08 ޖެނުއަރީ 2023
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި 2026 ގެ ވޯލްޑް ކަޕުގެ ނިޔަލަށް މަޑުކުރަން މިހާރުގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް އެއްބަސްވެ އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި 2026 ގެ ވޯލްޑް ކަޕުގެ ނިޔަލަށް މަޑުކުރަން މިހާރުގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް އެއްބަސްވެ އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ވޯލްޑް ކަޕުގެ ފައިނަލުން އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިވުމާ އެކު ޑިޝޯމްޕްސްގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. އޭރު ވާހަކަ ދެކެވިފައި އޮތީ ކޮންޓްރެކްޓް އާނުކުރާ ގޮތަށެވެ. އަދި ކުރީގެ މިޑްފީލްޑަރު ޒައިނުއްދީން ޒިދާންއާ ކޯޗުކަން ހަވާލުކުރާ ވާހަކަ ވެސް ދެކެވުނެވެ.
އެކަމަކު އެ ނިންމުން ބަދަލުވުމާ އެކު 2024 ގެ ޔޫރޯ އާއި 2026 ގެ ވޯލްޑް ކަޕުގައި ފްރާންސް ޓީމަށް ކޯޗުކޮށްދޭން ޑިޝޯމްޕްސް އަށް ފުރުސަތު ލިބޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވީ ޔޫރޯގެ ނިޔަލަށް އޭނާ އަށް ކޮންޓްރެކްޓެއް ދޭށެވެ. އެކަމަކު ޑިޝޯމްޕްސް ބޭނުންވީ ވޯލްޑް ކަޕުގެ ނިޔަލަށް މަޑުކުރާށެވެ.
ފްރާންސްގެ ކޯޗުކަމާ 2012 ވަނަ އަހަރު ހަވާލުވި ޑިޝޯމްޕްސްގެ ކޯޗުކަމުގައި ވާދަކުރި ފުރަތަމަ ބޮޑު މުބާރާތް ކަމަށްވާ 2016 ގެ ޔޫރޯގެ ފައިނަލަށް ދިޔަ އެވެ. އެކަމަކު ޕޯޗުގަލް އަތުން ބަލިވީ އެވެ. އޭގެ ފަހުން 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނެވެ. ޑިޝޯމްޕްސްގެ ބޮޑު ނާކާމިޔާބަކީ 2021 ގެ ޔޫރޯގެ ދެ ވަނަ ބުރުން ކެޓުމެވެ.
ޑިޝޯމްޕްސް އަކީ ފްރާންސުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކެޕްޓަނެވެ. އެހެންވެ އެ ގައުމުގެ ދެ ވޯލްޑް ކަޕުގައި ވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
މި އަހަރުގެ މާޗު މަހު ޔޫރޯ ކޮލިފައިން ފެށުމުގެ ކުރިން ގައުމީ ޓީމުތަކުން ކޯޗުން ހަމަޖައްސައި ނިންމަން ޖެހޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕޯޗުގަލް އިން އަންނަނީ ބެލްޖިއަމްގެ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒްއާ އެ ޓީމު ހަވާލުކުރަން ވާހަކަދައްކަމުންނެވެ. ޕޯޗުގަލްގެ ކޯޗުގެ މަގާމް ހުސްވީ ވޯލްޑް ކަޕަށް ފަހު ފެނާންޑޯ ސަންޓޯސް ވަކިކުރުމުންނެވެ. ސްޕެއިނަށް އުފަން މާޓިނޭޒް އަށް ބެލްޖިއަމް ފަދަ ވަރުގަދަ ޓީމަކާ އެކު ކާމިޔާބެއް ނުހޯދޭތީ ފާޑުކިއުން އަމާޒުވެފައިވެ އެވެ.
ބްރެޒިލުން ޝައުގުވެރިވިޔަސް ޒިދާން އިސްކުރަނީ ފްރާންސް
މެކްރޯންގެ ދައުވަތު ބެންޒެމާ ގަބޫލެއް ނުކުރި
ބެންޒެމާ ގަތަރަށް ދާން ރެއާލްގެ މައްސަލައެއް ނެތް
ފްރާންސުން މޮރޮކޯ ޑިފެންސް ފޫއަޅުވާލާނެ
ޒިދާން ގެންނަ ވާހަކައިން ހާސްކަމެއް ނެތް: ޑެޝޯމްޕްސް
ޑެޝޯމްޕްސް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް
ފްރާންސަށް ޒިދާން ކޯޗުކޮށްދޭނެ: ޑެޝޯމްޕްސް
ޑެޝޯމްޕްސްއާ މެދު ފްރާންސުން ދެ ވަނަ ވިސްނުމަކަށް
ގްރީޒްމަން އަށް އެވޯޑެއް ހައްގު: ޑެޝޯމްޕްސް