްރާންސް ޖެހިޖެހިގެން ހަތް މެޗުން މޮޅުވީ 2003 ވަނަ އަހަރު އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ސްވިޒަލެންޑަށް މިހާތަނަށް ޖާގަ ލިބިފައެއް ނުވެ އެވެ. އެ ޓީމުގެ ކޯޗު ވްލަޑިމިއޭ ޕެޓްކޮވިޗް ބުނީ މިފަހަރު އެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"މިއީ ޔޫރޯގެ ދެ ވަނަ ބުރަށް ދިއުމަށް ސްވިޒަލެންޑުން ކުރަމުން އައި އިންތިޒާރަށް ނިމުމެއް އަންނަ ފަހަރު. އަހަރެމެންނަށް އަދި ވެސް އެބައޮތް ފްރާންސް ބަލިކޮށްގެން ގްރޫޕް އެއް ވަނަ ހޯދެން. އެއީ ޓާގެޓަކީ،" ޕެޓްކޮވިޗް ބުންޏެވެ.
ގްރޫޕް އޭގެ ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު ފްރާންސް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ސްވިޒަލެންޑު ހަތަރު ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު ރުމޭނިއާ އެވެ. އެންމެ ފުލުގައި އޮތް އަލްބޭނިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ދެ ވަނަ ބުރުން ޖާގައެއް ޔަގީންކުރަން މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗުން ސްވިޒަލެންޑަށް ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ. ފްރާންސް އަތުން ދެ ލަނޑުގެ ތަފާތުން ސްވިޒަލެންޑް ބަލިވެ، އަލްބޭނިއާ އަތުން ދެ ލަނޑުގެ ތަފާތުން ރުމޭނިއާ މޮޅުވެއްޖެނަމަ ދެ ވަނަ ބުރުގެ ޖާގަ މި ގްރޫޕުން ލިބޭނެ އަނެއް ޓީމަކީ ރުމޭނިއާ އެވެ. ސްވިޒަލެންޑަށް އޭރުން ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ގްރޫޕްތަކުގެ މެދުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރޭގައި އެ ޓީމު ހިމެނިއްޖެ ނަމަ އެވެ.
ބްރެޒިލުން ޝައުގުވެރިވިޔަސް ޒިދާން އިސްކުރަނީ ފްރާންސް
ޒިދާން ގެންނަ ވާހަކައިން ހާސްކަމެއް ނެތް: ޑެޝޯމްޕްސް
ބަދަލު ގެންނަނީ ޓީމަށް ފައިދާވާ ގޮތަށް: ޑިޝޯމްޕް
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި
ފްރާންސުން ޑިޝޯމްޕްސް އަށް އިތުރު ހަތަރު އަހަރު ދީފި
މެސީގެ އުންމީދު ހާސިލުވެ އާޖެންޓީނާއަށް ޗެމްޕިއަންކަން